އިންޑިއާގެ އިތުރުން އޭޝިއާ ސަރަހައްދުގެ އެހެން ގައުމުތަކަށް ވެސް ވަނީ ހޫނު ގަދަވެ، ދަތިތަކާއި ކުރިމަތިލާން ޖެހިފައި-- ފޮޓޯ: ޓީވީ9 ބާރަތުވަރްޝް
ދުނިޔެ
22 May 2024 | 13:11
އިންތިހާއަށް ހޫނު ގަދަވެ، އުތުރު އިންޑިއާގެ ސަރަހައްދުތަކަށް ރެޑް އެލާޓް ނެރެފި

ހޫނު ގަދަވުމާއި ގުޅިގެން އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން އުތުރު އިންޑިއާގެ ސަރަހައްދުތަކަށް ކުރިއަށް އޮތް 5 ދުވަހަށް ރެޑް އެލާޓް ނެރެފިއެވެ.

އުތުރު އިންޑިއާގެ ސަރަހައްދުތައް ކަމަށްވާ ރާޖަސްތާނާއި، ޕަންޖާބް، ހަރިޔާނާ-ޗަންދީގަރު-ދިއްލީ، ހުޅަނގު އުއްތަރު ޕްރަދޭޝް އަށް އިންތިހާއަށް ހޫނުގަދަވެ މި ސަރަހައްދު ތަކަށް ރެޑް އެލާޓް ނެރެފައިވާއިރު، ދުވާލުގެ ވަގުތުތަކުގައި މި ސަރަހައްދުގެ ފިނިހޫނުމިން 47 ޑިގްރީ އަށް ވުރެ މައްޗަށްދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމާއި ބެހޭ އިދާރާގެ ސައިންސްވެރިއެއް ކަމަށްވާ ނަރޭޝް ކުމާރު ވިދާޅުވީ، އިންޑިއާގެ އުތުރުގެ ހުރިހާ ހިސާބެއްގައި މިވަގުތު ފިނިހޫނުމިން ހުރީ އާންމު ހާލަތަށްވުރެ މަތީގައި ކަމަށްވާތީ އެކަމާއި ގުޅިގެން އެ ސަރަހައްދުތަކަށް ފާއިތުވި ތިން ދުވަސް ވަންދެން އެލާޓް ނެރެފައިވާ ކަމަށެވެ. އަދި ކުރިއަށް މޫސުން އޮތް ގޮތް ލަފާކޮށް، މޫސުމާއި ބެހޭ އިދާރާއިން އެ ސަރަހައްދުތަކަށް ރެޑް އެލާޓް ނެރުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހޫނު ގަދަވުމާއި ގުޅިގެން އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ހެނދުނު 11 އިން 4 އާއި ދެމެދު އާއްމުން ބޭރު ތެރެއަށް ނުކުމެ އުޅުން ވީހާ ވެސް މަދުކުރުމަށް އިލްތިމާސްކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.