ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް:ފޮޓޯ/ ސްޕޯޓސް މިނިސްޓަރީ
ހަބަރު
15 May 2024 | 10:14
ކޮންމެ އެސޯސިއޭޝަނަކުންވެސް ފުރަތަމަ ތަބާވާން ޖެހޭނީ އެޤައުމެއްގެ ޤާނޫނާއި ގަވާއިދަށް: ޠަލާލް

ބައިނަލްއަގުވާމީ ޖަމިއްޔާ އަކާއި ގުޅިފައިވާ ނަމަވެސް، ކޮންމެ އެސޯސިއޭޝަނަކުންވެސް ފުރަތަމަ ތަބާވާން ޖެހޭނީ އެޤައުމެއްގެ ޤާނޫނާއި ގަވާއިދަށް ކަމަށް ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް ވިދާޅުވެއްޖެއެވެ. 

ސްޕޯޓްސް މިނިސްޓްރީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސްޕޯޓްސް މިނިސްޓަރ އަބްދުالله ރާފިޢު ވަނީ ގައުމީ އެސޯސިއޭޝަން ތަކާއި، އެ އެސޯސިއޭޝަން ތަކުގެ މައި އިދާރާ ތަކުގެ ގަވާއިދު ތަކާއި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދު ތަކާއި ސްޓްރީމްލައިން ކުރުމުގެ މަސައްކަތް ނެޝަނަލް ސްޕޯޓްސް ކައުންސިލުން ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. 

ބައެއް ފަހަރު މި ވެފަ ހުންނަ ގޮތަކީ މައި އިދާރާ ތަކުގެ ގަވާއިދުތައް ދިވެހި ބަހަށް ތަރުޖަމާ ކޮށްގެން ދިވެހި ބަހުން ހަދާ ގަވައިދެއް ނޫނީ އުސޫލެއް ކޮމިޝަނަރގައި ރެޖިސްޓަރ ކުރެވިފައި މި ހުންނަނީ. އެ ހުންނަ އިރު އޭގެ އިނގުރޭސިބަހުން ލިޔެފައި އޮންނަ އެއްޗަކަާ ދިވެހި ބަހުން ލިޔެފައި އޮންނަ އެއްޗަކަާ އެހާ ބޮޑަށް ދިމައެއް ނުވޭ. 

ސްޕޯޓްސް މިނިސްޓަރ އަބްދުالله ރާފިޢު

އެހެން ނަމަވެސް ދިވެހިރާއްޖޭގައި ހިންގާ އެސޯސިއޭޝަން ތަކަކީ ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ހިންގަންޖެހޭ ތަންތަން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  

ސްޕޯޓްސް މިނިސްޓަރ އަބްދުالله ރާފިޢު

ވަޒީރުގެ ވާހަކަތަކަށް ތާއިދުކުރައްވައި ވާހަކަ ދައްކަވަމުން ޠޮލާލް ވިދާޅުވީ، ދިވެހިރާއްޖޭގެ ގާނުނު ތަކާއި ގަވާއިދު ތަކާއި ރާއްޖޭގައި ހުންނަ އެސޯސިއޭޝަންތައް އެފިލިއޭޓް/ބައިވެރިވެފައިވާ ފެޑެރޭޝަންގެ ހުންނަ އުސޫލް ތަކާއި ތައާރުޒުވުންތަކެއް ހުންނަ ކަމަށެވެ. 

އެހެންނަމަވެސް، ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުންވެސް ބޮޑަށް ބާރު އަޅަނީ، އެގައުމެއްގައި އޮންނަ ގަަނޫނުތަކާއި ގަވާއިދުތަކަށް ފުށުނާރާ ގޮތަށް އެހެން ނަމަވެސް ބައިނަލްއަގުވާމީ ޖަމިއްޔާގެ ޗާޓަރ އާއި އެއްގޮތަށް އެސޯސިއޭޝަންތައް ފަންކްޝަން ކުރުން. އަދު އެސޯސިއޭޝަން ތަކުގެ ހިންގާ ގަވައިދުތަކާއި އުސޫލުތައްވެސް އެގޮތަށް ކުރިއަށް ދިޔުން. ބައެއް އެސޯސިއޭޝަންތަކަށް ހީވަނީ ބައިނަލްއަގުވާމީ ޖަމިއްޔާއަކާ އެފިލިއޭޓްވާ ހިސާބުން ރާއްޖޭގެ ގަނޫނާއި ގަވާއިދަށް ބަލާކަށް. އެހެން ނަމަވެސް މިހާރު އެ ޖަމިއްޔާ ތަކަށްވެސް އެނގޭނެ ފުރަތަމަ ތަބާވާންޖެހޭނީ އެގައުމެއްގެ އޮންނަ ގަނޫނޫ ތަކާއި ގަވާއިދުތަކަށް ކަން. އެއަށްފަހު އިންޓަނޭޝަނަލް ޖަމިއްޔާގެ ޗާޓަރ އާއި އެއްގޮތަށް ދެން ހުރި ކަންކަން ކުރިއަށް ގެންދާނީ 

ކޮމިޝަނަރ އޮފް ސްޕޯޓްސް މުހައްމަދު ޠަލާލް

ތޮލާލް ވިދާޅުވީ އެސޯސިއޭޝަންތަކުގެ ގަވާއިދާ އެހެން ގަވާއިދު ތަކާއި ތަޢާރުޒުވުންތައް އުޅޭނަމަ، އެންމެން ގުޅިގެން މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އެކަން މިހާރުވެސް ކުރަމުންދާ ކަމަށް ތޮލާލް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.