ޔަހޫދީ ފައުޖުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާއި ގުޅިގެން އެތައް ބަޔަކު ވަނީ ބޯހިޔާވަހިކަމާއި އިންސާނީ ބޭނުންތަކުން މަހުރޫމްވެފައި-- ފޮޓޯ: ވަފާ
ދުނިޔެ
01 Jun 2024 | 09:36
އިސްރާއީލުން ގަތުލުއާއްމު ހުއްޓާލަން ބޭނުންވާކަމަށް ބުނެ, އެކަމާއި ގުޅޭ މަގުޗާޓެއް ހާމަކޮށްފި

ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތްކަމަށްވާ އިސްރާއީލުން ގަތުލުއާއްމު ހުއްޓާލަން ބޭނުންވާކަމަށް ބުނެ, އެކަމާއި ގުޅޭ މަގުޗާޓެއް ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އިސްރާއީލާއިއެކު ބޭއްވި ބައްދަލުވުމަކަށް ފަހު އެމެރިކާގެ ރައީސް ޖޯ ބައިޑެންއެވެ. މި މަގުޗާޓް ވަނީ 3 ފިޔަވައްސަކަށް ބަހާލާފައެވެ.

މަގު ޗާޓުގެ 3 ފިޔަވައްސަކީ: 

ފުރަތަމަ ފިޔަވަހި - 6 ހަފްތާއަށް ހަނގުރާމަ މެދުކަނޑާލުމާއި އެކު، މީހުން ދިރިއުޅެމުންދާ ހުރިހާ ސަރަހައްދަކުން ޔަހޫދީ ފައުޖުން ފައިބައިގެންދާން ޖެހޭނެއެވެ. އަދި ހަމާސް އިން ހައްޔަރު ކުރި ޔަހޫދީންނާއި، ޔަހޫދީ ސިފައިން ހައްޔަރު ކުރި ފަލަސްތީނުގެ އާއްމުން ދޫކޮށްލުމާއި އެކު ދުވާލަކު 600 އިންސާނީ އެހީގެ ޓްރަކް ޣައްޒާ އަށް ވަނުމަށް މަގުފަހި ކުރަން ޖެހޭނެއެވެ.

ދެވަނަ ފިޔަވަހި - ހަމާސް އިން ހައްޔަރު ކުރި ޔަހޫދީ ސިފައިންނާއި، ޔަހޫދީ ފައުޖުން ރަހީނު ކުރި ހަމާސް ގެ މުޖާހިދުން ދޫކޮށްލުމާއިއެކު، ޔަހޫދީ ފައުޖު ޣައްޒާ އިން ފައިބައި، ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ފަށަން ޖެހޭނެއެވެ.

ތިންވަނަ ފިޔަވަހި - ޣައްޒާގެ އާއްމުންނަށް އެހީ ފޯރުކޮށްދިނުމާއި ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފަށަން ޖެހޭނެއެވެ.

މިކަމާއި ގުޅިގެން ހަމާސް އިން ބުނީ، މި މަގުޗާޓު ދިރާސާ ކުރަމުންދާ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ތައްޔާރު ކަމަށެވެ. އޭގެތެރޭގައި ޔަހޫދީ ފައުޖު އެއްކޮށް ޣައްޒާއިން ފައިބައިގެން ދިޔުމާއި، ގަތުލުއާއްމާއި ގުޅިގެން ގެދޮރުދޫކޮށް ދާން ޖެހުނު މީހުން އަނބުރާ އެމީހުންގެ ގެތަކަށް އައުމަށް މަގު ފަހިކޮށްދިނުމާއި، އިސްރާއީލުން ރަހީނުކުރި މުޖާހިދުންނާއި އާއްމުން ދޫކޮށްލާނެ ކަމަށް އެއްބަސްވާނަމަ، ހަމާސް އިން ހައްޔަރުކުރި ޔަހޫދީން ދޫކޮށްލުން ހިމެނެއެވެ.

ބައިޑެން އިސްރާއީލާއި އެއްކޮޅަށް ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އޭނާ އަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި މި މަގުޗާޓު ހިއްސާ ކުރި އިރު، ޖަބަލިއާ ގައި ހަރަކާތްތެރިވަމުންދިޔަ ޔަހޫދީ ފައުޖު ވަނީ މުޅި އެސަރަހައްދު ސުންނާފަތިކުރުމަށް ފަހު، ފައިބައިގެން ގޮސްފައެވެ.

ޔަހޫދީން ޖަބަލިއާއިން ފޭބި ނަމަވެސް، ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހްގައި ހިންގަމުންދާ ގަތުލުއާއްމު ހުއްޓާލާފައިނުވާއިރު، އެ ސަރަހައްދަށް ދެމުންއަންނަ ލާއިންސާނީ ހަމަލާތައް ޔަހޫދީ ފައުޖުން އިތުރަށް ވަރުގަދަ ކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.