އެމްއެމްޕީއާރުސީން ދައުވަތުދިން ނޫސްވެރިން ރާއްޖޭގައި-- ފޮޓޯ: އެމްއެމްޕީއާރުސީ
ހަބަރު
20 May 2024 | 13:48
ފޭމް ދަތުރެއްގައި ރާއްޖެ އައުމަށް ޖަޕާނުގެ ނޫސްވެރިންތަކަކަށް ދައުވަތުދީފި

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފެމިލިއަރައިޒޭޝަން (ފޭމް) ދަތުރެއްގައި ރާއްޖެ އައުމަށް ޖަޕާންގެ ނޫސްވެރިންތަކަކަށް ދަޢުވަތު ދީފިއެވެ.

އެމްއެމްޕީއާރުސީ އިން ބުނީ 17 މޭ އިން 24 މޭއިގެ ނިޔަލަށް މި ނޫސްވެރިން ރާއްޖެގައި ތިބުމަށް ހަމަޖެހިފައިވާއިރު، މި ނޫސްވެރިން ތިބުމަށް ހަމަޖެހިފައިވަނީ ހުވަފެންފުށި، މޫވެންޕިކް ރިޒޯޓް ކުރެދިވަރު އަދި ލަކްސް ސައުތް އަރި، މި  ތިން ރިސޯޓްގައި ކަމަށެވެ.

އެމްއެމްޕީއާރުސީން ދައުވަތުދީފައިވާ ވޯގް ޖަޕާން އޮންލައިން،ސީއާރްއީއޭ ވެބް، ނިއުމެރޯ ޓޯކްޔޯ.ޖޭޕީ އަދި، މައިނާވި ވުމެން އަކީ ޖަޕާނުގެ މަޝްހޫރު އަދި ނުފޫޒުގަދަ ނޫސް މަޖައްލާތަކަކަށްވާއިރު، އެ ކޯޕަރޭޝަނުން ބުނީ ބޭނުމަކީ ރާއްޖޭގެ ފަތުރުވެރިކަން ވީހާވެސް ބޮޑަށް ނޫސް ތަކާއި މީސްމީޑިއާގައި ޕްރޮމޯޓްކޮށް، ރާއްޖެ އަކީ ފަތުރުވެރިންނަށް އަމާން މަންޒިލެއް ކަން ދައްކުވައިދީ އަދި ޖަޕާނުގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑަށް ހޭލުންތެރިކަން އިތުރުކުރުން ކަމަށެވެ.

 މީގެ އިތުރުންވެސް ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރު މައުލޫމާތާއި، ފަތުރުވެރިކަމުން ލިބޭ ގިނަގުނަ ހިދުމަތްތައް މި ނޫސްވެރިންގެ ފަރާތުން އެނގިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީން މި ނޫސްވެރިން ރާއްޖެ ގެނައުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ މިންވަރު ޖަޕާނުގެ މާކެޓުގައި ދައްކުވައި، ރާއްޖެއަށް އަންނަ ޖަޕާނުގެ ފަތުރުވެރިން އިތުރުކުރުން ކަމަށްވާއިރު، މި ފެމިލިއަރައިޒޭޝަން ދަތުރުގައި ދަޢުވަތު ދިނުމުގައި މަޝްހޫރު، ޒުވާން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮލިޓީ ދައްކުވައިދޭވޭނެ ފަދަ ނޫސްވެރިންނަށް އެ ކޯޕަރޭޝަނުން ވަނީ އަމާޒުކޮށްފަ އެވެ.

މިއީ ހަމަ އެކަނި ހޮޓެލް އިންޑަސްޓްރީ އާއި ގެސްޓް ހައުސް ވިޔަފާރި އިޝްތިހާރު ކުރުން ނޫންކަމަށާއި، މި ދަތުރުގެ ތެރެއިން ފަތުރުވެރިންނަށް ރާއްޖޭގައި ކުރެވޭނެ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުން ހިމެނޭ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މަގްސަދަކީ އެހެން އަހަރު ތަކެކޭ އެއްފަދައިން ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ދެމެހެއްޓުންކަން ފާހަގަކޮށް އެ ކޯޕަރޭޝަނުން ބުނީ އަހަރު ކުރީކޮޅު ޖަޕާނުގައި ބޭއްވި މެރިން ޑައިވިން އެވޯޑް 2023 ގައި ރާއްޖެއަށް "ބެސްޓް އޭރިއާ އޯވަސީސް ޑިވިޝަން" އިން ތިންވަނަ އަދި "ބެސްޓް އޯވަސީސް ޑެސްޓިނޭޝަން އައި ވޯންޓް ޓު ވިޒިޓް ފޯރ ދަ ފަރސްޓް ޓައިމް" ކެޓެގަރީ އިން ދެވަނަ ލިބިފައި ކަމަށާއި، މިއީ ދުނިޔޭގެ ޑައިވަރުން ވޯޓުދީގެން ރާއްޖެއަށް ލިބުނު ކާމިޔާބީއެެއް ކަމަށެވެ.

އޭޕްރިލް 2024 ގެ ނިޔަލަށް ޖަޕާނުގެ 9,333 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 1.5 އިންސައްތައެވެ. އެގޮތުން ޖަޕާނަކީ 13 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ އެއް ގައުމުކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.