ވަޒީރު އައިޝަތު ޝިހާމް
ހަބަރު
15 May 2024 | 12:00
ދިރިއުޅުމުގެ ކޮންމެކަމެއްގައިވެސް އެންމެ އިސްކުރާ ސިޔާސަތަކީ “ފުރަތަމަ އާއިލާ” ކަމުގައި ހަދަމާ: ޢައިޝަތު ޝިހާމް

'ދިރިއުޅުމުގެ ކޮންމެކަމެއްގައިވެސް އެންމެ އިސްކުރާ ސިޔާސަތަކަށް ‘ފުރަތަމަ ޢާއިލާ' ހެއްދެވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އެދިވަޑައިގެންފިއެވެ. 

ވަޒީރު މިހެން ވިދާޅުވެފައި ވަނީ، ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަހުގެ ތަހުނިޔާ ދިވެހި ހުރިހާ ޢާއިލާތަކަށް އަރިސްކުރައްވައި މިއަދު ދެއްވި ޚިތާބުގައެވެ.  

ވަޒީރުގެ ޚިތާބުގައި ވިދާޅުވީ، އޯގާތެރި މުޖުތަމަޢެއްގެ އެންމެ މުހިންމު އެއް ސިފައަކީ ބަދަހި ޢާއިލާއެއް ކަމަށެވެ. އެހެންކަމުން ޢާއިލާތަކަކީ އަޚުވަންތަކަމާއި އެއްބަނޑު އެއްބަފާވަންތަކަން ދަމަހައްޓާ، އެކަކު އަނެކަކަށްއަޅާލާ އޯގާތެެރި، އެހީތެރި، ކުލުނުވެރި، އެންމެން އެކުގައިގުޅިގެން އުޅޭ ޢާއިލާތަކަކަށް ވާންޖެހޭ ކަމަށެވެ. 

މިއާއެކު ވަޒީރު ވިދާޅުވީ ޢާއިލާގެ ހަމަޖެހުމާއި އުފާވެރިކަމަކީ މުުޖުތަމަޢުގެ ކުރިއެރުމާއި ޤައުމުގެ ތަރައްޤީގެ އަސްލުކަން ފާހަގަކުރައްވާފައެވެ. 

އަޅުގަނޑުގެ އެދުމަކީ މިއަދަކީ، އަދި ހަމަ ކޮންމެ ދުވަހަކީވެސް،ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ޢާއިލާއަށް އެންމެ ބޮޑުއިސްކަމެއް ދެއްވާނެ ދުވަހަަކަށްވުމެވެ. 'ފުރަތަމަ ޢާއިލާ' މިއީއަޅުގަނޑުމެން ކޮންމެ މީހަކުވެސް ދިރިއުޅުމުގެ ކޮންމެކަމެއްގައިވެސް އިސްކުރާ ސިޔާސަތަށްވުމެވެ. އަޅުގަނޑުމެންކޮންމެ މީހަކީވެސް މައިންބަފައިންނަށް އަޅާލާ ބަޔަކަށްވުމެވެ.

މީގެ އިތުރުން އެންމެންނަކީވެސް، ބޮޑުބޭބެއިންނާއި ބޮޑުދައިތައިން، އެއްބަނޑު އެއްބަފާބޭބެއިންނާއި ދައްތައިން އަދި ކޮއްކޮއިންގެ ހާލުބަލާލާބަޔަކަށްވެ، ދަރިންނާއި އަނބިން އަދި ފިރިންނަށްވަގުތުދޭ، އެމީހުންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމަށްއިސްކަންދޭ ބަޔަަކަށްވުމަށް ވެސް ވަޒީރު އެދުވަޑައިގެންނެވިއެވެ. 

ހަމަ އެހެންމެ، އެކި ސަބަބުތަކާހުރެ ޢާއިލާ ރޫޅި، ދެމަފިރިން ވަކިވާން ޖެހޭ ޙާލަތު ދިމާވެފައިވާ ޢާއިލާތަކުންވެސް، އެޢާއިލާތަކުގެ ކުދިންނާ އެކުދިންގެ މައިންބަފައިންނާމެދު އޮންނަ ގުޅުން ބަދަހިކޮށް ކޮންމެ ޢާއިލާއަކީވެސް އެކުގައި އުޅުނަސް، ނުވަތަ ދުރުގައި އުޅެންޖެހިފައި ވީނަމަވެސް ޢާއިލީ ގުޅުން ދަމަހައްޓާ، އިޙްތިރާމާއި ލޯތްބާއެކު އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކު ކަމުގައިވުމަށް ވަޒީރު އައިޝަތު ޝިހާމް އެދުވަޑައިގެންނެވިއެވެ. 

ކޮމެންޓް
އަހުމަދު
ބުރާތި ވީތަ އާއިލާގެ ހުރިހާކަމެއް ގުޅިފައިވަނީ ކުރާ މަސައްކަތުން ލިބޭ ލާރިކޮޅު ..ކާރީގަ ހެވިފަ ހުއްޓަކަސް އާއިލާ އުފަލެއްނުވާނެ
15 May 2024
ކިޔުންތެރިއެއް
އާނ. އެކަމަކު ސިޔާސަތު ރާވާފަ އޮންނަނީ އެންމެފަހުން އާއިލާ. ބަލަ އަހަރުންވެސް ބޭނުންވަނީ އާއިލާ ކައިރީގަ ތިބެން. އެކަމަކު ސަރުކާރު ސްކޫލްތަކުގައި އުޅޭ މުދައްރިސުން ނަކަށް ނެތޭ އާއިލާ އިސްކުރެވެން.
15 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.