ރަފާހް އަށް ޔަހޫދީން ދިން ހަމަލާ އާއި ގުޅިގެން ޓެންޓް ތައް އަދަނީ-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
27 May 2024 | 14:03
ރަފާހްގެ "ސޭފް ޒޯން" އަކަށް ޔަހޫދީންގެ ލާއިންސާނީ ހަމަލާއެއް، ދިރިތިއްބާ 35 މީހަކު އަންދާލައިފި!

ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި "ސޭފް ޒޯނެއް" ކަމަށް ކަނޑައަޅާފައިވާ، އާއްމުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ސަރަހައްދަކަށް ރަހުމެއް ނެތް ޔަހޫދީ ފައުޖުން ހަމަލާދީ، 35 މީހަކު ދިރިތިއްބާ އަންދާލައިފިއެވެ.

ފަލަސްތީނުގެ ސިއްހީ މަސައްކަތްތެރިން ބުނި ގޮތުގައި ވައިގެ މަގުން ޔަހޫދީން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ، ޣައްޒާގައި ހިނގަމުންދާ ގަތުލުއާއްމުގެ ސަބަބުން ގެދޮރުގެއްލިފައިވާ އާއްމުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ޓެންޓް ތަކަކަށް ކަމަށާއި، އެ ސަރަހައްދަކީ މީގެ ކުރިން ޔަހޫދީން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށެވެ.

ހަމަލާތަކާއި ގުޅިގެން ޓެންޓްތަކުގައި އަލިފާން ރޯވެފައިވާއިރު، އަލިފާންގަނޑުގެ ތެރޭގައި އެތައް ބަޔަކު ތާށިވެފައިވާކަމަށް ވެސް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތުދެއެވެ. މި ހަމަލާގައި ޝަހީދުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ކުޑަ ކުދިންނާއި އަންހެނުން ހިމެނެއެވެ.

ހަމައެއާއިއެކު، ލިބުނު ބޮޑެތި ޒަހަމްތަކާއި ދިރިތިއްބާ އަންދާލި އާއްމުންނާއި އެކު މި ހަމަލާގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 50 އަށް އަރާފައެވެ.

އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި ޓެންޓްތައް ވަނީ އަނދާފައި. ޓެންޓް ތަކާއި އެކު މީހުންގެ ހަށިތައް ވެސް ދަނީ ވިރެމުން."

ހަމަލާ އާއި ގުޅިގެން ފަރުވާދިނުމަށް ރަފާހުގައި ހުރި ކުވައިތީ ހޮސްޕިޓަލަށް ގެނައި މީހަކު ބުންޏެވެ.

ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުން ރަފާހްގައި އާއްމުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސަރަހައްދަށް އަމާޒުކޮށް ހަމަލާދީފައިވަނީ، މީގެ ދެ ދުވަސް ކުރިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން 2.3 މިލިއަން މީހުން ބޯހިޔާވަހިކަން ހޯދަމުންދާ ރަފާހްގައި ޔަހޫދީ ފައުޖުން ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމަށް އަމުރުކޮށްފައިވަނިކޮށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.