ވަޒީރު މޫސާ ޒަމީރު: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
12 Jun 2024 | 12:27
ފަލަސްތީނަށް އެހީވާ އދގެ ފަންޑަށް ރާއްޖެއިންދޭ 5000 ޑޮލަރުގެ އެހީ، މިއަހަރު 50،000 ޑޮލަރަށް އިތުރު ކުރަނީ

ފަލަސްޠީނަށް އެހީވުމަށް އދގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ, މިއަހަރު 50 ހާސް ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. 

ރާއްޖެއިން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ، ‘ފަލަސްތީނާއެކު ދިވެހީން’ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރުވަނީ ފަލަސްތީނަށް އެހީވުމަށް އދ އިން އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް "އަންރުވާ" އަކީ ޔޫއެންއިން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް އައި ގޮތްޕެއް ކަން ފާހަގަކުރައްވާފައެވެ.

މި ފަންޑަށް ރަމްޒީ އެހީއެއްގެ ގޮތުން ރާއްޖެއިން އަންނަނީ އަހަރަކު 5000 ޑޮލަރު. އެކަމަކު މިދިޔަ އަހަރު 7 އޮކްޓޯބަރުން ފެށިގެން އިސްރާއިލުން ދެމުންދާ ޙަމަލާތަކާ ގުޅިގެން، ފަކަސްތީނަށް ވެފައިވާ ގެއްލުން ތަކުގެ ސަބަބުން، މިއަހަރު އަޅުގަނޑުމެން ރައީސުލްޖުމްހޫރިއްޔާ ވަނީ މިއަހަރު މި ފަންޑަށް ދައުލަތުގެ ފަރާތުން 50000 ޑޮލަރު ދޭން ނިންމާފައި. އެއީ މިހާރު ދޭ މިންވަރަށްވުރެ 10 ގުނަ އިތުރު އަދަދު."

ޚާރިޖީ ވަޒީރު މޫސާ ޒަމީރު

ވަޒީރު ވިދާޅުވީ މި ފައިސާ ހަވާލުކުރާނީ ފިނޭންސް މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އެމްއެމްއޭ މެދެވެރިކޮށް، ޚާރިޖީ ވުޒާރާގެ ބެއްލެވުމުގެ ދަށުންކަމަށެވެ. އަދި މަސައްކަތް ކުރިއަށްގެންދިއުމަށް "ކްރޯ މޯލްޑިވްސް އެލްއެލްބީ" ކިޔާ މިނިވަން އޮޑިޓަރެއް ހަމަޖައްސާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކައިގައި ވަނީ ފަލަސްޠީނާމެދު ރާއްޖެއިން ގެންގުޅޭ ސިޔާސަތަށް ވެސް އަލި އަޅުވާ ލައްވާފައެވެ.

1967 ވަނަ އަހަރުން ފެށިގެން އިސްރާއިލުން ހިފާފައިވާ ފަލަސްތީނުގެ ހުރިހާ ބިންތަކުން، ޝަރުތެއް ނެތި އިސްރާއިލުން ފޭބުމާ، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިޚްތިޔާރު އޮތުމުގެ ފުރުޞަތު ފަހިކުރުމާ އަދި އދގެ ސަލަމާތީ މަޖިލީހުގެ ޤަރާރު 242 އަދި 338ގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމަށް ކަނޑައެޅުމާއި އަމިއްލަ މިނިވަން އިސްތިޤްލާލެއް އޮތް ދަޢުލަތެއް ޤާއިމުކޮށް، އިޒްރާއިލުން ފަލަސްތީނުގެ ރައްޔިތުންގެ ޙައްގުތަކަށް އަރައިގަނެ، ހުއްޓުމެއްނެތި ހިންގަމުންދާތީ އެޢަމަލުތައް ރާއްޖެއިން ކުއްވެރިކުރުން އެއީ އަޅުގަނޑުމެންގެ ސިޔާސަތަކީ.

މިއާއެކު ވަޒީރު ވަނީ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށްވެސް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ވަޒީރު ވިދާޅުވީ ފަލަސްތީނުގެ ދަޢުލަތަކީ އދގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުމަށް އަރަބި ގްރޫޕްގެ ފަރާތުން އެކުވެރި އަރަބި އިމާރާތް ޔޫއޭއީން ހުށައެޅި ގަރާރު ރާއްޖެއިން ކޯ ސްޕޮންސަރކޮށްފައިވާކަމަށެވެ. މި ގަރާރު 10މޭގައި އދ ގެ އާއްމު މަޖިލީހުން ފާސްކޮށްފައިވާއިރު، އެކަމުގެ ޑްރާފްޓް ޤަރާރު އެންމެ ފުރަތަމަ ކޯ-ސްޕިންސަރކުރި ގައުމުތަކުގެ ތެރޭގައިވެސް ރާއްޖެ ހިމެނޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިމަހުގެ 10ވަނަ ދުވަހު އދގެ ސަލާމަތީ މަޖިލީހުން ފާސްކުރި ޤަރާރު، ފަލަސްތީނުގައި ހިންގަންމުންދާ ހަނގުރާމަ ހުއްޓާލަން ފާސްކުރި ޤަރާރަށް ރާއްޖެއިން ތަޢީދުކޮށް މަރުޚަބާ ކިޔާކަންވެސް ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.