ކަރެމް ޝަލޮމް ބޯޑަރު ކައިރީ އޮތް އެހީގެ ޓްރަކްއެއް-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
26 May 2024 | 13:16
ކެރެމް ޝަލޮމް ބޯޑަރު ހުރަސްކޮށް، ޣައްޒާއަށް އެހީ ވައްދަން ފަށައިފި

މިސްރާއި ޣައްޒާ އާއި ދެމެދު އޮންނަ ކެރެމް ޝަލޮމް ބޯޑަރު ހުރަސްކޮށް، ޣައްޒާއަށް އެހީ ވައްދަން ފަށައިފިއެވެ.

އުތުރު ސިނާއީގައި ހުންނަ މިސްރުގެ ރެޑް ކްރެސެންޓް ސޮސައިޓީގެ އިސްވެރިޔާ ޚާލިދު ޒައިދު ވިދާޅުވީ ބޯޑަރު ހުރަސްކޮށް، މިއަދު ޣައްޒާއަށް ހަތަރު ފިއުލް ޓްރަކް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 200 އެހީ ޓްރަކް އެތެރެވާނެ ކަމަށް ބެލެވޭ ކަަމަށެވެ.

މިސްރުގެ އަލް ޤަހެރާ ނިއުސް ޓީވީން ވަނީ އެހީދޭ ޓްރަކްތަކެއް ވަންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާ ސައިޓް އެކްސްގައި ހިއްސާކޮށްފައެވެ.

އެހީ ވެއްދުމަށް އެ ބޯޑަރު ހުޅުވާލާފައިވަނީ މި މަހުގެ 6 ވަނަ ދުވަހު ރަފާހްގައި އޮންނަ އިންސާނީ އެހީތަކާއި ވިޔަފާރީގެ ސާމާނު ޣައްޒާއަށް ވަންނަ މި މައި ބޯޑަރުގެ ކޮންޓްރޯލް ޔަހޫދީ ފައުޖުން ނެގުމާއި ގުޅިގެން ޣައްޒާ އަށް އެހީ ވެއްދުން ތިން ހަފްތާ އަށް މެދުކެނޑުމަށްފަހުއެވެ.

އެކަމާއި ގުޅިގެން އެ ބޯޑަރުގެ ކައިރީގައި ހުރި އެހީގެ ސާމާނުތަކުގެ ތެރެއިން ބައެއް ކާބޯތަކެތި ކުނިވާން ފަށާފައިވާކަމަށް ރޮއިޓާސް އިން ރިޕޯޓް ކުރެއެވެ.

ކަރެމް ޝެލޮމް މަގުން ޣައްޒާއަށް އަލުން އެހީ ވައްދަން ފެށިއިރު، އެއްވެސް ހުރަހެއްނެތި އިންސާނީ އެހީ ޣައްޒާއަށް ފޯރުކޮށްދެވޭނެ މަގު ފަހިކޮށްދިނުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިސްރާއީލުގެ މައްޗަށް އަމުރުކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.