އެސްޓީއޯ--
ވިޔަފާރި
02 Jun 2024 | 15:26
މިދިޔަ އަހަރު އެންމެ ދެފުށް ހަމާވާ ގޮތަށް ހިންގާފައިވަނީ އެސްޓީއޯ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން މިދިޔަ އަހަރު އެންމެ ދެފުށް ހަމާވާ ގޮތަށް ހިންގާފައިވަނީ އެސްޓީއޯ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވިސް އިން ބުނެފިއެވެ.

ޓްރާސްޕޭރެންސީ މޯލްޑިވްސް އިން ސަރުކާރު ހިއްސާވާ 32 ކުންފުންޏާ ބެހޭގޮތުން ހާމަކުރި 2023 ވަނަ އަހަރުގެ ކޯޕަރޭޓް ގަވަނެންސް ޓްރާންސްޕޭރެންސީ އިންޑެކްސް ގައި އެ އިދާރާއިން ވަނީ  އޯނަޝިޕް ޕޮލިސީ އާއި ކުންފުނީގެ މަގުސަދުތަކާއި އޯގަނައިޒޭޝަން، އޮޕަރޭޝަންތައް އަދި ޕާފޮމެންސާއި ކުންފުންޏާއި ދައުލަތާއި ދެމެދު ކޮށްފައި ހުރި މުއާމަލާތްތަކުގައި އެ ކުންފުނިތަކު ގެ ދެފުށް ފެންނަ މިންވަރު ބަލާފައެވެ.

އެ ރިޕޯޓުން ދައްކާގޮތުގައި އެކުންފުނިތަކުގެ ތެރެއިން ފާއިތުވެ ދިޔަ އަހަރު އެންމެ ދެފުށް ފެންނަގޮތަށް ހިންގާފައިވަނީ އެސްޓީއޯއެވެ. މިގޮތުން އެސްޓީއޯއަށް 67 އިންސައްތް ލިބިފައިވާއިރު، 66 އިންސައްތަ އާއި އެކު ދެވަނަ ލިބިފައިވަނީ ދިރާގަށެވެ.

މި ދެ ކުންފުނީގެ އިތުރުން، ދެފުށް ރަނގަޅަށް ހާމަކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި ދެން ހިމެނެނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެމްޓީސީސީ ގެ އިތުރުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

ޕްރައިވެޓް ސެކްޓާއާ ކުންފުންޏާ ދެމެދު ކުރާ މުއާމަލާތްތަކާއި ސީއެސްއާރު، އިންޓާނަލް ކޮންޓްރޯލް އަދި ކޯޕަރޭޓް އިންޓެގްރިޓީ އާއި ޑިރެކްޓަރުގެ ބޯޑުގެ ދެފުށް ފެންނަ މިންވަރު ވެސް މި ރިޕޯޓްގައި ހިމަނާފައިވާއިރު، މި ރިޕޯޓްގެ އެސެސްމަންޓް އާއި ހަމައަށް 2022 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅާފައިވަނީ 32 ކުންފުނީގެ ތެރެއިން 11 ކުންފުނިކަން އެއިދާރާއިން ވަނީ ފާހަގަކޮށްފައެވެ.

މި ރިޕޯޓަށް މައުލޫމާތު އެއްކޮށްފައިވަނީ، މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ 3 ވަނަ ދުވަހާއި ހަމައަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.