20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް-- ފޮޓޯ: މަޖިލިސް
ހަބަރު
28 May 2024 | 13:06
80 ވޯޓާއެކު މަޖިލީހުގެ ނައިބު ރައީސް ކަމަށް ނާޒިމް އިންތިހާބުވެވަޑައިގެންފި

މިއަދު ހުވާކުރެވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް 80 މެމްބަރުންގެ ވޯޓާއިއެކު ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުވެވަޑައިގެންފިއެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމްގެ ނަން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުالله ހުށަހެޅުއްވިއިރު، މި ހުށަހެޅުމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ތާއިދު ކުރައްވާފަ އެވެ.

ހަމައެއާއިއެކު، އިދިކޮޅު އެމްޑީޕީގެ ފަރާތުން ނައިބު ރައީސަކަށް ހުށަހަޅުއްވާފައިވަނީ މަރަދޫ ދައިރާގެ މެންބަރު އަހުމަދު ދީދީގެ ނަމެވެ. ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދުގެ މި ހުށަހެޅުއްވުމަށް މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު ތާއީދު ކުރެއްވިއެވެ.

މަޖިލީހުގެ ނައިބު ރައީސް ހޮވުމަށްޓަކައި ކުރިއަށް ދިޔަ ސިއްރު ވޯޓްގައި ނާޒިމް ނައިބު ރައީސްކަމަށް އިންތިހާބުކުރަން 80 މެމްބަރުން ވޯޓް ދެއްވިއިރު، އަހުމަދު ދީދީ އިންތިހާބުކުރަން ވޯޓު ދެއްވީ 12 މެމްބަރުންނެވެ.

މީގެ އިތުރުންވެސް މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވެސް ހޮވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ މަގާމަށް އިންތިހާބުވެވަޑައިގެންފައިވަނީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އެވެ.

މިއަދު ހެނދުނު 9 ޖެހިއިރު، 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަކުން އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރައްވާފައިވާއިރު، އޭގެ ތެރެއިން 75 މެންބަރުންނަކީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ޕީއެންސީއަށް ނިސްބަތްވާ މެންބަރުންނެވެ.

މިފަހަރުގެ މަޖިލީހުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ އެއް މެންބަރު، އެމްޑީއޭގެ ދެ މެންބަރުން އަދި ޖޭޕީގެ އެއް މެންބަރު ހިމެނޭއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި 2 މެމްބަރަކު މިފަހަރުގެ މަޖިލީހުގައި ތިއްބަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.