ވަޒީރު އަލީ އިހުސާން-- ފޮޓޯ: މަޖިލިސް
ހަބަރު
25 Jun 2024 | 13:05
ސަރުކާރުން އުތުރު ތިލަފަޅުގައި މަރުކަޒީ ޖަލެއް ގާއިމު ކުރަނީ

އުތުރު ތިލަފަޅުގައި މަރުކަޒީ ޖަލެއް ގާއިމު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ހާމަކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު އިހުސާން ވިދާޅުވީ،  ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން މަރުކަޒީ ޖަލެއް ގާއިމުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މިޖަލު ހުންނާނީ އުތުރުތިލަފަޅުގައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވީ، އުތުރު ތިލަފަޅުގައި ޖަލު ހަދަން ނިންމީ ބްރިޖު ހެދުމުން އެތަނަކީ އެއްގަމު މަގުން ދަތުރުފަތުރުކުރަން ފަސޭހަ ތަނަކަށްވާނެތީ ކަމަށެވެ.

"ބްރިޖްތައް އެޅެމުން ގޮސް އެންމެ ފަހު ކަނެކްޝަން ހެދޭ ލޭންޑް ބޭސް އޭރިއާކަށް ވާނީ އެތަން ވީމާ، އަޅުގަނޑުގެ ރިކޮމެންޑޭޝަނަކަށްވީ އެއްގަމު މަގުން އެކްސެސްވާ ތަނެއްގައޭ ސެންޓްރަލް ޖެއިލް ފެސިލިޓީ ހުންނަންވީ،"

ވަޒީރު އިހުސާން ވިދާޅުވިއެވެ.

ދުވާލެއްގެ މައްޗަށް މިހާރު ގައިދީއެއްގެ ބޮލަށް އެވްރެޖްކޮށް 27 ހާސް ރުފިޔާ ހޭދަކުރަންޖެހޭ ކަމަށާއި އެއީ ދުނިޔޭގެ ޖަލުތަކުގައި ކުރާ ހޭދަތަކަށް ބަލާއިރު ބޮޑު އަދަދެއްކަން ފާހަގަކުރައްވާ ވަޒީރު އިހުސާން ވިދާޅުވީ، މިހާ ބޮޑު ހަރަދެއް ހިނގަނީ ރާއްޖޭގެ އެކި ތަންތަނުގައި ޖަލުތައް ބިނާކޮށްފައި ހުރުުމުންކަމަށެވެ.

އެހެންނަމަވެސް އުތުރު ތިލަފަޅުގައި އަޅާ މަރުކަޒީ ޖަލާއި އެކު ދައުލަތުން ޖަލުތަކަށް ކުރާ ޚަރަދު ނިސްބަތުން ދަށްވެގެންދާނެކަމަށާއި، މި ޖަލު އެޅުމަށްޓަކައި އުތުރު ތިލަފަޅުން 30 ހެކްޓަރުގެ ޖާގަ ކަނޑައެޅުމަށް ކެބިނެޓުން ނިންމާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި  އެ 30 ހެކްޓަރުގެ ޖާގަ ހިއްކުމަށް ފަހު، އެތަނުގެ ލޭންޑް ލޭއައުޓް ލިބުނުހާ އަވަހަކަށް ގްރައުންޑް ޕްލޭން ކުރަން ފަށާނެ ކަމަށާއި، މިހާރު ވެސް ތަނުގެ ރިކުއާމެންޓް ހެދުމުގެ މަަސައްކަތާއި ޖަލުގައި ހުންނާނެ ފެސިލިޓީތައް ކަނޑައަޅައި ނިންމާފައިވާކަން ވަޒީރު އިހުސާން ފާހަގަކުރެއްވިއެވެ.

"އުތުރު ތިލަފަޅުން އަޅުގަނޑުމެންނަށް 30 ހެކްޓަރުގެ ޖާގަ ކަނޑައެޅުމަށް ކެބިނެޓުން ވާނީ ނިންމާފައި. އެ 30 ހެކްޓަރުގެ ޖާގަ ހިއްކުމަށް ފަހުގައި، ހިއްކާ ތަނުން ލޭންޑް ލޭއައުޓް ލިބުނުހާ އަވަހަކަށް އަޅުގަނޑުމެން ގްރައުންޑް ޕްލޭން ކުރަން ފަށާނަން. މިހާރު ވެސް ތަނުގެ ރިކުއާމެންޓް ހެދުމުގެ މަަސައްކަތް ނިމިފައި، ޖަލުގައި ހުންނަން ވާނީ ކޮން ފެސިލިޓީތަކެއް ކަން މިހާރު ވާނީ އައިޑެންޓިފައިކޮށް ނިންމާފައި،"

ވަޒީރު އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ވަޒީރު ވިދާޅުވީ، ޖަލަކީ "ފުލް" ރިހެބިލިޓޭޝަން ފެސިލިޓީއަކަށް ވެގެންދާނެކަމަށާއި, ޖަލުން މީހާ މިނިވަންވެގެން އަންނައިރު މުޖުތަމަޢު ބަލައިގަންނަ މީހަކަށް ވެގެންދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަަމަށެވެ.

ގައިދީންނަށް ކުރިއަށް ގެންދާ ރިހެބިލިޓޭޝަން މަސައްކަތްތައް ކުރެވިގެންދާނީ މުސާރަ ލިބޭ ގޮތަށް ކަމަށާއި، ސަރުކާރުގެ އަމާޒަކީ ކުރިޔަށް އޮތް ތިން އަހަރުގެ ތެރޭގައި ޖަލުގެ މަސައްކަތް ނިންމާ އެތަން ބޭނުންކުރަން ފެށުން ކަމަށް ވެސް ވަޒީރު އިހުސާން ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.