ހާލު ދެރަވި ކުއްޖާއަށް އެހީވި ސިފައިންގެ މީހާ:
ހަބަރު
16 May 2024 | 10:24
ހާލު ދެރަވި ކުޑަކުއްޖަކު އަތްދަނޑި މަތީ ބާއްވައިގެން ހޮސްޕިޓަލަށް ގެންދިޔަ ސިފައިންގެ މީހަކަށް އާއިލާގެ ޝުކުރު

އަންހެނަކު އޭނާގެ ދަރިފުޅުގެ ހާލު ދެރަވެގެން، އެ ކުއްޖާ އުރައިގެން ހޮސްޕިޓަލަށް ގެންދާތަން ފެނިގެން، ސިފައިންގެ މީހަކު އެ ކުއްޖާ އަތްދަނޑި މަތީގައި ބާއްވައިގެން ދުވެފައި ހޮސްޕިޓަލަށް ގެންގޮސްދިނުމުން ގިނަ ބައެއްގެ ތައުރީފް ސިފައިންގެ މީހާއަށް އޮހެން ފަށައިފިއެވެ. 

މި ހާދިސާ ހިނގިގޮތް ހާމަކޮށް އެ ކުޑަކުއްޖާގެ ބައްޕަ މީސްމީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައިވާ ގޮތުން، ހާދިސާ ހިނގާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހުގެ އިރު އޮއްސުނު ވަގުތު އެވެ.

އެގޮތުން ދަރިފުޅު ފިޓު ޖެހުނު ވަގުތު ގޭގައި ހުރީ އޭނާގެ އަންހެނުން އެކަނި ކަމަށާ، އަންހެންނުން ދަރިފުޅު ހޮސްޕިޓަލަށް ގެންދަން އުރާލައިގެން ތިރިއަށް ފޭބިތަނާ އެ މަންޒަރު ކޯސްޓްގާޑުގެ ކޯޕްރަލް މުހައްމަދު ހިޝާމް އަހުމަދަށް އެ މަންޒަރު ފެނުނު ކަމަށް ޕޯސްޓުގައި ބުނެފައިވެއެވެ. 

އަދި ހިޝާމަށް އެ މަންޒަރު ފެނުމާއެކު ވަގުތުން ހިޝާމް ވަނީ އެ ކުއްޖާގެ މަންމަ އަތުން ދަރިފުޅު ނަގައި، އޭނާގެ އަތްދަނޑި މަތީގައި ބާއްވައިގެން ދުވެފައި އޭޑީކޭ ހޮސްޕިޓަލާ ހިސާބަށް ގެންގޮސްދީފައިވާ ކަމަށްވެސް ކުއްޖާގެ ބައްޕަ ބުންޏެވެ. 

ހިޝާމްގެ އެ އެހީތެރިކަމަށް އެ ކުއްޖާގެ ބައްޕަ ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. އަދި އެއީ އިންސާނިއްޔަތަށް ޓަކައި އޭނާ ކޮށްދިން ވަރަށް ބޮޑު ކަމެއް ކަން ފާހަގަކޮށް ހިޝާމްގެ އާއިލާ ހެޔޮގޮތާއި ބާއްޖަވެރި މުސްތަގުބަލެއް ދެއްވުމަށް އެދި ވަނީ ދުޢާކޮށްފައެވެ. 

ކުއްޖާގެ ބައްޕަގެ ޝުކުރުގެ ޕޯސްޓާއެކު ގިނަ ބަޔަކު އަންނަނީ ހިޝާމަށް ތައުރީފު ކުރަމުންނެވެ. އަދި އޭނާގެ އިތުރުން އެމްއެންޑީއެފްއަށް ވެސް އެކަމުގެ ޝުކުރު އެއްބަޔަކު ވަނީ އަދާކޮށްފައެވެ. 

ކޮމެންޓް
އިބްރާހިމް ވަހީދު
ހިޝާމް އެދެއްކެވި ރިވެތިނަމޫނާއެކެވެ
16 May 2024
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.