މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އަލްހާނާއި އޭނާގެ ދެ ކޮއްކޮ --
ހަބަރު
14 May 2024 | 14:40
އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ ޝަރީއަތް ފަށައި ވަކީލުން އައްޔަނުކުރަން 15 ދުވަސް ދީފި

ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުގައި މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ ކަމުގައިވާ މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޝަރީއަތް މިއަދު ފަށައިފިއެވެ. 

މި މައްސަލައިގައި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ  އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން ފޮނުވުމުގެ އިތުރުން މި މައްސަލައާ ގުޅިގެން މިހާތަނަށް ޖުމްލަ 39 ދަޢުވާއެއް ކޮށްފައިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ދިޔަ މި މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައި ގާޒީ އިސްމާއިލް ޝަފީއު ވަނީ ތިން މީހުންނަށް ވެސް ހައްގުތައް ވިދާޅުވެ، މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކުތޯ ސުވާލުކުރައްވާފައެވެ.

އެއާއެކު ތިން މީހުން ވެސް އަމިއްލައަށް ވަކީލަކު އައްޔަނު ކުރަން ބޭނުންވާ ކަމަށް ބުނިނަމަވެސް މާލީ ހާލަތު ހުރި ގޮތުން ވަކީލަކު ހަމަޖެއްސުމަށްޓަކައި މަސް ދުވަހުގެ މުއްދަތެއް ދިނުމަށް ވަނީ އެދިފައެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނު ބަޔާންކުރާ ގޮތުގައި އެހާ ގިނަ ދުވަސް ވަކީލުން އައްޔަނު ކުރަން ނުދެވޭނެކަން ފާހަގަކުރައްވަމުން ގާޒީ ވަނީ ވަކީލުން އައްޔަނުކުރަން ތިން މީހުންނަށް ވެސް 15 ދުވަހުގެ މުއްދަތެއް ދެއްވާފަ އެވެ. އަދި ދެން އޮންނަ އަޑުއެހުމަކަށް ވަކީލަކު ނުލާ އައިސްފި ނަމަ އަމިއްލައަށް ދައުވާއަށް ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން ކިންގްސް ކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ހިންގައި އެ ސްކީމަށް އެކި މީހުން 98 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ވަނީ އިންވެސްޓްކޮށްފައެވެ.

މީގެ ކުރިން ޕީޖީ އޮފީހުން ވަނީ މި މައްސަލައިގައި ގެއްލުން ލިބުނު އިތުރު މީހުންގެ މައްސަލަތަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށާއި ތަހުގީގުގެ މަރުހަލާ ނިމުމުން ދައުވާ ކުރާނެ ގޮތާއި މެދު ގޮތެއް ނިންމާނެކަމަށް ބުނެފައެވެ.

 އަލްހާން, ސަހުބާން އަދި ޝަޒްބާންގެ އާއިލީ ކުންފުނި, ކިންގްސްގެ އެކައުންޓްތައް ވެސް މީގެ ކުރިން ބޭންކުން ފްރީޒް ކުރި  ނަމަވެސް އެ މައްސަލައިގައި ސިވިލް ކޯޓުން ވަނީ އެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށް ބުނެފައެވެ.

މި މައްސަލަ އާއި ގުޅިގެން ދާދި ފަހުން ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ކުންފުނިން ޕޮންޒީ ސްކީމަށް އިންވެސްޓުކުރި މީހަކަށް 145،000 ރުފިޔާ ދައްކަން އަލްހާން ގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Jul 2026
ސިކުނޑީގެ ސީޓީ ސްކޭނުން ފެނުނީ 38 ފަންޏާއި ފަނި އަޅާފައިވާ ބިސް
މި ހާދިސާ ހިނގާފައިވަނީ ލޯރީ 2007 ވަނަ އަހަރު އިންޑިއާއަށް ކުރި ދަތުރަކަށްފަހުގައެވެ. ބަލިމަޑުކަމުން ސަލާމަތްވުމަށްޓަކައި އެ ދަތުރުގައި އޭނާ މަސްކެއުން ހުއްޓާލައިގެން ހުރި ނަމަވެސް، ޑޮކްޓަރުން ބުނާ ގޮތުގައި އޭނާގެ ހަށިގަނޑަށް މި ފަނިތައް އެތެރެވީ އޭނާ ކެއި އޫރުމަހުގައި ފަނި އަޅާފައިވާ މައިކްރޯސްކޯޕިކް ބިސްތަކެއް ހުއްޓާ އެ ކެވުމުގެ ސަބަބުންނެވެ.
02 Jul 2026
ދަރިންނަށް ފައިސާ ނުދައްކާ މީހެއްގެ ފޮޓޯ ރަސްދޫ ކޯޓުން އާއްމުކޮށްފި
މި މައްސަލައިގައި ކޯޓުން މަޢުލޫމާތު ހާމަކޮށްފައިވަނީ އދ. މަންދޫ، ނޫރަންމާގެ، މުޙައްމަދު ޙަބީބު އެވެ.
02 Jul 2026
އެމެޒޯންއިން ކަސްޓަމަރުންނަށް އޮޅުވާލިކަމަށް ބުނެ ދައުވާކޮށްފި
އޭސީސީސީން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ނޮވެމްބަރު 2023 އާއި އޯގަސްޓް 2025 އާ ދެމެދު އެއް މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނާއެކު އެމެޒޯންއިން ވެފައިވާ އެއްބަސްވުންތަކުގައި ކަސްޓަމަރުންނަށް ގެއްލުންވާ ފަދަ އުސޫލުތަކެއް ހިމަނާފައިވެއެވެ. މިކަމުގެ ސަބަބުން ކޮންސިއުމާ ޕްރޮޓެކްޝަން ގާނޫނާ އެމެޒޯންއިން ޚިލާފުވެފައިވާ ކަމަށް އެ ކޮމިޝަނުން ތުހުމަތުކުރެއެވެ.
02 Jul 2026
ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު، އިނގިރޭސިން ގަދަ 16 އަށް
ވަރލްޑްކަޕް ގަދަ 16 ގައި އިނގިރޭސިން ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީވެސް މެކްސިކޯ ސިޓީގައެވެ
02 Jul 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެއްކޮށް އަނދައިފި؛ ފަސް މީހަކަށް ފަރުވާދެނީ
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ދިރިނުއުޅެވޭ ވަރަށް އަނދައިފިއެވެ. މި ހާދިސާއާ ގުޅިގެން 5 މީހަކަށް ފަރުވާދެމުންދާއިރު އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.
01 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ޖުލައިމަހުގެ ނިޔަލަށް