ބޭރުގައި ހޭދަކުރާ ވަގުތު ވީހާވެސް މަދުކުރުމަށް އިންޑިއާގެ ރައްޔިތުންނަށް އެގައުމުގެ ކަމާ ބެހޭ ފަރާތަކުން އަންނަނީ އިލްތިމާސް ކުރަމުން-- ފޮޓޯ: ރިޕްރެޒެންޓޭޝަނަލް
ދުނިޔެ
01 Jun 2024 | 12:01
ހޫނު ގަދަވެ، ހީޓްސްރޯކްޖެހުމާއި ގުޅިގެން އިންޑިއާގައި 50 މީހުން މަރުވެއްޖެ

އަވައްޓެރި އިންޑިއާގެ އުތުރާއި އިރުމައްޗަށް އިންތިހާއަށް ހޫނު ގަދަވެ، ހީޓްސްޓްރޯކް ޖެހުމާއި ގުޅިގެން 50 މީހުން މަރުވެއްޖެއެވެ.

ހޫނު މޫސުމާއި ގުޅިގެން ވަމުންދާ ހޫނުގައި، އެ ސަރަހައްދުގައި ހިމެނޭ ސިޓީތަކުގެ ފިނިހޫނުމިން ވަނީ 50 ޑިގްރީއަށްވުރެ ވެސް މައްޗަށް އަރާފައެވެ. އެގޮތުން މިހާތަނަށް އެ ގައުމުގައި ފިނި ހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ މި އަހަރު ކަމަށް ރެކޯޑްކޮށްފައިވާއިރު، އިންޑިއާގެ ވެރިކަން ކުރާ ރަށްކަމަށްވާ ނިއު ދިއްލީ ގެ ފިނި ހޫނުމިން ވެސް ވަނީ 52 ޑިގްރީ އަށް ވުރެ މައްޗަށް އަރާފައެވެ.

ހީޓް ސްޓްރޯކްގައި މަރުވި ކަމަށް އެންމެ ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ނިއު ދިއްލީން އުމުރުން 40 އަހަރުގެ މަސައްކަތްތެރިއެކެވެ. އެއަށްފަހު، ހަމައެދުވަހު، އިތުރު ދެމީހަކު ވަނީ ހީޓް ސްޓްރޯކް ޖެހުމާއި ގުޅިގެން މަރުވެފައެވެ.

ހީޓްސްރޯކާއި އެނޫންވެސް ހޫނުގަދަވުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި ހުރެ އިންޑިއާގައި މިހާތަނަށް 50 މީހަކު މަރުވެފައިވާއިރު، އޭގެ ތެރެއިން 29 މީހުން ރެކޯޑް ކޮށްފައިވަނީ ހީޓްސްރޯކްގެ ސަބަބުން މަރުވި މީހުންގެ ގޮތުގައެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ހޫނު މޫސުމާއި ގުޅިގެން އެ ގައުމަށް ކުރަމުންދާ ހޫނު ދެމިގެންދާނެ ކަމަށް ލަފާކޮށް، އިންޑިއާގެ އުތުރާއި އިރުމައްޗަށް ރެޑް އެލާޓް ވެސް ނެރެފައެވެ. އަދި ހޫނުން ސަލާމަތްވެ ތިބުމަށްޓަކައި ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބޭރަށް ނުނިކުތުމަށް ވެސް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ވެސް އިންޑިއާއަށް ހޫނު ގަދަ ވުމުގެ ސަބަބުން، 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.