އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ-- ފޮޓޯ: ބީޖޭޕީ
ދުނިޔެ
02 Jun 2024 | 15:12
އިންޑިއާގެ އާއްމު އިންތިހާބު: އެގްޒިޓް ޕޯލް ދައްކާ ގޮތުން މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރާނީ މޯދީގެ ކޯލިޝަނުން

މިހާރު ކުރިއަށްދާ އިންޑިއާގެ އާއްމު އިންތިހާބު އެގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި އެ ޕާޓީއާއި އެކު ކޯލިޝަން ހެދި ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އިން ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމަށް އިންތިހާބު އެގްޒިޓް ޕޯލް ދައްކައިފިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ލޯވާ ހައުސް ގައި ޖުމްލަ 543 މެމްބަރުން ތިބޭއިރު، މެޖޯރިޓީ ހޯދުމަށް އޭގެ ތެރެއިން 272 ގޮނޑި ކާމިޔާބު ކުރަންޖެހެއެވެ. ގިނަ އެގްޒިޓް ޕޯލްތައް ދައްކާ ގޮތުގައި މި މަޖިލީހުގެ ތިން ބައި ކުޅަ ދެބައި އެންޑީއޭ އިން ކާމިޔާބު ކުރާނެއެވެ.

އެގޮތުން، މި އިންތިހާބުގައި އެންޑީއޭއިން 353 އާއި 401 އާއި ދެމެދުގެ އަދަދަކަށް ގޮނޑި ކާމިޔާބު ކުރާނެ ކަމަށް ބޮޑެތި ފަސް އެގްޒިޓް ޕޯލަކުން ދައްކާއިރު، މި އަދަދު އަދިވެސް މައްޗަށް ދާނެ ކަމަށް ލަފާ ކުރެވެއެވެ. މި ޕާޓީން މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި އިންތިހާބުގައި 353 ގޮނޑި އާއިއެކު މަޖިލީހުގެ މެޖޯރިޓީ ހޯދާފައިވާއިރު، އެ ފަހަރު ބީޖޭޕީން ވަނީ 303 ގޮނޑި ހޯދާފައެވެ.

ހަމައެއާއިއެކު، މި ފަސް ޕޯލްގެ ތެރެއިން ތިން ޕޯލަކުން ދައްކާގޮތުގައި 2019 ވަނަ އަހަރަށް ވުރެ ގިނައިން މިފަހަރު ބީޖޭޕީ އިން ގޮނޑި ކާމިޔާބު ކުރާނެއެވެ.

މި އިންތިހާބު މޯދީގެ ކޯލިޝަނުން ކާމިޔާބު ކޮށްފިނަމަ، މޯދީ އަށް އިންޑިއާގެ ބޮޑުވަޒީރު ކަމުގެ ތިން ވަނަ ދައުރެއް ކަށަވަރު ވާނެއެވެ. އެއާއިއެކު އޭނާ ވެގެންދާނީ ޖަވާހަރުލާލް ނެހްރޫ އަށް ފަހު އިންޑިއާގެ ބޮޑު ވަޒީރުކަން ޖެހިޖެހިގެން ތިން ފަހަރަށް ކުރި ފަރާތަށެވެ.

މޯދީ އެންމެ ފުރަތަމަ އިންޑިއާގެ ބޮޑުވަޒީރު ކަމަށް އިންތިހާބުވީ 2014 ވަނަ އަހަރުއެވެ. އެއަށްފަހު 2019 އަހަރުވެސް އޭނާ ވަނީ ބޮޑު އަޣުލަބިއްޔަތަކުން އިންޑިއާގެ ބޮޑުވަޒީރުކަމަށް އިންތިހާބުވެފައެވެ.

މި އިންތިހާބުގައި އިދިކޮޅުން ވާދަކުރަނީ ރާހުލް ގާންދީ ގެ ޕާޓީ އިންޑިއަން ނޭޝަނަލް ކޮންގްރެސް (އައިއެންސީ) އިން އިސްވެ އުފެއްދި "އިންޑިއާ" ކޯލިޝަނެވެ. އެގްޒިޓް ޕޯލް ގެ ނަތީޖާތައް ދައްކާގޮތުން އިންޑިއާގެ 37 ޕާޓީ ހިމެނޭ މި ކޯލިޝަނަށް އާއްމުންގެ އެހާ ބޮޑު ތަރުހީބެއް ލިބިފައިއެެއް ނުވެއެވެ.

7 ފޭސް އަކަށް ބަހާލައިގެން 19 އޭޕްރިލް އިން ޖޫން 1 އަށް ކުރިއަށްގެންދިޔަ މި އިންތިހާބުގެ ވޯޓްތައް ގުނައި، ނަތީޖާ އާއްމު ކުރާނީ ޖޫން 4 ގައިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
ރަސްމީ ފުރަތަމަ ދަތުރުފުޅުގައި އެންޑީ ބާނަމް ޔޫކްރޭނަށް ވަޑައިގަންނަވަނީ
ބޮޑުވަޒީރު ބާނަމް ވިދާޅުވީ، ރަޝިޔާގެ ފިއްތުންތަކާއި ބިރު ދެއްކުމުގެ ސަބަބުން އިނގިރޭސިވިލާތުގެ ނިންމުންތަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައެއް ގާއިމުވަންދެން އިނގިރޭސިވިލާތުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.
24 Aug 2026
ޓޫރިސްޓުންގެ ޢަދަދު މަދުވިޔަސް ފަތުރުވެރިކަމުގެ އާމްދަނީ އިތުރު: އެމްއެމްއޭ
މެދުއިރުމަތީ ހަނގުރާމައިގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ދަށަށް ދިޔަ ނަމަވެސް އެ ސިނާޢަތުން ޤައުމުގެ އިޤުތިޞާދަށް ވަން ބޭރު ފައިސާ އެއް އިންސައްތަ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފިއެވެ.
24 Aug 2026
ނިއުކާސަލް ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް އެއްވަރުވިއިރު ސިޓީއަށް މޮޅެއް
ނިއުކާސަލް އާއި ލިވަޕޫލް މެޗް އެއްވަރުވިއިރު، ބޯންމައުތު އަތުން ސިޓީ މޮޅުވެފައި ވަނީ ހަނިގޮތަކަށެވެ
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.