އަޔަލެންޑް، ނޯވޭ އަދި ސްޕެއިންގެ ފޮރިން މިނިސްޓަރުން-- ފޮޓޯ: ރޮއިޓާސް
ދުނިޔެ
29 May 2024 | 13:00
އަޔަލެންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފި

އަޔަލެންޑް، ނޯވޭ އަދި ސްޕެއިން އިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ.

މި ތިން ގައުމުން ފަލަސްތީނަކީ ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަންނާނެ ކަމަށް އިއުލާނުކޮށްފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ތިން ގައުމުގެ ބޮޑުވަޒީރުން ބޭއްވި ބައްދަލުވުމެއްގައިއެވެ.

މިކަމާއި ގުޅިގެން މި ތިން ގައުމުން ބުނީ، މި ނިންމުމާއިއެކު، އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭގޮތުން ކުރަމުންދާ މަސައްކަތް ކުރިއަށް ވުރެ އަވަސް ކުރާނެ ކަަމަށާއި، އެމީހުންގެ މި ނިންމުމާއި އެއްގޮތަށް ޔޫރަޕިއަން ޔޫނިއަންގެ އެހެން ގައުމުތަކުން ވެސް ފަލަސްތީނަކީ ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ސްޕެއިންގެ ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، ސްޕެއިން އިން ފަލަސްތީނުގެ ދައުލަތް ބަލައިގެންފައިވަނީ ޣައްޒާ އާއި ވެސްޓް ބޭންކް ހިމެނޭހެން، އިރުމަތީ ގުދުސް އަކީ އެގައުމުގެ ވެރިރަށް ކަމުގައި ނިންމައިގެން ކަމަށެވެ. އަދި 1967 ގެ ކުރިން ބޯޑަރުތައް އޮތް ގޮތަށް ގެނެސްފައިވާ އެއްވެސް ބަދަލެއް ބަލައިނުގަންނަ ކަމަށް ވެސް ސަންޗޭޒް ވިދާޅުވިއެވެ.

މި ނިންމުމާއި ގުޅިގެން އަޔަލޭންޑްގެ ޑިޕާޓްމަންޓް އޮފް ފޮރިން އެފެއާޒް އިން ވަނީ ހުޅަނގު އައްސޭރީގައި ހުންނަ އެގައުމުގެ ރެޕްރެޒެންޓޭޓިވް އޮފީސް އެމްބަސީ އަކަށް ބަދަލުކުރުމަށް ނިންމައި، ސަފީރަކު އައްޔަނުކޮށް، އަޔަލޭންޑްގައި ހުންނަ ފަލަސްތީނުގެ މިޝަންގެ ދަރަޖަ އެމްބަސީއަކަށް ބަދަލުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ.

ފަލަސްތީނުން މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، މި ތިން ގައުމު ހިމެނޭ ޔޫރަޕިއަން ޔޫނިއަން ގެ 27 ގައުމު ތެރެއިން 11 ގައުމަކުން ފަލަސްތީނުގެ ދައުލަތް ބަލައިގެންފައިވާއިރު، އެ ޔޫނިއަން ގައި ހިމެނޭ ސްލޮވޭނިއާ އާއި މަލްޓާ އިން ވެސް ފަލަސްތީނުގެ ދައުލަތް މި ހަފްތާގެ ބުރާސްފަތި ދުވަހު ރަސްމީކޮށް ބަލައިގަންނާނެއެވެ.

ހަމައެއާއިއެކު، އދ ގެ 193 މެމްބަރު ގައުމުގެ ތެރެއިން 143 ގައުމަކުން ވެސް ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.