ފުލުހުންގެ އަސާސީ ތަމްރީން ކޯސް ނިންމި ފުލުހުން-- ފޮޓޯ: ޕޮލިސް
ހަބަރު
30 May 2024 | 12:41
ފުލުހުންގެ އަސާސީ ތަމްރީން ކޯސް 164 ފުލުހުން ފުރިހަމަކޮށްފި

ފުލުހުންގެ އަސާސީ ތަމްރީން ކޯސް 164 ފުލުހުން ފުރިހަމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގައި 198 ފުލުހުން ބައިވެރިވެ 164 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވާކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ 36 އަންހެން ފުލުހުންނާއި 128 ފިރިހެން ފުލުހުން ކަމަށެވެ.

މި ކޯހަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީން ދިވެހި ފުލުހުންގެ ޚިދުމަތަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށާއި، ފުލުހެއްގެ މަސްއޫލިއްޔަތު އެންމެ އެދެވޭގޮތުގައި އަދާކުރުމަށް ބޭނުންވާ އަސާސީ ތަމްރީނާއި މުހިންމު ހުނަރާއި އިލްމު އަދި މައުލޫމާތު އުނގަންނައިދިނުމަށް ފަރުމާކޮށްގެން ކުރިއަށް ގެންދިޔަ ކޯހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ކޯހުގައި ތަމްރީނުވި ފުލުހުންނަށް  ގާނޫނާއި، ހިއުމަން ރައިޓްސް އާއި ދީނީ ވާޖިބުތަކާއި އިސްލާމީ ރިވެތި އަހުލާގު އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސް ފަދަ ބައިތަކާއެކު ތަމްރީނުތައް ވަނީ ކުރިއަށް ގެންގޮސްފައިއެވެ.

ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭގައި ބާއްވާފައިވާއިރު، ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.

މި ރަސްމިއްޔާތުގައި ކޯހުގެ ވަނަތަކަށް ދިޔަ ދަރިވަރުންނަށް ވަނީ އެވޯޑު ވެސް ހަވާލުކޮށްފައެވެ. ކޯހުގެ ވަނަތަކަށް ދިޔަ ފުލުހުންނަކީ:

1) ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރު -  ޕޮލިސް ސަރޖަންޓް އަހްމަދު ނިހާދު

2) ކޯހުން ދެވަނަ ދަރިވަރު - ޕޮލިސް ކޮންސްޓަބަލް އާލިމަ މުޙައްމަދު

3) ކޯހުން ތިން ވަނަ ދަރިވަރު - ޕޮލިސް ކޮންސްޓަބަލް މުއީން މުޙައްމަދު

4) އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރު -  ޕޮލިސް ކޮންސްޓަބަލް މުޙައްމަދު އަމްހަރް އާރިފް

5) އިންޑޯ މާއްދާތަކުން ދެވަނަ ދަރިވަރު - ޕޮލިސް ސަރޖަންޓް އަޙްމަދު ނިހާދު

6) އިންޑޯ މާއްދާތަކުން ތިން ވަނަ ދަރިވަރު - ޕޮލިސް ކޮންސްޓަބަލް ހަސަން އަނަސް ނާފިޒް

7) އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރު -  ޕޮލިސް ސަރޖަންޓް އަޙްމަދު ނިހާދު

8) އައުޓްޑޯ މާއްދާތަކުން ދެވަނަ ދަރިވަރު - ޕޮލިސް ކޮންސްޓަބަލް މާޝާ ރަޝީދު

9) އައުޓްޑޯ މާއްދާތަކުން ތިންވަނަ ދަރިވަރު - ޕޮލިސް ކޮންސްޓަބަލް އާއިޝަތު ރަވީނާ

10) އެންމެ މޮޅު ސްކޮޑް - ބީފާނު ސްކޮޑް

މި އަސާސީ ތަމްރީނު ކޯހަކީ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި މި އަހަރުގެ ޖަނަވަރީ 24 އިން މެއި 23 އަށް ކުރިއަށް ގެންދިޔަ ކޯހެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.