ހަމާސް އިން ޓެލް އަވީވް އަށް ދިން ހަމަލާތައް-- ފޮޓޯ: އެކްސް
ދުނިޔެ
26 May 2024 | 18:01
އިސްރާއީލަށް އަމާޒުކޮށް، ފަލަސްތީނުން މިސައިލް ހަމަލާތަކެއް ދީފި

އިސްރާއީލުގެ ވެރި ރަށް، ޓެލް އަވީވް އަށް އަމާޒުކޮށް، ހަމާސް ޖަމާއަތުން މިސައިލް ހަމަލާތަކެއް ދީފިއެވެ.

ޓެލް އަވީވް އަށް އަމާޒުކޮށް ބޮޑެތި ހަމަލާތަކެއް ދީފައިވާކަމަށް ހަމާސް އިން ބުނެފައިވާއިރު، މި ހަމަލާ ތަކާއި ގުޅިގެން ޔަހޫދީ ފައުޖުން ވަނީ ހަމަލާ އަތުވެދާނެ ކަމުގެ އިންޒާރު ދިނުމުގެ ގޮތުން ސައިރެން ވެސް އިއްވާފައެވެ.

ޖެނުއަރީ މަހަށް ފަހު ހަމާސް އިން ޓެލް އަވީވް އަށް އަމާޒުކޮށް ދިން މި ހަމަލާއާއި ގުޅޭގޮތުން އިސްރާއީލުގެ ބައެއް ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި، ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާއިން ފޮނުވާލި 8 ހަމަލާއެއް ވަނީ އިސްރާއީލަށް ވަދެފައެވެ.

ޖުމްލަ 10 ހަމަލާއެއް ހަމާސް އިން ފޮނުވާލިއިރު، ޔަހޫދީ ފައުޖަށް އަޔަން ޑޯމް ބޭނުންކޮށްގެން މަތަކުރެވުނީ އޭގެ ތެރެއިން ބައެއް ހަމަލާތަކެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ތެލް އަވީވްގެ އިތުރުން ހަރްޒްލިއާ އާއި ޕެޓާ ޓިކްވާ ފަދަ ގިނަ ސިޓީތަކަށާއި އަވަށްތަކަށް ރޮކެޓް ސައިރަންގެ އަޑު އިވިފައިވާއިރު، މި ހަމަލާތަކުގައި ހަރްޒްލިއާ ގައި ހުރި ގެއަކަށް ގެއްލުންވެ، އިމާރާތްތަކަކާއި ދާދި ކައިރީގައި ހުރި ހުސްބިމަކަށް ވެސް ހަމަލާ ވަނީ އަމާޒުވެފައެވެ.

މިހާތަނަށް ހަމަލާތަކުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާވެފައިވާކަން ރިޕޯޓްކޮށްފައި ނުވި ނަމަވެސް، ހަމަލާތަކުން ސަލާމަތްވުމަށް މަސައްކަތްކުރި 2 އަންހެނަކަށް ވަނީ އެކި ވަރުގެ އަނިޔާތައްް ލިބިފައެވެ.

ހަމާސް އިން އިސްރާއީލަށް އަމާޒުކޮށް ހަމަލާތައް ފޮނުވާލިއިރު، މިއަދު ރަފާޙް އާއި މިސްރާއި ދެމެދު އޮންނަ ކަރެމް ޝެލޮމް ބޯޑަރު ހުރަސްކޮށް، ޣައްޒާ އަށް އެހީގެ ތަކެތި ވައްދަން ފަށާފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.