20 ވަނަ ރައްޔިތުންގެ މަޖިލިސް-- ފޮޓޯ: މަޖިލިސް
ހަބަރު
28 May 2024 | 15:34
އާ ގަވައިދު ހެދެން ދެން 19 ވަނަ މަޖިލީހުގެ ގަވާއިދަށް އަމަލުކުރަން ފާސްކޮށްފި

މިއަދު ހުވާ ކުރި އާ މަޖިލީހުގެގަވާއިދު އެކުލަވައިލައި ފާސްކުރެވެންދެން، ނިމިދިޔަ 19 ވަނަ މަޖިލީހުގައި އަމަލުކުރަމުން އައި ގަވާއިދަށް އަމަލުކުރުމަށް ފާސްކޮށްފިއެވެ.

 މިއަދުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހީމް ފަލާހް މިފަދައިން ހުށަހެޅުއްވީ މަޖިލީހުގެ މަސައްކަތް މެދު ނުކެނޑި ކުރިއަށް ގެންދިއުމަށް ޓަކައިއެވެ.

ފަލާހް ގެ މި ހުށަހެޅުއްވުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ތާއީދު ކުރެއްވިއިރު، މި ހުށަހެޅުން ފާސްކޮށްފައިވަނީ 90 މެމްބަރުންގެ ވޯޓުންނެވެ.

މި ހުށަހެޅުމުގައި އާ ގަވައިދު އެކުލަވައިލަން، މަޖިލީހުގެ އާއްމު ކޮމިޓީއާ ހަވާލުކޮށް، އެ މަސައްކަތް ނިންމާނެ ސުންގަޑިއެއްގެ ގޮތުގައި އަންނަ ޖޫން މަހުގެ 26 ވަނަ ދުވަސް ވަނީ ކަނޑައަޅާފައެވެ.

ރައްޔިތުންގެ މަޖިލީހަށް 93 ދާއިރާއަކުން އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރައްވާފައިވާއިރު، އޭގެ ތެރެއިން 75 ދާއިރާ ކާމިޔާބުކޮށް، ވެރިކަން ކުރާ ޕީއެންސީ އިން ވަނީ ސުޕަމެޖޯރިޓީ ނަގާފައެވެ.

މިފަހަރުގެ މަޖިލީހުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއެންޕީގެ އެއް މެންބަރު، އެމްޑީއޭގެ ދެ މެންބަރުން އަދި ޖޭޕީގެ އެއް މެންބަރު ހިމެނޭއިރު، އިދިކޮޅު މައި ޕާޓީ އެމްޑީޕީއަށް ނިސްބަތްވާ 12 މެންބަރުންނާއި އަމިއްލަ ގޮތުން ވާދަކުރެއްވި 2 މެމްބަރަކު މިފަހަރުގެ މަޖިލީހުގައި ތިއްބަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.