ދަސްވެނިވުމުގެ ހަފްލާއެއްގެ ތެރެއިން-- ފޮޓޯ: އެމްއެންޔޫ
ހަބަރު
15 May 2024 | 14:28
ހުރިހާ ހަރަދަކާ އެކު ޖަޕާނުގައި ތިން ދާއިރާއަކުން ކިޔެވުމަށް ސްކޮލަޝިޕްތަކެއް!

ހުރިހާ ހަރަދަކާ އެކު ޖަޕާނުގައި ތިން ދާއިރާއަކުން ކިޔެވުމަށް ރާއްޖެ އަށް ސްކޮލަޝިޕް ތަކެއް ދިނުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ޑިވެލޮޕްމެންޓް އިން ކުރި އިއުލާނެއްގައި ބުނީ، "ޖަޕަނީޒް ގަވަމެންޓް ސްކޮލަޝިޕް 2025" ގެ ދަށުން ތިން ދާއިރާއަކުން ރާއްޖޭގެ ދަރިވަރުންނަށް ޖަޕާނުގެ ޔުނިވާސިޓީތަކުގައި ކިޔެވުމަށް ސްކޮލަޝިޕްގެ ފުރުސަތު ލިބިފައިވާކަން ރާއްޖޭގައި ހުންނަ ޖަޕާން އެމްބަސީން އަންގާފައިވާ ކަމަށެވެ.

މި ސްކޮލާޝިޕް ގެ ދަށުން ހުރިހާ ހަރަދެއް ދިނުމަށް ހަމަޖެހިފައިވަނީ ސްކޮލަޝިޕް އިންތިޒާމް ކުރާ ފަރާތުންކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަޕާނުގައި ކިޔެވުމަށް ސްކޮލަޝިޕަށް ހުޅުވާލި ދާއިރާތަކާއި ހުށައެޅޭނެ ސުންގަޑި:

1) ރިސާޗް ސްޓޫޑެންޓްސް – 27 މޭ 2024

2) ސްޕެޝަލައިޒް ޓްރެއިނިންގް ކޮލެޖް ސްޓޫޑެންޓްސް - 3 ޖޫން 2024

3) ކޮލެޖް އޮފް ޓެކްނޮލަޖީ ސްޓޫޑެންޓްސް - 3 ޖޫން 2024

މިނިސްޓްރީން ބުނީ ސްކޮލަޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ގޮތުން އެޕްލިކޭޝަން ރިވިއުކޮށް ޓެސްޓް އަދި އިންޓަވިއު މަރުހަލާއަށް ކެންޑިޑޭޓުން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތް ކުރާނީ ރާއްޖޭގައި ހުންނަ ޖަޕާނު އެމްބަސީން ކަމަށާއި ޓެސްޓާއި އިންޓަވިއު ވެސް ކުރިއަށްދާނީ އެ އެމްބަސީގައި ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.