ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ-- ފޮޓޯ: މަޖިލިސް
ހަބަރު
28 May 2024 | 14:31
މަޖިލީހުގައި 3 އަންހެން މެންބަރުން ތިބިނަމަވެސް، އަޑު ވަކި މަޑެއް ނުވާނެ:ސައުދާ

އަލަށް ހުވާ ކުރެއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެންމެ 3 އަންހެން ބޭފުޅުން ތިއްބެވި ނަމަވެސް، އެ 3 ކަނބަލުންގެ އަޑު މަޑުނުވާނެ ކަމަށް ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދިޔަ މަޖިލިސް މެމްބަރުންގެ ހުވާ ކުރުމުގެ ޖަލްސާއަށް ފަހު މީޑީއާތަކަށް ދެއްވި އިންޓަވިއުގައި ސައުދާ ވިދާޅުވީ، މިފަހަރު ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެން 3 އަންހެން މެމްބަރުންވެސް ތިއްބެވީ މި މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމުގައި ހެދުމަށް މަސައްކަތް ކުރެއްވުމުގެ އަޒުމުގައި ކަމަށެވެ.

"3 މެންބަރުން ތިބި ކަމުގައިވިއަސް އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންގެ އަޑު ވަކި މަޑެއް ނުވާނޭ،"

ސައުދާ ވިދާޅުވިއެވެ.

ސައުދާ މިފަދައިން ވިދާޅުވިއިރު، މި ފަހަރުގެ ރައްޔިތުން މަޖިލީހަށް އިންތިހާބުވެވަޑައިގެން ތިން އަންހެން މެމްބަރުންނަކީ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އަސްމާ ރަޝީދު ގެ އިތުރުން ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމެވެ.

އޭގެ ތެރެއިން ސައުދާ އާއި އަސްމާ ޕީއެންސީގެ ފަރާތުން ވާދަކުރެއްވި އިރު، އަމިއްލަގޮތުން ވާދަ ކުރެއްވި ޑރ.އަނާރާ ވަނީ ފަހުން ޕީއެންސީ އާއި ގުޅިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.