މާލެ އަށް ވިއްސާރަ ދުވަހެއް-- ފޮޓޯ: ވޮއިސް
ހަބަރު
14 May 2024 | 14:01
އެންމެ ބޯކޮށް އިއްޔެ ވާރޭ ވެހުނީ ކައްދޫ އަށް

ފާއިތުވި 24 ގަޑިއިރު ތެރޭގައ އެންމެ ބޯކޮށް ވާރޭ ވެހުނީ ލ.ކައްދޫއަށް ކަމުގައި މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފިއެވެ. 

އެ އިދާރާއިން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި ކައްދޫ އަށް ޖުމްލަ 135.7 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ދެވަނަ އަށް އެންމެ ބޯކޮށް ވާރޭ ވެހުނު އދ. މާމިގިލި އަށް 109.5 މިލިމީޓަރުގެ ވާރެ ވެހިފައިވެއެވެ. ތިން ވަނަ އަށް އެންމެ ގިނައިން ވާރޭ ވެހުނު ރަށަކީ ފ.ނިލަންދޫ އަށް ވާއިރު ފާއިތުވި 24 ގަޑިއިރު ތެރޭގައި އެރަށަށް ވަނީ 59.3 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

ރާއްޖޭގެ އެހެން ހިސާބުތަކަށް ބަލާ އިރު، ފާއިތުވި 24 ގަޑިއިރު ތެރޭގައި ދެން އެންމެ ބޯކޮށް ވާރޭ ވެހުނީ މ.މުލި (47.8 މިލިމީޓަރު)، ގއ. ގެމަނަފުށި (31.4 މިލިމީޓަރު)، ގދ.ކާޑެއްދޫ އާއި ށ.ކޮމަންޑޫ (26.7 މިލިމީޓަރު) އަށެވެ.

މެޓް އޮފީހުން ބުނީ މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރުމާއި އެކު ގުގުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ބޯކޮށްވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 

ވިލާގަނޑުގައި 40 މޭލަށް ވައިގަދަވުން އެކަށީގެންވާއިރު، އުތުރުގެ ކަނޑުތައް އާދައިގެ ވަރަށް މަޑުވެފައި ވިލާގަނޑު ގަދަވިނަމަވެސް، އެހެން ހިސާބުތަކަށް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުވެސް ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާ ކުރެއެވެ.

އުތުރުގެ ސަރަހައްދުގައި ރާޅު 5-2 ފޫޓާއި އާއި ދެމެދަށް އުސްވާނެ ކަމަށާއި، ދެކުނުގެ ކަނޑުތަކުގައި ރާޅު 7-4 ފޫޓާއި ދެމެދަށް އުސްވާނެ ކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.