ރައީސް ޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
20 May 2024 | 21:32
ނަތަންޔާހޫ ހައްޔަރުކުރުމުގެ އަމުރަށް އެދި ހުށަހެޅުމުން ރައީސް ޑރ.މުޢިއްޒުގެ މަރުހަބާ!

އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރުކުރުމުގެ އަމުރަކަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) ގައި އެދުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މަރުޙަބާ ވިދާޅުވެފައިވަނީ އެމަނިކުފާނު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ އައިސީސީ ގައި ނަތަންޔާހޫ އާއި ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމާއި ގުޅިގެން އެކަމަށް ރާއްޖެ އިން މަރުހަބާ ކިޔާ ކަމަށެވެ.

މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ލިބިދިނުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އެއްވެސް ގައުމަކީ ބައިނަލްއަގްވާމީ ގާނޫނަށްވުރެ މަތީގައިވާ ބައެއް ނޫންކަމަށާއި ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީވާން ޖެހޭނެކަމަށެވެ.

"މިއީ ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް. އެއްވެސް ގައުމަކީ ބައިނަލްއަގްވާމީ ގާނޫނަށްވުރެ މަތީގައިވާ ބައެއް ނޫން، ހިފާފައިވާ ފަލަސްތީނުގެ ބިމުގައި ހަނގުރާމައިގެ ޖަރީމާތައް ހިންގާ ފަރާތްތައް ޖަވާބުދާރީވާން ޖެހޭނެ،"

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޣައްޒާގައި އިޒްރޭލުން ހަނގުރާމައިގެ ޖަރީމާތަކާއި އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގާފައިވާކަން ސާބިތުކުރެވޭ ވަރަށް ޕްރޮސެކިއުޓާ އޮފީހުން ހެކި ހޯދާފައިވާކަމުގެ ޔަގީންކަން ރާއްޖެއަށް އެބައޮތްކަމަށް ވިދާޅުވެ ރައީސް ޑރ.މުޢިއްޒު ވަނީ ބައިނަލްއަގްވާމީ މައިދާންތަކުގައި ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ހުރިހާ މަގެއް ހޯދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ނަތަންޔާހޫ އާއި އެ ގައުމުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް އައިސީސީ ގައި އެދިފައިވާކަން ހާމަކޮށްފައިވަނީ މިއަދުއެވެ.

މިކަމާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ ޗީފް ޕްރޮސެކިއުޓާ ކަރީމް ހާން ވިދާޅުވީ ފަލަސްތީނާއި ގުޅޭގޮތުން އައިއޭސީ އަށް ހުށައެޅިފައިވާ މައްސަލައިގެ ފުރަތަމަ ޕްރި ޓްރައިއަލް ޗެމްބާ ފެށުމުގެ ކުރިން އެމީހުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދި އައިސީސީގެ ފަނޑިޔާރުންގެ ޕެނަލް އަށް ހުށަހަޅާފައިވާނެ ކަމަށެވެ.

އެގޮތުން ހާން ވިދާޅުވީ، އޭނާގެ އޮފީހުން އެއްކުރުމަށްފަހު ބެލި ހެކިތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގައި މިހާރު ހިންގަމުންދާ ގަތުލު އާއްމަށް ނަތަންޔާހޫ އާއި ޔޯވް ގަލަންޓް ޒިންމާވާން ޖެހޭ ކަމަށް ނިންމޭނެ ސަބަބުތައް ހުރި ކަމަށެވެ.

އެގޮތުން ހާން ވަނީ ނަތަންޔާހޫ އާއި ޔޯވް ގަލަންޓް ގެ މައްޗަށް 7 ދައުވާއެއް އުފުލާފައެވެ. އެއީ:

1) ހަނގުރާމައިގެ ތެރޭގައި ޣައްޒާގެ އާއްމުން ބަނޑުހައިހޫނުކަމުގައި ތިބުމަށް މަޖުބޫރު ކުރުން

2) ގަސްތުގައި މީހުންގެ ހަށިގަނޑަށް ބޮޑު ތަކުލީފެއް، ނުވަތަ ސިއްހަތަށް ގެއްލުންވާނެ ފަދަ ބޮޑެތި އަނިޔާތަކެއް ދިނުން

3) ގަސްތުގައި މީހުން މެރުން

4) ގަސްތުގައި އާއްމުންގެ އާބާދީތަކަށް އަމާޒުކޮށް ހަމަލާދިނުން

5) އެކި ގޮތްގޮތުން (ބަނޑުހައިހޫނުކަން، ހަމަލާ ދިނުން) މީހުންގެ ފުރާނަ ނައްތާލުން/ މީހުން މެރުން 

6) ފިތުނަ އުފެއްދުން

7) އެނޫން ވެސް އިންސާނިއްޔަތާއި ދެކޮޅަށް ހިންގާފައިވާ ޖަރީމާތައް

ހާން ވިދާޅުވީ، އެމީހުންނަށް ކޮށްފައިވާ ދައުވާ ތަކުގެ ތެރޭގައި، ޣައްޒާ އަށް އެހީ ވެއްދުމަށް ހުރަސް އެޅުން ވެސް ހިމެނޭ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.