އަކްރަމް ކަމާލުއްދީން-- ފޮޓޯ: މަޖިލިސް
ހަބަރު
20 May 2024 | 15:08
ކުރީގެ މެންބަރު މުސްތަފާ އަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައްކަން އަކްރަމްގެ މައްޗަށް ހުކުމްކޮށްފި

ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު މުސްތަފާ (މުސްތަފާބެ)އަށް 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން ނިމިދިޔަ ސަރުކާރުގެ ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންގެ މައްޗަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

އަކްރަމް އާއި ދެކޮޅަށް ސިވިލް ކޯޓަށް މުސްތަފާ މައްސަލަ ހުށަހަޅާފައިވަނީ އަކްރަމް އަނބުރާ ދައްކާގޮތައް މުސްތަފާ އަތުން ނަގާފައިވާ 1.7 މިލިއަން ރުފިޔާ އަނބުރާ ދެއްކުމަށް ދީފައިވާ ޗެކުތަކުން ފައިސާ ލިބިފައިނުވާކަމަށް ބުނެއެވެ.

މިގޮތުން މުސްތަފާ ހުށައެޅި މައްސަލައިގައި ބުނެފައިވަނީ އަނބުރާ ދޭގޮތަށް މުސްތަފާގެ އަތުން އަކްރަމް ރުފިޔާ ނަގާފައިވާ ކަމަށެވެ. އަދި އޭގެ ތެރޭގައި ހިމެނޭ 1.15 މިލިއަންރުފިޔާ އާއި، 300،000 ރުފިޔާއާއި، 200،000 ރުފިޔާއާއި 60،000 ރުފިޔާ އާއި ޝަރީއަތަށް ހަރަދުވި 100،000 ރުފިޔާ އާއިއެކު ޖުމްލަ 1.8 މިލިއަން ރުފިޔާ ހޯދުމަށް މުސްތަފާ ވަނީ ހުށައަޅާފައެވެ.

މި ދައުވާގެ ޖަވާބުގައި އަކްރަމް ކަމާލުއްދީންގެ ފަރާތުން ބުނީ، މުސްތަފާގެ އަތުން އަކްރަމް ނަގާފައިވާކަމަށް ބުނެފައިވާ ފައިސާ އަކީ އަކުރަމް ކަމާލުއްދީން އަށް މުސްތަފާ ދިން ފައިސާކަން ސާބިތުކޮށްދޭން ޖެހޭ ކަމަށާއި، މިފައިސާ ނަގާފައިވާ ދުވަސް ވަރަކީ އަކްރަމް އަށް މާލީ ގޮތުން އެތައް ދަތިތަކެއް ކުރިމަތިވެފައިވާ ދުވަސްވަރެއް ކަމަށެވެ.

އެކަމުގެ ނާޖާއިޒު ފައިދާ ނެގުމަށް މުސްތަފާ މަސައްކަތް ކުރި ކަމަށް ތުހުމަތުކޮށް އަކްރަމް ބުނީ، ނަގާފައިވާ ފައިސާއަށް ވުރެ މަތީ އަދަދުތަކަކަށް ޗެކު ދޫކުރުމަށް ބޮރު ދައްކައި ޗެކު ހޯދާފައިވާ ކަމަށާއި، ވަކީލު ފީއާއި ގޮތުން ދެފަރާތުގެ ދެމެދުގައި އެއްވެސް އެއްބަސްވުމެއް ވެވިފައިނުވާތީ އެ ފައިސާ ނަގައިނުދެވޭނެ ކަމަށެވެ.

މި މައްސަލައިގައި މުސްތަފާ އަށް އަކުރަމް ދައްކަން ޖެހޭ ފައިސާގެ ތެރެއިން 400،000 ރުފިޔާ ދެއްކި ކަމަށް އަކްރަމް ބުނި ނަމަވެސް ސިވިލް ކޯޓުން ވަނީ އެ މުއާމަލާތް ސާބިތުކުރުމަށް ބޭނުންވާ ހެކި ހުށަހެޅިފައިނުވާކަމަށާއި، ސާބިތު ހެކި ހުށަހެޅިފައިވަނީ އަކްރަމްގެ ފަރާތުން ހަމައެކަނި 200،000 ރުފިޔާ ރައްދުކުރިއިރުކަމަށް ބުނެފައެވެ.

ހަމައެއާއިއެކު، ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް 100،000 ހަރަދުވިކަމަށް މުސްތަފާ ބުނިނަމަވެސް، އެކަމުގެ ހެއްކެއް ނެތުމުން  އަކްރަމްގެ އަތުން އެ އަދަދު ނަގައި ނުދެވޭނެކަމަށް ވެސް ސިވިލް ކޯޓުން ކުރި ހުމުގައި ވެއެވެ.

އެހެންކަމުން ސިވިލް ކޯޓުން ވަނީ އަކްރަމް މުސްތަފާގެ އަތުން ނަގާފައިވާ ފައިސާގެ ތެރެއިން 400،000 ރުފިޔާއާއި 50،000 ޑޮލަރު ޖުލައި 19 ގެ ކުރިން ދައްކައި ނިންމުމަށް އަކްރަމް އަށް ހުކުމް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.