ނިކީ ހާލީ ބޮން ތަކުގައި ސޮއި ކުރަނީ-- ފޮޓޯ: އިންސްޓަގްރާމް
ދުނިޔެ
29 May 2024 | 15:51
އެމެރިކާގެ ރިޔާސީ ކެންޑިޑޭޓެއް ޔަހޫދީން ޣައްޒާ އަށް އަޅާ ބޮންތަކެއްގައި މުސްލިމުންގެ ދުވަސް ދުއްވާލުމަށް ލިޔެ ސޮއިކޮށްފި

ކުރިއަށް އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގައި އެގައުމުގެ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަކުރާ ރިޔާސީ ކެންޑިޑޭޓް ނިކީ ހާލީ އިސްރާއީލަށް ކުރި ދަތުރުގައި ޔަހޫދީން ޣައްޒާ އަށް އަޅަން ތައްޔާރު ކޮށްފައިވާ ބޮން ތަކެއްގައި މުސްލިމުންގެ ދުވަސް ދުއްވާލުމަށް ލިޔެ ސޮއިކޮށްފިއެވެ.

ސައުތު ކެރޮލައިނާގެ ކުރީގެ ގަވަރުނަރު މަގާމުގައި ހުރި ހާލީ، އޭނާ ހައްދުފަހަނައަޅާފައިވާ ޔަހޫދީން ކުރާ ސަޕޯޓު ދެއްކުމުގެ ގޮތުން ކުރި މި އަމަލުގައި، މީގެ ކުރިން އިސްރާއީލުން އދ އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމު އަދާކުރި އަދި އިސްރާއީލުގެ ލާއިންސާނީ ބޮޑުވަޒީރު ނަތަންޔާހޫގެ ޕާޓީގެ މެމްބަރެއް ކަމަށްވާ ޑެނީ ޑެނަން ވެސް ބައިވެރިވިއެވެ.

މިކަމަށް ފަހު ހާލީ ނޫސްވެރިންނާއި ވާހަކަދެއްކިއިރުވެސް، އޭނާ ވަނީ ބައިޑަން ގެ ސަރުކާރުން އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑާލުމަށް ނިންމުމާއި ގުޅިގެން އެކަމަށްވެސް ފާޑުކިޔާފައެވެ. އަދި ޔަހޫދީންގެ ލާއިންސާނީ އެތައް އަމަލަކާއި ކުރިމަތިލާން ޖެހިފައިވާ ޣައްޒާގެ މުސްލިމުންނަކީ އެމެރިކާގެ ވެސް ދުޝްމަނުން ކަމަށް ސިފަކޮށް، ޔަހޫދީން ބޭނުންވާ ހުރިހާ ވަސީލަތެއް އެމެރިކާއިން ފޯރުކޮށްދިނުމަށް ވެސް އޭނާ ގޮވާލިއެވެ.

ދާދި ފަހުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި "ސޭފް ޒޯނެއް" ކަމަށް ކަނޑައަޅާފައިވާ، އާއްމުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ސަރަހައްދަކަށް އެއްވެސް ރަހުމެއް ނެތި ހަމަލާތަކެއް އަމާޒުކޮށްފައެވެ. 

މި ހަމަލާތަކުގައި އެ ސަރަހައްދުގައި ހުރި ޓެންޓް ތަކެއްގައި އަލިފާން ރޯވެ، 35 މީހަކު ދިރިހުއްޓާ އަދައި، ޝަހީދުވިއިރު، ފަލަސްތީނުގެ ސިއްހީ މަސައްކަތްތެރިން ބުނި ގޮތުގައި ވައިގެ މަގުން ޔަހޫދީން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ، ޣައްޒާގައި ހިނގަމުންދާ ގަތުލުއާއްމުގެ ސަބަބުން ގެދޮރުގެއްލިފައިވާ އާއްމުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ޓެންޓް ތަކަކަށް ކަމަށާއި، އެ ސަރަހައްދަކީ މީގެ ކުރިން ޔަހޫދީން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ސަރަހައްދެއް ކަމަށެވެ.

މިހަމަލާގައި ގިނަ އަދަދަކަށް ކުޑަކުދިންނާއި އަންހެނުން ޝަހީދުވެފައިވާއިރު، ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތްކަމަށްވާ އިސްރާއީލުން ބުނި ގޮތުގައި އެއީ "މިސްޓޭކެއް" ކަމަށާއި އެކަންތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ބުނެފައިވާއިރު، އެމެރިކާއިން ވަނީ ޔަހޫދީ ފައުޖުން ރަފާހް ގައި ތިބި އެއްވެސް ކުށެއްނެތް މުސްލިމުންނަށް އަމާޒުކޮށް ދިން މި ހަމަލާ އެމެރިކާއިގެ ރައީސް ޖޯ ބައިޑެންގެ ރަތް ރޮނގު ހުރަސް ނުކުރާ ކަމަށް ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާ އަށް ހުއްޓުމެއްނެތި ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް އދ އާއި ބައިނަލްއަގުވާމީ ކޯޓުތަކާއި އެނޫންވެސް މަތީ ފަންތީގެ ޖަމިއްޔާ ތަކާއި ގައުމުތަކުން ތަކުރާރުކޮށް ގޮވާލަމުން އަންނައިރު، އިސްރާއީލުން އެއިން އެއްވެސް ފަރާތަކަށް ބޯލަބާފައެއްނުވެއެވެ.

ޣައްޒާއަށް އިންސާނީ އެހީ ވެއްދުމަށް ވެސް ޔަހޫދީން ދަތި ކުރުމުގެ އަޅާފައިވާއިރު، ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު ވަނީ 36,171 އަށް އަރާފައެވެ.

ކޮމެންޓް
ހުސެއިނު
އިރާދަކުރެއްވިއްޔާ ވެރިކަމެއް ނުލިބޭނެއެވެ. އަދި މުސްލިމުންގެ ދުވަސް ދުއްވައެއްވެސް ނުލެވޭނެއެވެ.
29 May 2024
ގުޅޭ ލިޔުންތައް
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.
24 Jul 2026
ސައުދީ ނިއުކްލިއާ އެއްބަސްވުން ކުރިއަށް ގެންދެވޭނީ އިސްރާއީލް ބަލައިގަތީމާ
ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ޓްރަމްޕް ބުނީ، ސައުދީއަށް ޔުރޭނިއަމް މުއްސަނދިކުރުމާއި ނިއުކްލިއާ ރިއެކްޓަރުތައް ބިނާކުރުމަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރުމުގެ ހުއްދަ ދޭ އެއްބަސްވުން ތަންފީޒުވާނެ ހަމައެކަނި ގޮތަކީ އިސްރާއީލާއެކު ގުޅުން ގާއިމުކުރުމުން ކަމަށެވެ.