ހަނގުރާމަ އެއްކޮށް ހުއްޓާލުމަށާއި، ބައިޑެން ގެ މަގު ޗާޓު ގަބޫލު ކުރުމަށް ޔަހޫދީން ގޮވާލަނީ-- ފޮޓޯ: އެންބީސީ
ދުނިޔެ
02 Jun 2024 | 17:46
ޣައްޒާގެ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ ގޮތުން ބައިޑެން ހާމަކުރި މަގުޗާޓު އިސްރާއީލުން ގަބޫލުކޮށްފި

ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލުން ކުރިއަށްގެންދާ ގަތުލުއާއްމު ހުއްޓާލުމާއި ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޖޯ ބައިޑެން ހާމަކުރި މަގު ޗާޓު އިސްރާއީލުން ބަލައިގެންފައިވާކަމަށް އެގައުމުގެ ހައްދު ފަހަނަ އަޅާފައިވާ ބޮޑު ވަޒީރު، ބެންޖަމިން ނަތަންޔާހޫ އާއި ގާތް މީހަކު ބުނެފިއެވެ.

ހަނގުރާމަ ހުއްތާލުމާއި ގުޅޭ ގޮތުން ބައިޑަން ހުށަހެޅި މަގުޗާޓު އިސްރާއީލުން ގަބޫލުކޮށް، ހަމާސް އިން ހައްޔަރުކުރި ޔަހޫދީން ދޫކޮށްލުމަށް އެދޭ ނަމަވެސް، އެޔަށް ބައެއް ބަދަލު ގެންނާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.

ބައިޑެން އިސްރާއީލާއި އެއްކޮޅަށް ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން އޭނާ އަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި އޭނާ ހިއްސާކުރި މި މަގުޗާޓް ވަނީ 3 ފިޔަވައްސަކަށް ބަހާލާފައެވެ.

މަގު ޗާޓުގެ 3 ފިޔަވައްސަކީ: 

ފުރަތަމަ ފިޔަވަހި - 6 ހަފްތާއަށް ހަނގުރާމަ މެދުކަނޑާލުމާއި އެކު، މީހުން ދިރިއުޅެމުންދާ ހުރިހާ ސަރަހައްދަކުން ޔަހޫދީ ފައުޖުން ފައިބައިގެންދާން ޖެހޭނެއެވެ. އަދި ހަމާސް އިން ހައްޔަރު ކުރި ޔަހޫދީންނާއި، ޔަހޫދީ ސިފައިން ހައްޔަރު ކުރި ފަލަސްތީނުގެ އާއްމުން ދޫކޮށްލުމާއި އެކު ދުވާލަކު 600 އިންސާނީ އެހީގެ ޓްރަކް ޣައްޒާ އަށް ވަނުމަށް މަގުފަހި ކުރަން ޖެހޭނެއެވެ.

ދެވަނަ ފިޔަވަހި - ހަމާސް އިން ހައްޔަރު ކުރި ޔަހޫދީ ސިފައިންނާއި، ޔަހޫދީ ފައުޖުން ރަހީނު ކުރި ހަމާސް ގެ މުޖާހިދުން ދޫކޮށްލުމާއިއެކު، ޔަހޫދީ ފައުޖު ޣައްޒާ އިން ފައިބައި، ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ފަށަން ޖެހޭނެއެވެ.

ތިންވަނަ ފިޔަވަހި - ޣައްޒާގެ އާއްމުންނަށް އެހީ ފޯރުކޮށްދިނުމާއި ޣައްޒާ އަލުން އާރާސްތުކުރުމުގެ މަސައްކަތް ފަށަން ޖެހޭނެއެވެ.

މިކަމާއި ގުޅިގެން ހަމާސް އިން ބުނީ، މި މަގުޗާޓު ދިރާސާ ކުރަމުންދާ ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި، ދާއިމީކޮށް ހަނގުރާމަ ހުއްޓާލުމާއި ގުޅޭ މަޝްވަރާތައް ކުރުމަށް ތައްޔާރު ކަމަށެވެ. އޭގެތެރޭގައި ޔަހޫދީ ފައުޖު އެއްކޮށް ޣައްޒާއިން ފައިބައިގެން ދިޔުމާއި، ގަތުލުއާއްމާއި ގުޅިގެން ގެދޮރުދޫކޮށް ދާން ޖެހުނު މީހުން އަނބުރާ އެމީހުންގެ ގެތަކަށް އައުމަށް މަގު ފަހިކޮށްދިނުމާއި، އިސްރާއީލުން ރަހީނުކުރި މުޖާހިދުންނާއި އާއްމުން ދޫކޮށްލާނެ ކަމަށް އެއްބަސްވާނަމަ، ހަމާސް އިން ހައްޔަރުކުރި ޔަހޫދީން ދޫކޮށްލުން ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.
24 Jul 2026
"ޕަބްޖީ މޮބައިލް ނޭޝަނަލް ޗެމްޕިއަންޝިޕް" ގެ ޓައިޓްލް ސްޕޮންސަރަކަށް އުރީދޫ ނޭޝަން
މި މުބާރާތަކީ، ކުރިއަށް އޮތްސަރަހައްދީ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލުކުރާނެ އެންމެ ހުނަރުވެރި ޓީމެއްހޮވުމަށް ބާއްވާ މުބާރާތެކެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ބައިނަލްއަގުވާމީ އީ-ސްޕޯޓްސް މުބާރާތް ކަމަށްވާ "ޕަބްޖީ މޯބައިލް ގްލޯބަލް ޗެމްޕިއަންޝިޕް" (ޕީ.އެމް.ޖީ.ސީ) އަށް ކޮލިފައިވުމަށް ރާއްޖޭގެ ޓީމްތަކުން ކުރާ ދަތުރުގެ ފެށުމެވެ.
24 Jul 2026
ދަރުމަވަންތައާއި އައިޖީއެމްއެޗަށް މިއަހަރު ދިވެހި 16 ޑޮކްޓަރުން
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) ގެ ދަށުން ހިންގާ ދަރުމަވަންތަ ހޮސްޕިޓަލާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ޚިދުމަތް ދެއްވުމަށް މި އަހަރުގެ މިހާތަނަށް ތަމްރީނު ފުރިހަމަކުރެއްވި ދިވެހި 16 ޑޮކްޓަރުން ގުޅިވަޑައިގެންފައިވާ ކަމަށް އެ ހޮސްޕިޓަލްތަކުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވެއްޖެއެވެ.