ނޭޝަނަލް ޑްރަގް އޭޖެންސީގެ ފުރަތަމަ ބޯޑު ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ހޯމް މިނިސްޓްރީ
ހަބަރު
04 Jul 2024 | 11:11
މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރުކުރުމަށް ނިންމައިފި

މަސްތުވާތަކެތީގެ ފަރުވާ ދިނުމުގައި ލާޒިމްވެފައިވާ ކަންތައްތަކާއި ފަރުވާއިން ރަނގަޅުކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް އިތުރު ފަސް ފަރުވާއެއް އިތުރު ކުރުމަށް ނިންމައިފިއެވެ. 

ނޭޝަނަލް ޑްރަގް އޭޖެންސީގެ ފުރަތަމަ ބޯޑު ބައްދަލުން މިއަދު ބާއްވާފަވާއިރު އެ ބައްދަލުވުމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންޑީއޭގެ ބޯޑުގެ ޗެއާމަން ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވީ މިއަދުގެ ޖަލްސާއަށް 10 މެމްބަރުންވެސް ވަޑައިގެންނެވި ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި އެންޑީއޭގެ ޕާފޯމަންސް އިވެލުއޭޝަނެއްގެ ގޮތުން މެނޭޖްމަންޓް އޮޑިޓް ކުރުމުގެ މަސައްކަތް ބޯޑުން ކުރިއަށްގެންދެވި ކަމަށް ލުބުނާ ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ފަރުވާ ދިނުމުގަ ލާޒިމްކޮށްފަ ހުންނަ ކަންކަމާއި އަދި ފަރުވާއިން ރަނގަޅު ކުރަން ކުރަންޖެހޭ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނު. އެންމެ މުހިންމު ކަމެއްގެ ގޮތުގަ ގަވާއިދުގެ ތިންވަނަ ނަންބަރުގަ ލާޒިމް ކުރާ ވައިސް ޗެއާއެއް މިއަދު ވަނީ އައްޔަންކުރައްވާފަ. އެގޮތުން އައްޔަން ކުރެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަލްއުސްތާޒް އިސްމާޢީލް ޒާހިރު

އެންޑީއޭގެ ބޯޑުގެ ޗެއާމަން އަލްއުސްތާޛާ ލުބްނާ ޒާހިރު

ނޭޝަނަލް ޑްރަގް އޭޖެންސީގެ ފުރަތަމަ ބޯޑު ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ހޯމް މިނިސްޓްރީ

މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެ އެކށީގެންވާ ގޮތަށް މަސައްކަތްކޮށްފައި ނުވުމުގެ ސަބަބުން އެކަންކަން ހައްލުކުރުމުގެ މަސައްކަތް ކުރުމަށް ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގުވާތީ ކޮންމެ މެމްބަރަކަށްވެސް ވަކި ޚާއްސަ ޓާސްކްތަކެއް ނަންގަވާފައިވާކަން ލުބްނާ ފާހަގަކުރެއްވިއެވެ.

ލުބްނާ ވިދާޅުވީ އެންޑީއޭގެ ބޯޑު ބައްދަލުވުން ހާފްތާއަކު އެއް ދުވަހު ބާއްވަން ނިންމަވާފައިވާ ކަމަށާއި ބޯޑުގެ ގަވާއިދު އިސްލާހު ކުރުމަށް މިހާރު ބޯޑުގެ ހުރިހާ މެމްބަރުން އިއްތިފާގުވެވަޑައިގަންނަވާ ކަމަށެވެ.

ދެން މިއަދު ހައިލައިޓް ކުރެވުނު ކަންކަމުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން މަސްތުވާތަކެތީގެ ގާނޫނު ތަންފީޒު ކުރުމުގަ އަދި ފަރުވާ ދިނުމުގަ އެންޑީއޭއާއެކު މަސައްކަތް ކުރުމުގަ ހުރި ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނު. އަދި ހަމަ ހެލްތު މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ، އެޑިއުކޭޝަން މިނިސްޓްރީންވެސް ވާހަކަ ދެކެވުނު. އަދި ކަސްޓަމްސްގެ ފަރާތުން ޑްރަގް ސަޕްލައިއާ ދެކޮޅަށް މަސައްކަތް ކުރުމަށް ހަރުދަނާ ކަންތައްތަކެއް ކުރިއަށް އޮތްތަނުގަ ކުރުމަށް ބޯޑުގައި ވަނީ ނިންމަވާފަ.

އެންޑީއޭގެ ބޯޑުގެ ޗެއާމަން އަލްއުސްތާޛާ ލުބްނާ ޒާހިރު

ނޭޝަނަލް ޑްރަގް އޭޖެންސީގެ ފުރަތަމަ ބޯޑު ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ހޯމް މިނިސްޓްރީ

އަދި ހަމަމިއާއެކު ޑްރަގު ސަޕްލައި މަދު ކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރެވުނުކަން ލުބްނާ ފާހަގަކުރެއްވިއެވެ.

ލުބްނާ ވިދާޅުވީ ބޯޑުގެ މެމްބަރުންގެ މެދުގައި މަސްތުވާތަކެތީގެ އިތުރު ފަސް ފަރުވާއެއް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގަ އެ ފަރުވާ ފެށިގެން ދާނެ ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ސިވިލްސޮސައިޓީގެ ފަރާތުން ޖާނީގެ މެމްބަރު އަހުމަދު އަބްދުއްސައްތާރު ވިދާޅުވެފައިވަނީ އެންޑީއޭއަށް ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކަށް ވުރެ ނުކުރެވޭ މަސައްކަތްތައް ގިނަ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
ޗާގޯސް ސަރަހައްދަށް ބިންހެލުމެއް؛ ރާއްޖެއަށް ނުރައްކަލެއް ނެތް: މެޓް
ޗާގޯސް ޖަޒީރާތަކުގެ ސަރަހައްދަށް ބިންހެލުމެއް އައިސްފައިވާ ކަމަށާއި، ނަމަވެސް އޭގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އަދި ސީދާ އަސަރެއް ނުކުރާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.