22 Mar 2019 | 13:18
ނިއުޒިލޭންޑްގެ ބޮޑުވަޒީރަށް މަރުގެ އިންޒާރު

ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން އަށް ސޯޝަލްމީޑިޔާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މަރުގެ އިންޒާރު ދެމުން ގެންދާ މައްސަލަ އެ ގައުމުގެ ފުލުުހން ބަލަން ފަށައިފިއެވެ.

ޓްވިޓާ އަދި ފޭސްބުކްގައި އާޑެން އަށް މަރުގެ އިންޒާރުތައް ދޭން ފަށާފައި ވަނީ ނިއުޒިލެންޑްގެ ކްރިސްޗާޗްގެ މިސްކިތްތަކަށް ދިން ހަމަލާއަށް ފަހު މުސްލިމުންނާއި އެކު އާޑެން ގާތްގުޅުމެއް ބާއްވަމުން ގެންދާތީ ކަމަށް ބެލެވެއެވެ.

ޓްވިޓާގައި އާޑެން އަށް އިންޒާރުދިން މީހަކު ވަނީ ބަޑިއެއްގެ ފޮޓޯއަކާއި އެކު އާޑެން ޓެގް ކުރުމަށް ފަހު "ދެން އޮތީ ކަލޭ" ކަމަށް ބުނެފައެެވެ. އާޑެން އަށް އިންޒާރުތައް ދިން ގިނަ އެކައުންޓްތައް މިހާރު ވަނީ ބްލޮކް ކޮށްފައެެވެ.

އާޑެން އަށް މަރުގެ އިންޒާރުތައް ދެމުން ގެންދިޔަ ނަމަވެސް، ބޮޑު ވަޒީރުގެ އޮފީހާއ ިއެގައުމުގެ ސަރުކާރުން ވެސް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.

އާޑެން އަށް މަރުގެ އިންޒާރުތައް ލިބެމުން ދިޔަ ނަމަވެސް އެކަމަނާ ގެންދަވަނީ ކްރިސްޗާޗުގެ މިސްކިތްތަކަށް ދިން ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކުރައްވައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން މިއަދު އާޑެން ވަނީ ކްރިސްޗާޗްގައި ބޮޑުޖަމާޢަތުގައި ހުކުރު ކުރި ސަރަހައްދަށް ވަޑައިގެން އެތަނަށް ޖަމާވި މީހުންނާއި މުހާތަބު ކުރައްވާ ވާހާކަފުޅު ދައްކަވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ޤުރުއާން ކިޔެވުމުގެ 38 ވަނަ ގައުމީ މުބާރާތުގެ ރަންވަނަތައް އިޒުޢާން، އާޔަން އަދި ޒީކަށް
ޙާފިޡުގެ ގޮފިން، މުޅި މުބާރާތުން އެއް ވަނަ ޚާޞިލްކޮށްފައިވަނީ އިސްމާޢީލް އިޒުޢާން އިބްރާހީމްއެވެ. މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ގޮފިން އެެއް ވަނަ ޚާޞިލްކޮށްފައިވަނީ ޢާއިޝަތު ޒީކް ރިޔާޟްއެވެ.
25 Sep 2026
މަސްޖިދުލްޙަރާމްގެ އިމާމު ޑރ ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވަނީ
މިއީ 43 އަހަރު ފަހުން މަސްޖިދުލް ޙަރަމްގެ އިމާމަކު ރާއްޖެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
24 Sep 2026
ފަހު ހާފްގައި ޖެހި ލަނޑުތަކާއެކު ޗައިނާއިން ދިވެހިރާއްޖެ ބަލިކޮށްފި
އީތަން އަދި އިލާން ނުލައި ރާއްޖެ ނުކުތް މި މެޗުގެ ފުރަތަމަ ހާފްގައި، ޗައިނާ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ރާއްޖޭގެ ކީޕަރު ވަނީ ވަރަށް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
24 Sep 2026
ގަން އެއާޕޯޓުން 3,345 ގްރާމުގެ ކެނަބިސް އަތުލައިގެންފި
މި ތަކެތި ފެނިފައިވަނީ ސެޕްޓެމްބަރު 22 ވަނަ ދުވަހު ގަން އިންޓަރނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެ އެތެރެވި އިންޑިއާގެ ދެ ރައްޔިތެއްގެ ފޮށިތައް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
24 Sep 2026
ބާރަށުގައި ރޭގަނޑު 9 ގެ ފަހުން ދަރިވަރުން ބޭރުގައި އުޅުން މަނާކޮށްފި
ޒަރޫރީ ބޭނުމެއް ނެތި ރޭގަނޑު ނުވައެއް ޖެހުމަށް ފަހު، ބެލެނިވެރިއަކާއެކު މެނުވީ ދަރިވަރުން ބޭރުގައި
24 Sep 2026
އެމްޓީސީސީގެ މަސައްކަތްތަކަށް ޔޫއޭއީ ކުންފުންޏަކުން އިންވެސްޓުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ޔޫއޭއީގެ އެންއެމްޑީސީއާ އެމްޓީސީސީ ގުޅިގެން ރާއްޖޭގައި މަޝްރޫޢުތައް ހިންގުމާއި ޑްރެޖިންގ ސަޕޯޓާއި މުވައްޒަފުން ތަމްރީނުކުރުމާ ގުޅޭ ގޮތުން އަބޫދާބީގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
24 Sep 2026
ހިލޭ ޑިގްރީ ސްކީމުގައި ބައިވެރިވި ދެބައިކުޅަ އެއްބައި ދަރިވަރުން ކޯސް ނުނިންމާ
އެ ރިޕޯޓުގައި ދިރާސާކޮށްފައި ވަނީ ހިލޭ ޑިގްރީ ސްކީމް ހިންގުމުގައި ކަންކަން އޮތް ގޮތެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އާއި ކިޔަވައިދޭ އެކި މަރުކަޒުތަކުން ހޯދި ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ޖުމްލަ 11641 ދަރިވަރުން ސްކީމުގައި ބައިވެރިވެފައިވެއެވެ. ނަމަވެސް ކޯސް ނިންމައިގެން ނުކުމެފައި ވަނީ 5833 ދަރިވަރުންނެވެ.
24 Sep 2026
ޗައިނާއާ އޮތީ ވަރަށް ގާތްގުޅުމެއް، އެ ގުޅުމުގެ ފައިދާ ވަރަށް ބޮޑު: ރައީސް
ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިހްތިރާމްގެ މައްޗަށް ކަމަށާ ރާއްޖެއާ ޗައިނާގެ ގުޅުމަކީ ފައިދާހުރި ގުޅުމެއް ކަމަަށެވެ. އެ ގުޅުމުގެ ފައިދާ މުސްތަގުބަލުގައި ވެސް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ.