ދީމާ-- ފޮޓޯ: މިހާރު, ނިޝާން އަލީ
ހަބަރު
15 May 2024 | 21:13
އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފާއެކު ދީމާ، މުޅި ރާއްޖެ ފަޚުރުވެރިކުރުވައިފި

ޓޭބަލް ޓެނިސްގެ ތަރި ފާތިމަތު ދީމާ، އޮލިމްޕިކްސްއަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފާއެކު، މުޅި ރާއްޖެ ފަޚުރުވެރިކުރުވައިފިއެވެ.

ފާތިމަތު ދީމާ، މި އަހަރު ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ އޮލިމްޕިކްސް އަށް ކޮލިފައިވެފައިވަނީ ދެކުނު އޭޝިއާ ކޮލިފިކޭޝަންސްގެ ސިންގަލްސްގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

މިއަދު މެންދުރު ފަހު ކުރިއަށް ދިޔަ، ކޮލިފިކޭޝަނުގެ ފައިނަލުން، ދީމާ، 1-4 ސެޓުން މެޗު ކާމިޔާބުކޮށް، އޮލިމްޕިކްސް ގައި ވާދަކުރަން ހޮވުނު އިރު މިއީ ދިވެހި ތާރީޚުގައި ވެސް ދިވެހި އެތުލީޓަކު އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ދީމާގެ މި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން، ރާއްޖޭގެ ގިނަ އިސްވެރިންތަކެއް ވަނީ ދީމާއަށް މަރުޙަބާ ވިދާޅުވެފައެވެ. އެގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފު ވެސް ވަނީ ދީމާއަށް ތަހުނިޔާ ވިދާޅުވެފައެވެ.

ދީމާގެ މި ކާމިޔާބީއަ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް ހުސައިން މުޙައްމަދު ލަޠީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދީމާއަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާ ކަމަށާއި މިއީ ޤައުމަށް ލިބުނު ބޮޑު ފަޚުރެއް ކަމަށެވެ. އަދި މި ފަޚުރަކީ، ދީމާއާއި، އޭނާގެ އާއިލާ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ މިންނެތް މަސައްކަތް ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ އެތުލީޓުގެ ޝަރަފު ދީމާ ހޯދާފައިވާއިރު، އޭނާ އަކީ ރާއްޖޭހެ އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބުނު އެތުލީޓެކެވެ. ކޮލިފިކޭޝަން ބުރު ކާމިޔާބު ކުރުމާއިއެކު ދީމާ އަށް މިވަނީ އަންނަ ޖުލައި މަހު ފެށުމަށް ހަމަޖެހިފައިވާ އޮލިމްޕިކްސް ގައި ވާދަކުރުމަށް ފުރުސަތު ލިބިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.