ރައީސްޑރ.މުޙައްމަދު މުޢިއްޒު-- ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 May 2024 | 10:10
ރަފާހަށް ހަމަލާދިނުން ވަގުތުން ހުއްޓާލުމަށް ކުރި އަމުރާއި ގުޅިގެން ރައީސް ޑރ.މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެ

ޔަހޫދީ ފައުޖުން ރަފާހް އަށް ދެމުންގެންދާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލަށް ކުރި އަމުރާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ކޯޓުގެ ނިންމުމަށް ތާޢީދު ކުރައްވައި، ރައީސް ޑރ.މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްރާއީލުން ރަފާހްގައި ހިންގަމުންދާ ލާއިންސާނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް ކުރި ޙުކުމާއެއްގޮތަށް ބޯލަނބަން ޖެހޭނެ ކަމަށާއި ރަފަޙް ބޯޑަރު ހުޅުވައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ، އައިސީޖޭއިން ނެރުނު މި އަމުރަކީ ހަމަޖެހުން ޤާއިމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅަކަށްވި ނަމަވެސް ރާއްޖެ އިން ގަބޫލުކުރާ ގޮތުގައި ފުރިހަމަ ގޮތުގައި ހަމަޖެހުން ޤާއިމުވެގެންދާނީ 1967 ގެ ކުރިން ބޯޑަރު އޮތްގޮތަށް އިރުމަތީ ޤުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ގާއިމުވުމުން ކަމަށެވެ.

އިއްޔެ އިސްރާއީލުގެ މައްޗަށް އައިސީޖޭ އިން ކުރި ހުކުމްގައި ބައިނަލްއަގްވާމީ ގާނޫނުގެ ދަށުން ނަސްލު ނައްތާލުމުގެ ގޮތުގައި ބެލެވޭ ކަންކަމަށް އިޝާރާތްކޮށް ނަވާފް ސަލާމް ވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންގާ ގަތުލުއާއްމަކީ ފަލަސްތީނުގެ އާއްމުންނަށް ޖިސްމާނީ އަނިޔާތައް ލިބެމުންދާ ލާއިންސާނީ އަމަލަކަށް ވާއިރު، އިސްރާއީލުން ރަފާހްއަށް ދެމުންގެންދާ އަސްކަރީ ހަމަލާތަކާއި އެނޫންވެސް އެހެން އަމަލުތައް ވަގުތުން ހުއްޓާލުމަށް އަމުރުކޮށްފައެވެ.

ހަމައެއާއިއެކު، އިސްރާއީލުން ހިންގާ މި ގަތުލުއާއްމާއި ގުޅޭ ކަންކަން ތަހުގީގު ކުރުމަށް ހުރަހެއް ނެތި ޣައްޒާއަށް ވަދެވޭނެ ގޮތް ހަދަން ޖެހޭ ކަމަށާއި، އެއްވެސް ހުރަހެއްނެތި އިންސާނީއެހީ ޣައްޒާއަށް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް ވެސް ކޯޓުގެ އަމުރުގައި ވެއެވެ.

މީގެ ކުރިންވެސް ފަލަސްޠީނުގެ މުސްލިމް ރައްޔިތުންގެ ޙައްޤުގައި އިސްރާއީލާ ދެކޮޅަށް ދައުވާ ކުރި ދެކުނު އެފްރިކާއިން ހުށައެޅި މައްސަލައަށް މިފަދައިން އަމުރު ނެރެފައިވަނީ 13 އަޣުލަބިއްޔަތުންނެވެ. އަމުރު ނެރުމާ ދެކޮޅުމަށް ތިބީ ދެ ފަނޑިޔާރެކެވެ.

މިއީ އައިސީޖޭއިން ޣައްޒާގެ ގަތުލުއާއްމާއި ގުޅިގެން އިސްރާއީލުގެ މައްޗަށް ނެރުނު ތިން ވަނަ އަމުރުކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.