ރައީސް ޑރ.މުޢިއްޒު-- ފޮޓޯ: ޕީޕީއެމް/ޕީއެންސީ
ހަބަރު
28 May 2024 | 13:03
އުންމީދަކީ މިއީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދެކޭ އެންމެ ޒިންމާދާރު މަޖިލީހަށް ވުން: ރައީސް ޑރ.މުޢިއްޒު

މިއަދު އަލަށް ހުވާ ކުރެއްވި ވިހި ވަނަ ރައްޔިތުންގެ މަޖިލީހަކީ މިހާތަނަށް ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި ދެކޭ އެންމެ ޒިންމާދާރު މަޖިލިހަށް ވުމަށް އުންމީދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ.މުޢިއްޒު މިފަދައިން ވިދާޅުވީ 20 ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.

މިގޮތުން ރައީސް ޑރ.މުޢިއްޒު ވަނީ  މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު މުބާރަކްބާދު ދަންނަވާކަމަށާއި، މިއީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި އަދި ޤައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިފަހަރުގެ މަޖިލިސް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

 "20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންނަށް ހިތުގެ އިޚްލާޞްތެރިކަމާއެކު މުބާރަކްބާދު ދަންނަވަމެވެ. އަޅުގަނޑުގެ އުންމީދަކީ، ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި މިހާތަނަށް ދެކޭ އެންމެ ޒިންމާދާރު، އެންމެ އިތުބާރުހުރި، ޤައުމާއި ރައްޔިތުންނަށް އެންމެ މަންފާހުރި ކަންކަން ނިންމާ މަޖިލީހަށް މިފަހަރުގެ މަޖިލިސް ވުމެވެ."

ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

މިއަދު ހެނދުނު 9 ޖެހިއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93ދާއިރާއަކުން އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރައްވާފައިވާއިރު، އޭގެ ތެރެއިން 75 މެންބަރުންނަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.

މިފަހަރުގެ މަޖިލީހުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ އެއް މެންބަރު، އެމްޑީއޭގެ ދެ މެންބަރުން އަދި ޖޭޕީގެ އެއް މެންބަރު ހިމެނޭއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި 2 މެމްބަރަކު މިފަހަރުގެ މަޖިލީހުގައި ތިއްބަވާނެއެވެ.

މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ ޕީއެންސީ މެމްބަރު އަބްދުއްރަހީމް އަބްދުއްالله އިންތިހާބުކޮށްފައިވާއިރު، ނައިބު ރައީސްގެ މަގާމަށް އިންތިހާބު ކޮށްފައިވަނީ ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް އެވެ.

ކޮމެންޓް
ޝާޝާ
ބަރުލަމާނީއެއްތަ މިހާރު އޮތީ
29 May 2024
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.