މިފްކޯގެ ކުރީގެ ސީއީއޯ ސަމާހު
ހަބަރު
22 May 2024 | 13:25
ޝަމާހް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކޮށްފި

މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރި އަހުމަދު ޝަމާހު ރަޝީދު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް މިއަދު އައްޔަންކޮށްފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކޮށްފައިވާ ކަމުގެ ލިޔުން ރައީސް އޮފީހުން މިހާރު ވަނީ ޝަމާހު އަށް ފޮނުވައިފަ އެވެ.

މިފްކޯ ގެ ސީއީއޯ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން އިއްޔެއިން ފެށިގެން ވަކިކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން އިއުލާން ކުރީ ރޭގެ ވަގުތެއްގައެވެ. 

ސަމާހް މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައި ނުވިނަމަވެސް ސަމާހްއާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ކުރިޔަށްގެންދާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އެމައްސަލައާއި ގުޅިގެން މީގެ ކުރިން ސަމާހް ސަސްޕެންޑުވެސް ކޮށްފައި ވާކަނަވެސް ފާހަގަކޮށްލެވެއެވެ.

އެހެންނަމަވެސް އޭނާ އާ ގުޅިގެން ބެލި މައްސަލަތައް ތަހުގީގު ކުރުމަށް ފަހު ޕީސީބީން ވަނީ އޭނާގެ މައްސަލައެއް ނެތް ކަމަށް ނިންމައި ސަސްޕެންޝަން އުވާލައިފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.