ތުރުކީ ގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން-- ފޮޓޯ: އަނަޑޯ އެޖެންސީ
ދުނިޔެ
03 Jun 2024 | 18:37
އިސްރާއީލަކީ މުޅި އިންސާނިއްޔަތަށް ހުރި ނުރައްކަލެއް: އުރުދުޣާން

ޔަހޫދީންގެ ޣައިރު ގާނޫނީ ދައުލަތް، އިސްރާއީލަކީ މުޅި އިންސާނިއްޔަތަށް ހުރި ނުރައްކަލެއްކަމަށް ތުރުކީ ގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ވިދާޅުވެއްޖެއެވެ.

ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވަނީ އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކަށް ބޯނުލަބާހާ ހިނދަކު އެއްވެސް ގައުމަށް ރައްކާތެރިކަމެއް ނެތް ކަމަށް ވިދާޅުވެ، ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމަށް ފިޔަވަޅު އެޅުމަށް އިސްލާމީ ގައުމުތަކުގެ ވެރިންނަށް ގޮވާލައްވާފައެވެ.

"އިސްރާއީލަކީ ހަމައެކަނި ފަލަސްތީނަށް ނުވަތަ ޣައްޒާއަށް ހުރި ނުރައްކަލެއް ނޫން. އިސްރާއީލަކީ ދުނިޔޭގެ ހަމަޖެހުމަށާއި، އިންސާނިއްޔަތަށް ވެސް ހުރި ނުރައްކަލެއް."

އުރުދުޣާން ވިދާޅުވިއެވެ.

ހަމައެއާއިއެކު، އުރުދުޣާން ވަނީ އދ ފަދަ ބައިނަލްއަގުވާމީ ސިސްޓެމް ތަކުން ޣައްޒާގެ ގަތުލުއާއްމު ހުއްޓުވުމަށް ނުކުޅެދިފައިވާތީ އެކަމަށްވެސް ފާޑު ވިދާޅުވެފައެވެ. މިގޮތުން އެބޭފުޅާ ވަނީ އދ އިން އެމީހުންގެ އަމިއްލަ މުއައްޒަފުން ޔަހޫދީން ގެ އަތްދަށުން ރައްކާތެރި ނުކުރެވުނުއިރު، ހުއްޓުވޭނީ ކޮން ހަނގުރާމައެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި ޣައްޒާއާއި ގުޅޭ ގޮތުން ނެތިގެން ދިޔައީ އިންސާނިއްޔަތު ނޫން ކަމަށާއި، ޣައްޒާގެ ފަޑުވަމުންދާ ރޫހާއި އެކު އދ ވެސް ނެތެމުންދާކަމަށް އުރުދުޣާން ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާއްމުގައި ހުޅަނގުގެ ގައުމުތަކުގެ ބައިވެރިވުންވާ ކަމަށް ތުހުމަތުކުރައްވަމުން އުރުދުޣާން ވިދާޅުވީ، ކުށެއްނެތް އާންމުން އެމީހުންގެ ޓެންޓް ތަކާއި އެކު އަންދާލުމަކީ އެއްވެސް ގޮތަކަށް އެއްވެސް ބަޔަކަށް ގަބޫލު ކުރެވިގެންވާނެ ކަމެއް ނޫންކަމަށެވެ. 

"އެމެރިކާގެ ދައުލަތް، ތިބާގެ އަތުގައި ވެސް ވަނީ ހުސް ލޭ. ޔޫރަޕްގެ ގައުމުތަކާއި ސަރުކާރުތަކުގެ ވެރިން މި މައްސަލައިގައި ހަނު ހުންނަން ނިންމުމާއިއެކު، އިސްރާއީލުގެ މި އަނިޔާވެރިކަމުގައި ބައިވެރިވެވިއްޖެ."

އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން ގެ ވާހަކަފުޅު ނިންމާލަމުން އެބޭފުޅާ ވަނީ ޣައްޒާގެ ގަތުލުއާއްމު ހުއްޓުވުމުގައި އިސްލާމީ ދުނިޔޭގެ ދައުރަށް އަލި އަޅުއްވާލައްވައި، މިކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށާއި، މާތް ﷲ އަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް
09 Sep 2026
މުރައިދޫ އާއި ކެލާ ބައްދަލުކުރިމެޗް މުރައިދޫއަށް
މުބާރާތުގައި ދެން މުރައިދޫ ނިކުންނާނީ އަންނަ ހޮނިހިރުދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ކެލާ ނިކުންނާނީ ވަށަފަރާ ދެކޮޅަށެވެ
09 Sep 2026
ބިމެއް ވިއްކިކަމަށް ދައުރުކުރަނީ އިންސާފް ނުލިބި 23 އަހަރުވެފައިވާ މީހެއްގެ ލިޔުމެއް
މިކަމުގެ ހަގީގަތް ހާމަކޮށް މިއަދުގެ ވަގުތެއްގައި ހައުސިން މިނިސްޓްރީން ބަޔާނެއް ނެރޭނެކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައި
09 Sep 2026
ސެލޫން އަދި ސްޕާތަކެއް ބަލައި ފާސްކޮށް ބިދޭސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް
މި އިންސްޕެކްޝަންގެ ތެރޭގައި ޖުމްލަ 8 ތަނެއް ބަލައި ފާސްކޮށްފައިވާއިރު، އެ ތަންތަނުގައި މަސައްކަތްކުރަން ތިބި 26 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.
09 Sep 2026
އިޙުތިރާމު އަދާކުރުމުގެ ފަސް އަހަރުގެ ޤައުމީ މަޝްރޫޢުގެ ތަފްޞީލް ހާމަކޮށްފި
މި މަޝްރޫޢަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބައިގައި ހަރުލައިފައިވާ ރީތި އާދަތައް އަލުން ދިރުވައި އާލާކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމެކެވެ.
08 Sep 2026
ކުޅުނު ދެވަނަ މެޗްވެސް ވަށަފަރު ކާމިޔާބުކޮށްފި
މި މުބާރާތުގައި ދެން ވަށަފަރު ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ހަނިމާދޫ އާ ދެކޮޅަށެވެ. ފިނޭ ނިކުންނާނީ ކެލަޔާ ދެކޮޅަށެވެ.