24 Mar 2019 | 12:01
ދިއްދޫއަށް ކުރިމަތިލި އެމްޑީޕީގެ ކެނޑިޑޭޓުގެ ކޮރަޕްޝަން މައްސަލައެއް ފެންމަތިވެއްޖެ

މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ދިއްދޫ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓްކަމުގައިވާ އަބްދުﷲ ވަހީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއްގައި ދައުވާ ކުރުމަށް ފޮނުވާފައި ވަނިކޮށް، މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލައިގެ ތަފްސީލް ހާމަކޮށް ދިއްދޫގެ ރައްޔިތަކު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގެ ކޮޕީއެއް ވޮއިސްއަށް ވަނީ ލިިބިފައެވެ.

ދިއްދޫގެ މީހަކު ފޮނުވި މި ސިޓީގައި ބުނެފައިވަނީ ، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ބެއްލެވި މައްސަލައެއްގައި، އަޕަރ ނޯތު ޔުޓިލިޓީސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޢަބުދުﷲ ވަޙީދު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، އެ ކުންފުނީގެ ބޯޑު މެމްބަރުންނަށް މިނިސްޓްރީ އޮފް ފިނޭންސްއިން ކަނޑައަޅާފައިވާ ޢިނާޔަތާއި މުސާރައަށްވުރެ އިތުރަށް ފައިސާދީފައިވާކަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރެއްވި ތަޙްޤީޤުން ފާހަގަ ކުރެވުނު ކަމަށާއި، މެނޭޖިންގ ޑިރެކްޓަރ ޢަބުދުﷲ ވަޙީދަށް އިދާރީ އެލަވަންސެއްގެ ގޮތުގައި 10،500 ރުފިޔާ އަދި ކުންފުނީގެ ޗެއަރމަން އަޙްމަދު ޝަފީޤަށް އިދާރީ އެލަވަންސެއްގެ ގޮތުގައި 6،000 ރުފިޔާ ހަމަޖައްސާފައިވާކަމަށްވެސް ސަން އޮންލައިންގައި ޝާއިއުކުރި ޚަބަރެއްގައި ވާކަމަށެވެ.

އޭސީސީން ބުނީ އެ ކޮމިޝަނުން މި މައްސަލަ ތަހުގީގު ކުރިއިރު ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި މުސާރައާއި އިނާޔަތްތައް ފިނޭންސް މިނިސްޓްރީން އެންގި އުސޫލާ އެއްގޮތަށް ނެގުމަށް އެތައް ފަހަރެއްގެ މަތިން އެކުންފުންޏަށް އަންގާފައިވާ ކަމަށެވެ.
އެހެންނަމަވެސް އެ މުއްދަތުގެ ތެރޭގައި މެނޭޖިން ޑިރެކްޓަރުގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ފިނޭންސް މިނިސްޓްރީން ކަނޑައެޅި މުސާރައާއި އިނާޔަތަށް ވުރެއް އިތުރަށް 198،083.33 ރުފިޔާ ނަގާފައިވާ ކަމަށް އޭސީސީން ބުންޏެވެ. އަދި ހަމަ އެމުއްދަތުގައި ކުންފުނީގެ ޗެއާމަނަށް ފިނޭންސުން ކަނޑައެޅި މުސާރައާ އިނާޔަތްތަކުގެ އިތުރަށް 136،283.33 ރުފިޔާ ދީފައިވާ ކަމަށް ވެސް އެކޮމިޝަނުން ބުނެފައިވެ އެވެ.

" ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ކުރައްވަމުންގެންދަވާ ކެމްޕެއިންގައި އެންމެ މުޙިއްމު ޝިޢާރަކީ، "ނަޒާޙަތްތެރި މަޖިލީހެއް" އެކުލަވައިލުންކަމުގައި ވިދާޅުވާތީ، ދިވެހި ރައްޔިތެއްގެ ހައިޘިއްޔަތުން އަޅުގަނޑަށް ނުހަނު އުފާވެރިކަން ލިބެއެވެ." އެ ސިޓީގައި ބުނެފައިވެއެވެ.

މި ސިޓީގައި ވަނީ އަބްދު ﷲ ވަޙީދު މަޤާމުގެ ނުފޫޒު ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭތީ، އޭނާގެ މައްޗަށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށް، ޚަބަރުފަތުރާ ވަޞީލަތްތަކުން ހާމަކޮށްފައިވާތީ، އެކަންތައްތަކަށް ބަލައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވަކާލާތު ކުރައްވާ "ނަޒާޙަތްތެރި މަޖިލީހެއް" އުފެއްދުމަށް މަގުފަހިވާގޮތަށް، ޢަމަލުކޮށްދިނުމަށެވެ.

އެ ސިޓީ ފޮނުވި ފަރާތުން ވޮއިސްއާއި ވާހަކަދައްކަމުން ބުނީ ރައީސް ސޯލިހުގެ ޒީރޯ ޓޮލަރެންސް ގެ ދަށުން ވަހީދު ފަދަ ބޭފުޅުން ދުރުކުރަން ޖެހޭނެކަމަށާއި، ރައީސް ސޯލިހު ވިދާޅުވި ފަދައިން ނަޒާހަތްތެރި މަޖިލީހެއް ހެދުމަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުން ދުރުކުރަން ޖެހޭނެކަމަށެވެ.

މި ސިޓީގެ ކޮޕީއެއް ވަނީ އެމްޑީޕީގެ ސެކްރެޓޭރިއަޓްއަށްވެސް ފޮނުވާފައެވެ.

ވަހީދުގެ މައްސަލައާ ގުޅިގެން އޭސީސީން ވަނީ އެކުންފުނީގެ އޭރުގެ ބޯޑު މެމްބަރުންގެ ގޮތުގައި ތިއްބެވި އަލީ ރަޝީދުއާއި އަލީ މުހައްމަދުގެ އިތުުރުން ޝާހިދު ސަލީމްގެ މައްޗަށް ވެސް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.