ހުއާވޭ ކުންފުންޏަކީ ޓެކްނޮލޮޖީގެ ދުނިޔޭގައި ނަންހިނގާ ކުންފުޏެއް ---
ދުނިޔެ
07 Jul 2024 | 21:14
ޓައިވާނުގެ އަސްކަރީ މަރުކަޒެއްގައި ހުއާވޭ ރައުޓަރުތަކެއް

ޓައިވާނުގެ އަސްކަރީ މަރުކަޒެއްގައި ޗައިނާގެ ހުއާވޭ ކުންފުނިން އުފެއްދި ރައުޓަރުތަކެއް ހަރުކޮށްފައި ހުރިކަން ހާމަވެއްޖެއެވެ. ހުއާވޭ ކުންފުނިން، އެކުންފުނީގެ އުފެއްދުންތައް ބޭނުންކޮށްގެން ޗައިނާގެ ސަރުކާރަށް ޖާސޫސުކޮށްދޭކަމަށް ހުޅަނގުގެ ގައުމުތަކާއި ޓައިވާނުން ތުހުމަތުކުރެއެވެ. އެހެންނަމަވެސް ހުއާވޭ ކުންފުނިން ގެންދަނީ ކެނޑިނޭޅި އެކަން ދޮގުކުރަމުންނެވެ.

ޓައިވާނުގެ އަސްކަރިއްޔާގެ ހޮންގްޗައޮލިންގް ބޭސްގައި ހުއާވޭ ކުންފުނީގެ 2 ރައުޓަރާއި، ޗައިނާގެ އެޑްވާންޓެކް ކުންފުނިން އުފައްދާފައިވާ ޑޭޓާ ރީޑަރއެއް ފެނިފައިވާކަމަށް ޓައިވާނުގެ މިނިސްޓްރީ އޮފް ނޭޝަނަލް ޑިފެންސްގެ އާމަމެންޓް ބިއުރޯއިން ޓައިވާނުގެ މީޑިއާތަކަށް ވަނީ މައުލޫމާތު ދީފައެވެ. މިތަކެތި ފެނިފައިވަނީ ޓައިވާނުގެ އަސްކަރިއްޔާއަށް ބޭނުންވާ ބައެއް ސާމާނު ގަތުމާ ގުޅޭ މައްސަލައެއްގެ ތަހުގީގުގެ ތެރެއިންނެވެ.

އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ޗައިނާގެ ވިޔަފާރިތަކާއެކު މަސައްކަތްކުރުމާއި ޓައިވާނުގެ ގާނޫނުތަކުން މަނާކޮށްފައިވާ ކަންކަން ކުރުމުގެ ތުހުމަތުގައި ޓައިވާނުގެ ބައެއް ކުންފުނިތަކަށް މީގެ ކުރިންވެސް ފިޔަވަޅު އަޅާފައިވެއެވެ. އެގޮތުން ނިމިދިޔަ އަހަރުގެ އޮކްޓޯބަރު މަހު، ހުއާވޭ ކުންފުނީގެ ސެމިކޮންޑަކްޓަރ ފެކްޓްރީތައް އެޅުމުގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ޚިދުމަތް ފޯރުކޮށްދިން މައްސަލައެއްގައި ޓައިވާނުގެ 4 ކުންފުންޏެއްގެ މައްސަލަ ތަހުގީގުކޮށްފައިވެއެވެ.

ހުއާވޭ ކުންފުނިން އެޑްވާންސް ޗިޕް އުފެއްދުމުގެ ގާބިލްކަން ހޯދަމުން އަންނައިރު، ޗައިނާ އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ވިޔަފާރިއާއި ޓެކްނޮލޮޖީގެ ވާދަވެރިކަމުގެ މެދުގައި އެކުންފުނި ވަނީ ތާށިވެފައެވެ.

ކޮމެންޓް
ރަނގަޅުކޮށްލާ
ހުއާވޭ އެއް ނޫން. ކިޔަނީ - ވާވޭ
08 Jul 2024
ގުޅޭ ލިޔުންތައް
24 Jul 2026
އިނގުރައިދޫ ސްކޫލުގެ ދަރިވަރުންނަށް ކަރަންޓު ވައިރުކުރަން ދަސްކޮށްދީފި
ރ. އިނގުރައިދޫ ސްކޫލުގެ ޕީޓީއޭ އިން ހިންގާ "ހުނަރު ޕޮރޮގުރާމު" ގެ ތެރެއިން ފެނަކައިގެ ޓެކްނީޝަނުން މެދުވެރިކޮށް ދަރިވަރުންނަށް ކަރަންޓު ވައިރުކުރުމުގެ ޢަމަލީ ތަމްރީނު ދީފިއެވެ.
24 Jul 2026
ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްޤީކުރި ސަރަހައްދު މިއަދު ހުޅުވައިލަނީ
މާލޭ ބޮޑުތަކުރުފާނު މަގުގައި ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރި ގާތްގަނޑަކަށް 700 މީޓަރުގެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
24 Jul 2026
މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެއްޖެ ނަމަ އެކަމުގެ ޒިންމާ އުފުލާންޖެހޭނެ
މަސްއޫލިއްޔަތު އަދާކުރުމާއި ޒިންމާދާރުވުމުގެ މައްޗަށް އަލިއަޅުވާލައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވާ ގޮތުގައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ވަޙުދަތު ދެމެހެއްޓުމަކީ ދީނީ އަދި ޤައުމީ ވާޖިބެކެވެ. ޤައުމުގެ އެކުވެރިކަމަށް ބުރޫއަރާފާނެ ކޮންމެ ކަމަކުން މުޖުތަމަޢު ސަލާމަތްކުރުމަކީ ކޮންމެ ފަރުދެއްގެ ޒިންމާއެކެވެ.
24 Jul 2026
ކަނޑުމަގުން އެތެރެކުރި 5.6 މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
މާލެ ކޮމާޝަލް ހާބަރު މެދުވެރިކޮށް ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން މަސައްކަތްކުރި 3110 ގްރާމްގެ މަސްތުވާތަކެތި އިއްޔެ ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
24 Jul 2026
ސްޓޭޓް ފާމާގެ ބޭހުގެ މަޢުލޫމާތު ބެލޭ ޕޯޓަލެއް ސެޕްޓެމްބަރުގައި ލޯންޗުކުރަނީ
ސްޓޭޓް ފާމާގެ ފާމަސީތަކުން ލިބެން ހުރި ބޭހާއި އަގުގެ މަޢުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނާނެ ޕޯޓަލެއް އަންނަ ސެޕްޓެމްބަރު މަހު ލޯންޗުކުރާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
24 Jul 2026
މިއީ ކުދިން ސްކްރީނާ ދުރުކޮށް، ޢާއިލީ ގުޅުން ބަދަހިކުރަންވީ ވަގުތު
24 Jul 2026
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭ
ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ވައިފައި ދާއިރާގެ ތަޖުރިބާކާރު އެލެކްސް ހިލްސް ހާމަކުރައްވައިފިއެވެ.
24 Jul 2026
ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި
ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށް އެމްއޭސީއެލްގެ ތިން ޑިޕާޓްމެންޓް ގުޅިގެން ވީއައިއޭގައި ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސައި، ދަތިކަމެއް ނެތި ޚިދުމަތް ފޯރުކޮށްދީފި.