20 Mar 2019 | 18:07
ނިއުޒިލޭންޑްގެ މަޖިލިސް އިއްޔެ ފެށީ ކީރިތި ޤުރުއާނުގެ ބަރަކާތުން

ފާއިތުވި ހުކުރު ދުވަހު ނިއުޒިލޭންޑްގެ މިސްކިތަކަށް ދިން ޓެރަރިސްޓް ހަމަލާގައި ޝަހީދުވި މުސްލިމުންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން ފަހު އެ ގައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާ ކީރިތި ޤުރުއާނުގެ ބަރަކާތުން ފަށައިފިއެވެ.

އިއްޔެގެ ޖަލްސާއަކީ ކްރިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާދީ 52 މީހުން ޝަހީދުކޮށްލި ޓެރަރިސްޓް ހަމަލާއަށް ފަހު ނިއުޒިލޭންޑްގެ މަޖިލީހުން ބޭއްވި ފުރަތަމަ ޖަލްސާއެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ޖަލްސާ ފެށުމުގެ ގޮތުން ކީރިތި ޤުރުއާން ކިޔެވިއިރު އިނގިރޭސި ބަހުން ވަނީ ތަރުޖަމާ ވެސް އިއްވާފައެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ރައީސް އާއި ހަވާލާދީ ނިއުޒިލޭންޑްގެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ޤުރުއާނުގެ ބަރަކާތުން މަޖިލިސް ފެށީ ނިއުޒިލެންޑްގެ ރައްޔިތުންނަކީ އެކުވެރި އެއްބައިވަންތަ ބައެއްކަން ސާބިތުކޮށްދިނުމަށާއި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށްޓަކައި ކަމަށެވެ.

ކްރިސްޗާޗުގެ މިސްކިތްތަކަށް ބަޑި ހިފައިގެން ހުރި މީހަކު ވަދެ ހަމަލާދީފައި ވަނީ ހުކުރު ނަމާދު ކުރަމުން ދަނިކޮށެވެ. އެ ހަމަލާދިން މީހާ ހައްޔަރުކޮށްފައިވާއިރު އޭނާގެ ޝަރީޢަތް ވަރަށް އަވަހަށް ފަށާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
އުނގޫފާރުގައި ސާޖިކަލް ކޭމްޕެއް އިފްތިތާހުކޮށްފި
ޞިއްޙީ ވުޒާރާއާއި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް ގުޅިގެން 11 ސްޕެޝަލިސްޓުންގެ ޓީމަކާ އެކު ތިން ދުވަހުގެ ސާޖިކަލް ކޭމްޕެއް އުނގޫފާރުގައި ފަށައިފިއެވެ.
17 Sep 2026
ފުރިހަމައަށް މައުލޫމާތު ހާމަކުރި ދައުލަތުގެ 5 ވަނަ ކުންފުންޔަށް އެމްޑަބްލިއުއެސްސީ
މިކަން ހާމަކޮށްފައިވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އިއްޔެ ނެރުނު ރަސްމީ ބަޔާނެއްގައެވެ.
17 Sep 2026
ރަފީނިއާގެ ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް
ރޭސިން އަތުން ލިބުނު މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގަކާއެކު ތާވަންގެ އެއްވަނާގައެވެ.
17 Sep 2026
މޮރޮކޯ އާއި އިސްރާއީލުން އެމްބަސީ ފެންވަރަށް ގުޅުން މަތިކުރަން ނިންމައިފި
އެމެރިކާ މެދުވެރިވެގެން ނިއުޔޯކްގައި ބޭއްވި ބައްދަލުވުމެއްގައި މޮރޮކޯ އާއި އިސްރާއީލުން ފުރިހަމަ އެމްބަސީތައް ޤާއިމުކޮށް ސީދާ ވައިގެ ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް އެއްބަސްވެއްޖެއެވެ.
17 Sep 2026
އޮސަސޫނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި
މި ނަތީޖާއަކީ އަންނަ ހޮނިހިރު ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މުހިންމު "މެޑްރިޑް ޑާބީ" ގެ ކުރިން އެތުލެޓިކޯއަށް ލިބުނު ބޮޑު އިތުބާރެއްކަމަށް ކޯޗް ސިމިއޯނީ ވަނީ ބުނެފައެވެ
17 Sep 2026
މާލޭގައި މާރާމާރީއެއް؛ ޒަޚަމްވި މީހަކަށް ފަރުވާދެނީ
ފުލުހުން ބުނީ އެ ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:32 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
17 Sep 2026
ފިހާރަތައް ހުޅުވާ ގަޑިތަކާއި ބަންދުކުރާ ގަޑިތަކުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލު
ފިހާރައެއް ހެނދުނު ހުޅުވާ ގަޑިއާއި ރޭގަނޑު ބަންދުކުރާ ގަޑި ނިންމާ ހިސާބުން އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ނިދާ ގަޑިއާއި ކެއުމުގެ ވަގުތާއި ޢާއިލީ ވަގުތުތައް ވެސް ބައްޓަންވާން ފަށައެވެ. ހެނދުނު ހެނދުނާ ފިހާރަ ހުޅުވާ ޤައުމުތަކުގައި މީހުން ކުރީބައިގައި ނިދައި ކުރީބައިގައި ހޭލާ ދިރިއުޅުމެއް އުޅެން ދަސްވެފައިވެއެވެ.
17 Sep 2026
ކެފެއިންގެ އަސަރު ތަފާތުވާ ސަބަބު ހޯދައިފި
ކެފެއިންގެ އަސަރު އެކި މީހުންނަށް ތަފާތުވަނީ ޖީންތަކާއި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ހަށިގަނޑުގައި އެ މާއްދާ ރޫޅާލެވޭ މިންވަރު ތަފާތުވާތީ ކަމަށް އައު ދިރާސާތަކުން ދައްކައެވެ.