ރައީސް ޑރ.މުޙައްމަދު މުޢިއްޒު--ފޮޓޯ: ރައީސް އޮފީސް
ވިޔަފާރި
27 Jun 2024 | 15:43
ސަރުކާރުން ކޮށްފައިވާ ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި، މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު، މިއަހަރު ހަރަދުތައް ވަރަށް ބޮޑަށް ކުޑަކޮށްފައިވާކަން މާލީ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭ ގެ މާލީ އަދި އިގްތިޞާދީ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މާލީ ވުޒާރާއިން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ޖޫން މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުން 17.8 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. 2023 ވަނަ އަހަރުގެ މި މުއްދަތުގައި އޭރުގެ ސަރުކާރުން 22.22 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު, މިއީ މި އަހަރާއި އަޅާ ބަލާއިރު، 4.4 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ޖުމްލަ ހަރަދުގެ ތެރެއިން މިއަހަރުގެ މިހާތަނަށް ހިންގުމުގެ ހަރަދުގެ ގޮތުގައި ސަރުކާރުން 14.2 ބިލިއަން ހޭދަކުރި އިރު، މިދިޔަ އަހަރު ސަރުކާރު ހިންގަން 15.2 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. ހަމައެއާއިއެކު، ކެޕިޓަލްގެ ގޮތުގައި މިއަހަރު ތެރޭގައި 3.6 ބިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާއިރު ފާއިތުވި އަހަރުގެ މި މުއްދަތުގައި ކެޕިޓަލް ހަރަދުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ހަރަދު ކުރިކަމަށް ވެސް މާލީ ވުޒާރާއިން ހާމަކުރެއެވެ.

މިދިޔަ އަހަރުގެ މި މުއްދަތުގައި ބަޖެޓު ދަރަންޏަކީ 5.8 ބިލިއަން ރުފިޔާ އަށްވީ ނަމަވެސް، ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، އިގްތިޞާދު ކުރިއެރުވުމަށްޓަކައި ސަރުކާރުން އަޅަމުންދާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން މި އަދަދު ވަނީ 2.3 ބިލިއަނަށް ކުޑަކުރެވިފައެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދައުލަތުން ގާތް ގަނޑަކަށް 25 ބިލިއަން ރުފިޔާގެ ދަރަނި އަދާކުރަންޖެހޭއިރު، އެކަމަށްޓަކައި ސަރުކާރުން ވަނީ މިހާރުއްސުރެ މަސައްކަތްތައް ފަށާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.