ރަފާހް އަށް ޔަހޫދީން ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ރަފާހް ގައި ދިރިއުޅޭ އަދި ބޯހިޔާވަހިކަން ހޯދަމުންދާ އާއްމުން ރަފާހް ދޫކޮށް ދަނީ-- ފޮޓޯ: އަލްޖަޒީރާ
ދުނިޔެ
21 May 2024 | 16:57
ހަމަލާތަކާއި ގުޅިގެން ރަފާހް ދޫކޮށް ދިޔަ މީހުންގެ އަދަދު 950,000 އަށް!

ޔަހޫދީ ފައުޖުން ކެނޑިނޭޅި ފަލަސްތީނުގެ ރަފާހަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ރަފާހް ދޫކޮށް ދިޔަ މީހުންގެ އަދަދު 950،000 އަށް އަރައިފިއެވެ.

ރަފާހްގެ ގާތްގަނޑަކަށް 40% މިހާރު ޔަހޫދީ ސިފައިންގެ އަތްދަށުގައިވާއިރު، އެ ސަރަހައްދުގެ 60% އިން މިހާރު ވަނީ މީހުން ހުސްވެފައެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި ރަފާހް ގައި ބާކީ ތިބީ 400,000 ވަރަކަށް މީހުންނަށްވާއިރު، އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުންދަނީ ޣައްޒާގެ އައްސޭރިފަށުގެ ސަރަހައްދެއްކަމަށްވާ ޓެލް އަލް ސުލްތާންގައި އެވެ.

ރަފާހް އަށް ދޫކޮށް ދިޔަ އާއްމުންގެ ތެރެއިން ގިނަ މީހުން ޣައްޒާގެ އަލްމުވާސީ އަށް ދިޔައިރު، ބައެއް މީހުން ވަނީ ޣައްޒާގެ މެދުތެރޭގައި ހިމެނޭ ހިސާބުތަކަށާއި، ޚާން ޔޫނިސް އަށް ވެސް ބަދަލުވެފައެވެ.

ޔަހޫދީން ގެ ހަމަލާތަކާއި ގުޅިގެން ރަފާހް ދޫކޮށް މީހުން ދާން ފަށާފައިވާއިރު، މީގެ ކުރިން އިސްރާއީލުން ވަނީ އެމީހުންގެ "އަސްކަރީ އޮޕަރޭޝަނެއް" ހިންގުމަށްޓަކައި ރަފާހް ދޫކޮށް އާއްމުން ދިޔުމަށް އަންގާފައެވެ.

އެފަދައިން އެންގުމަށްފަހު މީހުން ރަފާހް އިން ނުކުންނަން ފެށިނަމަވެސް، ގިނަ ބަޔަކަށް ނުކުތުމުގެ ފުރުސަތު ނުދީ ޔަހޫދީން ވަނީ ރަފާހް ގެ ސަރަހައްދަށް ހަމަލާތައް ދޭން ފަށާފައެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ރަފާހް އަށް އަރައިގަނެފައިވާއިރު، އެމީހުން ވަނީ މިސްރާއި ޣައްޒާއާ ދެމެދު އޮންނަ ހަމައެކަނި ބޯޑަރުގެ ކޮންޓްރޯލް ވެސް ނަގާފައެވެ. މިއީ ޣައްޒާ އަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ މައި ބޯޑަރަކަށް ވާއިރު، ޔަހޫދީންގެ މި ލާއިންސާނީ އަމަލުގެ ސަބަބުން އެ ބޯޑަރު މެދުވެރިކޮށް ޣައްޒާ އަށް އެހީ އައުން ވަނީ ހުއްޓިފައެވެ.

އޭގެ ތެރޭގައި ޣައްޒާގެ ހޮސްޕިޓަލުތަކާއި ކްލިނިކްތައް ހިންގަން ބޭނުންވާ ތެޔޮވެސް ހިމެނޭއިރު، އެކަށީގެންވާ ވަރަށް ތެޔޮ އެތެރެނުކުރެވޭ ކަމަށާއި، އޭގެ ސަބަބުން ދާދި އަވަހަށް ޣައްޒާގެ ސިއްހީ ނިޒާމު އެއްކޮށް ހުއްޓޭނެ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔަހޫދީ ފައުޖުން ރަފާހް ގެ ގެތަކަށް ވެސް ވައިގެ ހަމަލާތައް ދެމުން އަންނައިރު، ޔަހޫދީން ރަފާހް އަށް އަރައިގައިތީ ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ ގޮތުން މުހިންމު މަޝްވަރާތަކެއް ކުރެވި، ހަމާސް އިން މިހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށް ނިންމާފައިވަނިކޮށްކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.