ކުރީ ސަރުކާރުން ބ.އޭދަފުށިގައި އެޅުމަށް ނިންމި ހޮސްޕިޓަލުގެ ޑިޒައިން-- ފޮޓޯ: ހެލްތު މިނިސްޓްރީ
ހަބަރު
16 May 2024 | 16:34
ދައުލަތަށް ހަރަދު ކުޑަވާ ގޮތަށް ހޮސްޕިޓަލުތަކުގެ ކުރެހުންތަކަށް ބަދަލުތަކެއް ގެންނަނީ

ދައުލަތަށް ހަރަދު ކުޑަވާ ގޮތަށް ހޮސްޕިޓަލުތަކުގެ ކުރެހުންތަކަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށް ސިއްހަތާއި ބެހޭ ވަޒީރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ސިއްހަތާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޚަލީލް ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ސަރުކާރުން  އެވޯޑު ކޮށްފައިވާ ހޮސްޕިޓަލްގެ ކުރެހުންތައް ހުރީ ވަރަށް "ފެންސީ" ކޮށް ކަމަށާއި, ކުރީގެ ސަރުކާރުން ވަރަށް ގިނަ ޕްރޮޖެކްޓްތައް އެކި ފަރާތްތަކާ ހަވާލުކޮށްފައިވާއިރު އޭގެ ތެރޭގައި 30 އެނދު އަދި 50 އެނދުގެ ހޮސްޕިޓަލް ހިމެނޭ ކަމަށެވެ.

އެހެންނަމަވެސް ރައީސް ޞާލިހުގެ ވެރިކަން ނިމުނު އިރުވެސް އޭގެ ގިނަ މަސައްކަތްތަކެއް ފެށިފައިނުވާއިރު، ވަޒީރު ޚަލީލް ވިދާޅުވީ ހޮސްޕިޓަލްތައް ޑިޒައިންކޮށްފައި ހުރީ ވަރަށް "ފެންސީ" ކޮށް ކަމަށްވާތީ ސަރުކާރުން އެ ޑިޒައިންތައް ބަދަލު ކުރާނީ ހަރަދު ކުޑަކޮށް ނަމަވެސް ހުރިހާ ހިދުމަތްތަކެއް ފުރިހަމައަށް ލިބޭނެހެން ކަމަށެވެ. އެގޮތުން ކުރަހާފައި ހުރި ކުރެހުންތައް ރީޑިޒައިންކޮށް، ދައުލަތަށް ވެސް އަދި އާއްމުންނަށް ވެސް ފަސޭހަވާނެ ގޮތަށް ބަދަލުތައް ގެންނަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މީގައި ރައްޔިތުން ބޭނުންވަނީ ހިދުމަތް އެ ރަށެއްގައި ގާއިމްކުރުން. އެ ހިދުމަތް ގާއިމްކުރުމަށްޓަކައި ސްޓްރަކްޗަރަލް ބައެއް ބަދަލުތައް އެބަ ގެންނަން. އެހެން ނަމަވެސް، ހިދުމަތަކަށް ބަދަލެއް ނާންނާނެ،"

ވަޒީރު ޚަލީލް ވިދާޅުވިއެވެ.

ޑިޒައިނަށް ގެންނަ ބަދަލަކާ އެކު، އަގުތަކަށް ވެސް ވަރަށް ބޮޑު ބަދަލެއް އަންނަކަން ފާހަގަކުރައްވަމުން ވަޒީރު ޚަލީލް ވިދާޅުވީ،  އިމާރާތް ހެދުމަށް ދާ ހަރަދު ކުޑަކުރުމަށް ފަހު، ގިނަ ރަށްރަށުގައި ރައްޔިތުން ބޭނުންވާ އިންފްރަސްޓްރަކްޗާގެ ގިނަ މަސައްކަތް ގެންދެވޭނެ ކަމަށެވެ.

"މިހާރު ހުރި އަގުތަކަށް ބަލާއިރު ގާތްގަނޑަކަށް 50 އެނދުގެ ހޮސްޕިޓަލެއް ވެއްޖިއްޔާ 185 މިލިއަނަށް ވުރެ މަތީގައި މި އުޅެނީ. 30 ބެޑުގެ ހޮސްޕިޓަލެއް ވެއްޖިއްޔާ 95-135 މިލިއަނާ ދޭތެރޭގައި މި އުޅެނީ އަގުތައް މި ހުރީ."

ވަޒީރު ޚަލީލް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް، ވަޒީރު ޚަލީލް ވަނީ ހަރަދުތައް ކުޑަކުރަން ހޮސްޕިޓަލް ތަކުގައި ހިމަނާފައި ހުރިއެކޮމޮޑޭޝަން ބައިތައް އުނިކުރަން ނިންމި ނަމަވެސް، ފުޅާ ދާއިރާއެއްގައި ޓޫރިޒަމްގެ ވިޔަފާރި ކުރާ ސަރަހައްދުތަކުގައި ޑޮކްޓަރުންނަށް ހާއްސަ ކޮށްގެން އެކޮމޮޑޭޝަން ހަދާނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.