Advertisement

މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އަރުވަނީ

ހަވާ އަރުވަނީ-- ފޮޓޯ: ވޮއިސް

މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ފަރުކޮޅުފުށީގައި އޮންނަ ޕްރައިވެޓް އިވެންޓެއްގައި މިރޭ 22:30 ހާއިރު ހަވާއެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ހަރަކާތް ކުރިއަށްދާނީ 3 މިނެޓެއް ހާއިރު ކަމަށާއި، މިއީ ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

ތަފާތު މުނާސަބަތުތަކުގައި މާލެ ސަރަހައްދުގައި، އެމްއެންޑީއެފްގެ ބެލުމުގެ ދަށުން ހަވާއެރުވުމުގެ ހަރަކާތްތައް ބާއްވާއިރު، އެ މަސައްކަތް ކުރަނީ ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ވިޔަފާރި އުސޫލުންނެވެ.

Advertisement

ކޮމެންޓް