އެމެރިކާގެ ރައީސް ބައިޑެން އާއި އިސްރާއީލުގެ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ-- ފޮޓޯ: އަނަދޮލު އަޖަންސީ
ދުނިޔެ
22 Jun 2024 | 16:06
ނަތަންޔާހޫގެ ވީޑިއޯ އަކާއި ގުޅިގެން އެމެރިކާ އާއި އިސްރާއީލުގެ ގުޅުން ހީނަރުވަނީ

ޣައްޒާގެ މުސްލިމުންނަށް އަމާޒުކޮށް ޔަހޫދީން ހިންގާ ގަތުލުއާއްމަށް ބޭނުންވާ ހަތިޔާރު އެމެރިކާއިން ހިފަހައްޓާކަމަށް އިސްރާއީލުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނާ ވީޑިއޯ އަކާއި ގުޅިގެން އެމެރިކާއިން ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށް، އެކަން ކުށްވެރި ކޮށްފިއެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާއި ދެކޮޅަށް ހިނގާ އުދުވާނުގައި އެމެރިކާ އަކީ އަބަދުވެސް އިސްރާއީލާއި އެއްކޮޅަށް އެންމެ ވަރުގަދަ އަށް ވަކާލާތުކުރާ ގައުމަށް ވާއިރު، ނަތަންޔާހޫ އެކްސްގައި ޕޯސްޓް ކުރި މި ވިޑިއޯ އާއި ގުޅިގެން އެމެރިކާއިން ވަނީ އެގައުމުން އިސްރާއީލުގެ މަތީ ވަފުދަކާއި އެކުގައި އޮތް ވަރަށް މުހިންމު ބައްދަލުވުމެއް ވެސް ކެންސަލް ކޮށްލާފައެވެ.

ނަތަންޔާހޫގެ މި އަމަލާއި ގުޅިގެން އެމެރިކާއިން ދެގައުމުގެ ބައްދަލުވުން ކެންސަލް ކޮށްލީ މި ބައްދަލުވުމަށް ދިޔުމަށް ޔަހޫދީން ދަތުރު ފަށާފައި ވަނިކޮށެވެ.

އަނިޔާވެރިކަން ހައްދުފަހަނައަޅާފައިވާ ނަތަންޔާހޫ ވަނީ އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުން ހިފަހައްޓާފައިވާ ކަމަށް ތުހުމަތުކޮށް، ހަތިޔާރު އަވަހަށް ފޯރު ކޮށްދެން ޖެހޭ ކަމަށާއި، ޣައްޒާގެ ނިކަމެތި މުސްލިމުން "ނިންމާލާނެ" ކަމަށް ބުނެފައެވެ.

މިކަމާއި ގުޅިގެން އެމެރިކާގެ އޮފިޝަލަކު ބުނީ ނަތަންޔާހޫ ކިބައިގައި ޝުކުރުވެރިކަމެއް ނެތުމުގެ ސަބަބުން ބައިޑެންގެ ޓީމް ތިބީ ވަރަށް ބޮޑަށް ހިތް ހަމަނުޖެހި ރުޅި އައިސްފައި ކަމަށެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ ރަފާހް އަށް އަރައިގަތުމާއި ގުޅިގެން އެމެރިކާއިން އޭރު ވަކި މުއްދަތަކަށް ޔަހޫދީ ފައުޖަށް ހަތިޔާރު ފޯރުކޮށްދިނުން މެދު ކަނޑާލި ނަމަވެސް، އޭގެ ފަހުން އެމެރިކާއިން އަންނަނީ އެންމެ ބާވަތެއް ފިޔަވާ އެހެން ހުރިހާ ވައްތަރެއްގެ ހަތިޔާރު ޔަހޫދީންނަށް ފޯރުކޮށްދެމުންނެވެ.

ބައިނަލްއަގުވާމީ ޕޯޑިއަމް ތަކުގައި އެމެރިކާ އިން އިސްރާއީލު ދިފާއު ކުރަމުން އައި ނަމަވެސް، ފަހަކަށް އައިސް ދެ ގައުމުގެ ދެމެދުގައި ހަމަނުޖެހުންތަކެއް އުފެދިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެމެރިކާއިން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ފާލަމެއް ބިނާ ކުރި ނަމަވެސް، ޣައްޒާގެ މިސްކިތްތަކާއި، ސްކޫލްތަކާއި، ހޮސްޕިޓަލް ތަކާއި އެހެނިހެން އިމާރާތްތައް ބިމާ ހަމަކޮށް، ކުށެއް ނެތް އެތައް ބަޔަކު ރަހުމެއްނެތި ޔަހޫދީ ފައުޖުން ޝަހީދުކޮށްލަނީ އެމެރިކާއިން ދޭ ހަތިޔާރުންނެވެ.

ޔަހޫދީ ފައުޖުގެ މި ހަމަލާތަކާއި ފިއްތުންތަކުގެ ސަބަބުން ޣައްޒާގެ އެތައް ބަޔަކު ބޯހިޔާވަހިކަމުން މަހުރޫމްވެފައިވާއިރު، ޣައްޒާގެ މައުޞޫމް އެތަކެއް ކުޑަ ކުދިންނެއް ވަނީ ޔަތީމްވެފައެވެ. ހަމައެއާއިއެކު، ބޯނެ ސާފު ފެނާއި ސިއްހަތަށް ފައިދާހުރި ކާނާއިން ޣައްޒާގެ އާއްމުން މަހުރޫމްވެފައިވާއިރު، ރަނގަޅު ސިއްހީ ފަރުވާ ނުލިބުމުގެ ސަބަބުން ޣައްޒާގައި އެކި ވައްތަރުގެ ނުރައްކާތެރި ބަލިތައް ދަނީ ފެތުރެމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.