އައިސީޖޭ ގެ ފަނޑިޔާރުން-- ފޮޓޯ: އޭޕީ
ދުނިޔެ
25 May 2024 | 09:12
ރަފާހް އަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން އިސްރާއީލަށް އަމުރުކޮށްފި

ޔަހޫދީ ފައުޖުން ރަފާހް އަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލަށް އަމުރުކޮށްފިއެވެ.

މިކަމާއި ގުޅޭ އަޑުއެހުމުގެ ރިޔާސަތު ބެއްލެވި ފަނޑިޔާރު ނަވާފް ސަލާމް ވިދާޅުވީ ޣައްޒާގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އިސްރާއީލަށް ފިޔަވަޅު އަޅަން މީގެ ކުރިން އަންގާފައިވާއިރު، އޭރަށް ވުރެ މިހާރު ޣައްޒާގެ ހާލަތު ދަށަށް ގޮސްފައިވާ ކަމަށެވެ. 

އިއްޔެ އިސްރާއީލުގެ މައްޗަށް އައިސީޖޭ އިން ކުރި ހުކުމްގައި ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ނަސްލު ނައްތާލުމުގެ ގޮތުގައި ބެލެވޭ ކަންކަމަށް އިޝާރާތްކޮށް ނަވާފް ސަލާމް ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންގާ ގަތުލުއާއްމަކީ ފަލަސްތީނުގެ އާއްމުންނަށް ޖިސްމާނީ އަނިޔާތައް ލިބެމުންދާ ލާއިންސާނީ އަމަލަކަށް ވާއިރު، އިސްރާއީލުން ރަފާހްއަށް ދެމުންގެންދާ އަސްކަރީ ހަމަލާތަކާއި އެނޫންވެސް އެހެން އަމަލުތައް ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.

ހަމައެއާއިއެކު، އިސްރާއީލުން ހިންގާ މި ގަތުލުއާއްމާއި ގުޅޭ ކަންކަން ތަހުގީގު ކުރުމަށް ހުރަހެއް ނެތި ޣައްޒާއަށް ވަދެވޭނެ ގޮތް ހަދަން ޖެހޭ ކަމަށާއި، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް ކޯޓުގެ އަމުރުގައި ވެއެވެ.

މީގެ ކުރިންވެސް ފަލަސްޠީނުގެ މުސްލިމް ރައްޔިތުންގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް ދައުވާ ކުރި ދެކުނު އެފްރިކާއިން ހުށައެޅި މައްސަލައަށް މިފަދައިން އަމުރު ނެރެފައިވަނީ 13 ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އަމުރު ނެރުމާ ދެކޮޅުމަށް ތިބީ ދެ ފަނޑިޔާރެކެވެ.

އައިސީޖޭ ގެ މި އަމުރާއި ގުޅިގެން ފަލަސްތީނުން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ރިޔާދު މަންސޫރު، އައިސީޖޭގެ ގަރާރުތައް ފަސްޖެހުމެއް ނެތި ތަންފީޒު ކުރުމަށް ގޮވާލިއިރު އިސްރާއީލުން ވަނީ ޣައްޒާ ގައި އެމީހުން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތަށް ހިންގާ ހަމަލާއެއް ކަމަށް ބުނެ، ގަތުލުއާއްމު ހުއްޓާލުމަށް ދެކޮޅު ހަދާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.