ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
16 May 2024 | 16:33
ސްލޮވާކިއާގެ ބޮޑުވަޒީރަށް ބަޑީގެ ހަމަލާއެއް؛ ފުރާނަ ސަލާމަތްވި ނަމަވެސް، ހާލުކޮޅު ސީރިއަސް!

ސްލޮވާކިއާގެ ބޮޑުވަޒީރު ރޮބަޓް ފީކޯ އަށް ދިން ބަޑީގެ ހަމަލާ އާއި ގުޅިގެން ފުރާނަ ނުރައްކާވި ނަމަވެސް މިހާރު އެހާލަތުން އަރައިގެންފައިވާއިރު، ހާލުކޮޅު އަދިވެސް ސީރިއަސް ކަމަށް އެބޭފުޅާގެ ނައިބު ވިދާޅުވެއްޖެއެވެ.

އުމުރުފުޅުން 59 އަހަރުގެ ރޮބަޓް ފީކޯ އަށް އަމާޒުކޮށް ފަސް ފަހަރު ހަމަލާދީފައިވާއިރު، އެބޭފުޅާ އަށް މި ހަމަލާދީފައިވަނީ އާއްމުންނާއި ބައްދަލުކުރައްވަން ހުންނަވަނިކޮށް، ސެކިއުރިޓީ ބެރިއާގެ ބޭރުގައި ހުރި މީހެކެވެ.

އާއްމުވެފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ބޮޑު ވަޒީރުގެ ގަޔަށް ބަޑި ޖެހުމާއި އެކު، ބޮޑީގާޑުން ވަގުތުން އެބޭފުޅާ ކާރަށް އަރުވައިގެން ގެންދެއެވެ. އަދި ބަޑި ޖެހިމީހާ ވެސް ހައްޔަރުކޮށްފައިވާއިރު، އެގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އެއީ އުމުރުން 71 ފިރިހެނެކެވެ.

ހަމަލާއާއި ގުޅިގެން ފީކޯ ފުރަތަމަ ގެންދެވުނީ ލޯކަލް ހޮސްޕިޓަލަކަށެވެ. އެއަށް ފަހު ވައިގެ މަގުން  ބާންސްކާ ބިސްޓްރިކާ ސިޓީގައި ހުންނަ ބޮޑު ޓްރޮމާ ސެންޓަރަކަށް އެބޭފުޅާ ބަދަލުކުރެވި، 5 ގަޑިއިރަށްވުރެ ގިނައިރުގެ ސާޖަރީއެއް ވަނީ ކޮށްފައެވެ.

އެ ހޮސްޕިޓަލުގެ ޑިރެކްޓަރު މިރިއަމް ލަޕުނިކޯވާ ވިދާޅުވީ، ފީކޯ ސްޓޭބަލް ވެފައި އޮތް ނަމަވެސް އަދިވެސް އޮތީ ވަރަށް ސީރިއަސް ހާލަތެއްގައި ކަމަށްވާތީ އެބޭފުޅާ އަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށެވެ.

މީގެ ކުރިންވެސް އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމު ފީކޯ ފުރުއްވާފައިވާއިރު، މިއީ އެބޭފުޅާގެ ތިން ވަނަ ދައުރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.