ޔަހޫދީންގެ ހަމަލާ އަމާޒުވި އިމާރާތެއްގެ ކައިރީގައި އދ ގެ މުއައްޒަފުންތަކެއް-- ފޮޓޯ: އީޕީއޭ
ދުނިޔެ
23 May 2024 | 13:37
ހަމަލާތަކާއި ގުޅިގެން ރަފާހުގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް މެދުކަނޑާލައިފި

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ރަފާހްއަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން ފަލަސްތީނުގެ ރެފިއުޖީންނަށް އދ ގައި އުފައްދާފައިވާ ރިލީފް އެޖެންސީ (ޔޫއެންއާރުޑަބްލިއުއޭ) އިން ރަފާހް ގައި ކާބޯތަކެތި ބެހުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.

ޣައްޒާގައި އެހީ ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ މި އެޖެންސީ ގެ ހާލަތު ބަޔާންކޮށް ނެރެފައިވާ ރިޕޯޓެއްގައި ބުނީ، އިރުމަތީ ރަފާހްގައި ހިނގަމުންދާ އަސްކަރީ އޮޕަރޭޝަންގެ ނަތީޖާއެއްގެ ގޮތުން އެ ސަރަހައްދުގައި ހުންނަ ޔޫއެންއާރުޑަބްލިއުއޭގެ ޑިސްޓްރިބިއުޝަން ސެންޓަރާއި ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއުއެފްޕީ) ގެ ގުދަނަށް ވަދެވޭނެ މަގު ބަންދު ވެފައިވާ ކަމަށެވެ.

އެހެންކަމުން، ބޭނުންވާވަރަށް ކާބޯތަކެތީގެ އެހީ ނުލިބޭތީ އާއި ރަފާހްގައި އެއްވެސް ރައްކާތެރިކަމެއް ނެތުމުން އެސަރަހައްދުގައި ކާބޯތަކެތީ ބެހުމުގެ މަސައްކަތް މެދުކަނޑާލުމަށް ނިންމާފައިވާކަމަށް އެ ރިޕޯޓްގައި ވެއެވެ.

މީގެ އިތުރުންވެސް ޔޫއެންއާރުޑަބްލިއުއޭ ގެ މި ރިޕޯޓްގައި ބުނީ، ރަފާހަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާ އަށް އެހީވެއްދުމަށް އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާކަމަށާއި، ޣައްޒާ އާއި މިޞްރާއި ދެމެދު އޮތް ބޯޑަރު ޔަހޫދީން ހުޅުވާލީ އެންމެ ދެދުވަހަށް ކަމަށްވާއިރު އެ ދެ ދުވަހު ޣައްޒާ އަށް ވަނުމަށް ހުއްދަދީފައިވަނީ އެންމެ 48 އެހީގެ ޓްރަކް ކަމަށެވެ.

ރަފާހް ގެ ހާލަތާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޔޫއެންއާރުޑަބްލިއުއޭގެ ތަރުޖަމާނު ލޫއީސް ވޯޓާރިޖް ވިދާޅުވީ، އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޣައްޒާގައި އދ ގެ ގިނަ ބަޔަކު ހަރަކާތްތެރިވި ނަމަވެސް ޔަހޫދީން އަޅާފައިވާ ފިޔަވަޅު ތަކުގެ ސަބަބުން  ޣައްޒާގެ ރައްޔިތުންނަށް އެކަށީގެންވާވަރަށް އެހީ ފޯރުކޮށްދެވިފައިނުވާ ކަމަށެވެ.

ޔޫއެންއާރުޑަބްލިއުއޭ އިން ރަފާހްގައި ކާބޯތަކެތި ބެހުން މެދުކަނޑާލިނަމަވެސް، ޑަބްލިއުއެފްޕީ އިން ވަނީ ކާބޯތަކެތި ހުސްވާންދެން ބެހުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ބުނެފައެވެ.

ޣައްޒާގެ ގަތުލުއާއްމަށް ހަތްމަސް ވެފައިވާއިރު، އިންސާނީ އެހީތެރިކަމަކީ ޣައްޒާގެ ރައްޔިތުންނަށް އިންތިހާއަށް ބޭނުންޖެހިފައިވާ ކަމެކެވެ. އެހެންނަމަވެސް، އިސްރާއީލުން އަންނަނީ ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިކުރުވަމުންކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.