އިނގުރައިދޫ ދާއިރާ މެންބަރު އިބްރާހިމް ފަލާހް -- ފޮޓޯ: މަޖިލިސް
ހަބަރު
24 Jun 2024 | 15:10
ކުރީ ސަރުކާރު ނިމިގެން ދިޔައީ ސިއްހީ ނިޒާމު ފުނޑުފުނޑުކޮށްލާފައި: ފަލާހް

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ނިމިގެން ދިޔައިރު ދިޔައީ ރާއްޖޭގެ ސިއްހީ ނިޒާމު ފުނޑުފުނޑުކޮށްލާފައިކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހް މިފަދައިން ވިދާޅުވީ، މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން އިމްރާން ލަތީފްް ސިއްޚީ ޚިދުމަތް ދިނުމުގެ ޤާނޫނު އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުންނެވެ.

މިގޮތުން ފަލާހް ވިދާޅުވީ، މި ބިލުގައި ހިމެނެނީ ވަރަށް މުހިންމު އިސްލާހުތަކެއް ކަމަށެވެ. އަދި ކުރީ ސަރުކާރުން ރާއްޖޭގެ ސިއްޚީ ދާއިރާ ފުނޑުފުނޑުކޮށްލައި ސިއްހީ ހިދުމަތްދޭ ތަންތަނުގެ އިތުރުން އެ ދާއިރާގެ މުވައްޒަފުން ނިކަމެތިކޮށްލިކަމަށް ވިދާޅުވެ ފަލާހް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ވޭތުވެ ދިޔަ ސަރުކާރު ނިމިގެން ދިޔައީ އަޅުގަނޑުމެންގެ މި ސިއްޚީ ނިޒާމު ވެސް ފުނޑުފުނޑުކޮށްލާފައޭ، ރާއްޖޭގެ ސިއްޚީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އެނޫން ވެސް ސިއްޚީ ޚިދުމަތްދޭ ހުރިހާ އިމާރާތްތަކާއި އެ އިމާރާތްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދަންދެން އެވަނީ ވަރަށް ނިކަމެތި ހާލުގައި ޖެހިފައި."

ފަލާހް ވިދާޅުވިއެވެ.

ފަލާހް ވިދާޅުވީ، އެންސްޕާ އާސަންދައަށް ބަލާލިކަމުގައިވިިޔަސް ސިއްޚީ ހާލަތު ވަޒަން ކުރެވޭކަމަށާއި، ބިލަށް އިސްލާހު ގެނައުމަށް ރައީސް ޑރ.މުޢިއްޒު ނިންމެވީ އެހެން މެދުވެރިވާން ޖެހުނު ސަބަބުތައް ދެނެގަނެ އެކަމަށް ރިއާޔަތްކުރެއްވުމަށްފަހު ކަމަށެވެ.

މީގެ އިތުރުންވެސް ފަލާހް ވަނީ މި ސަރުކާރުން ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތަށްޓަކައި، ސިއްޚީ ނިޒާމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތް ރައްޔިތުން ބަލައިގެންފައިވާ ކަމަށް ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.