ޖަބަލިއާއަށް ޔަހޫދީން ދިން ހަމަލާތަކުގައި ސުންނާފަތިވި އިމާރާތްތަކެއް ކައިރި އާއްމުން ހަރަކާތްތެރިވަނީ-- ފޮޓޯ: ގެޓީ
ދުނިޔެ
01 Jun 2024 | 09:12
ޔަހޫދީ ފައުޖު ޖަބަލިއާއިން ފޭބީ މުޅިތަން ސުންނާފަތިކޮށްލާފައި!

މެދުކެނޑުމެއްނެތި 20 ދުވަހު ހަމަލާދިނުމަށްފަހު، ޔަހޫދީ ފައުޖު ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާއިން ފައިބައިފިއެވެ.

ޣައްޒާގެ އެންމެ ބޮޑު ރެފިއުޖީ ކޭމްޕް ހިމެނޭ ޖަބަލިއާ އަކީ 100,000 މީހުން ބޯހިޔާވަހިކަން ހޯދަމުންދިޔަ ސަރަހައްދަކަށް ވާއިރު، ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދު ވަނީ ފާހަގަނުކުރެވޭ ވަރަށް ސުންނާފަތިވެ، ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން މައުލޫމާތުދޭ ގޮތުގައި، ޔަހޫދީ ފައުޖު ފޭބިފަހުން، ޖަބަލިއާގެ އުތުރުގައި އޮންނަ ބައިތު ލަޙްޔާ އިން ޝަހީދުވެފައިވާ އެތައް ބައެއްގެ ހަށިތައް ވަނީ ފެނިފައެވެ. ރެޑް ކްރެސެންޓުން ބުނީ ބޭނުންވާ ވަސީލަތްތައް ލިބެން ނެތުމުން ބިމާއި ހަމަވެފައިވާ އިމާރާތްތަކުގެ ދަށުން އެ ހަށިތައް ނެގުމުގައި ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.

މިދަތިތަކުގެ ސަބަބުން ޝަހީދުވެފައިވާ ހަށިތައް ނެގުމުގައި ލަސްވެގެން ދިޔުމަކީ ބަލިތައް ފެތުރުމަށް އޮތް ވަރަށް ބޮޑު ފުރުސަތެއްކަން ފާހަގަކޮށް، ފަލަސްތީނުގެ ރެޑް ކްރެސެންޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޔަހޫދީ ފައުޖު ޖަބަލިއާ ދޫކޮށް ދިޔުމާއި އެކު، އެ ސަރަހައްދުގައި ތިބި އާއްމުން ވަނީ ޖަބަލިއާގައި ޔަހޫދީން ހިންގި ލާއިންސާނީ ހަމަލާތަކުގެ ސަބަބުން ޝަހީދުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތުގެ އިތުރުން، އެ ސަރަހައްދު ސާފުކުރަން ފަށާފައެވެ.

ޖަބަލިއާގައި ހުރި ހޮސްޕިޓަލުތަކާއި ސްކޫލް ތަކާއި އެހެނިހެން މުހިންމު ތަންތަން ހިމެނޭހެން އެ ސަރަހައްދުގައި ހުރި އިމާރާތްތަކުގެ %70 ވަނީ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން ބިމާއި ހަމަވެފައެވެ. އެގޮތުން އަލް ޖަޒީރާއިން އިން ރިޕޯޓް ކުރާ ގޮތުގައި ޖަބަލިއާގައި ހުރި 1,0000 ގެއެއް ޔަހޫދީ ފައުޖުން ހަލާކުކޮށްލިއިރު، އެމީހުން ވަނީ އާއްމުން ބޯހިޔާވަހިކަން ހޯދަމުން ދިޔަ އެތަކެއް އިމާރާތްކެއްގައި އަލިފާން ރޯކޮށް، އަންދާލާފައެވެ.

ޔަހޫދީ ފައުޖުން ޖަބަލިއާ އިން ފޭބިއިރު، ޣައްޒާގެ ދެކުނުގައި އޮންނަ ރަފާޙް ގައި އެމީހުން ހިންގާ ގަތުލުއާއްމު ހުއްޓާލާފައެއް ނުވެއެވެ. އެ ސަރަހައްދުގައި ތިބި އާއްމުން ބޯހިޔާވަހިކަމުން މަހުރޫމްވެފައިވާއިރު، މުޅި ޣައްޒާވެސް އިންސާނީ އެހީއަށް އިންތިހާއަށް ބޭނުންވެފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.