މަސް ޓޭންކެއްގެ ތެރޭގައި ވައިފައި ރައުޓަރެއް- އޭއައި ފޮޓޯއެއް
ލައިފްސްޓައިލް
24 Jul 2026 | 09:00
ހީވެސް ނުކުރާ ކަހަލަ ކަންކަމުން ވައިފައި ސިގްނަލަށް ހުރަސްއެޅޭކަން އެނގޭތަ؟ މިއީ އެކަން ކަމާއި އޭގެ ހައްލު

ގޭތެރޭގައި ހުންނަ މައިކްރޯވޭވް އަވަނާއި މަސް ޓޭންކާއި ލޯގަނޑު ފަދަ އާންމު ތަކެތިން ވައިފައި ސިގުނަލަށް ބޮޑެތި ހުރަސްތައް އެޅޭކަން ދުނިޔޭގެ ފުރަތަމަ ބޮޑެތި ވައިފައި ނެޓްވޯކުތައް ބިނާކުރި ޓީމުގެ އެންމެ އިސް ތަޖުރިބާކާރު ހާމަކޮށްފިއެވެ.

އެމެރިކާގެ ކާނެގީ މެލޮން ޔުނިވާސިޓީގެ ޕްރޮފެސަރެއްގެ ގޮތުގައި ހުންނަވައިގެން 1993 ވަނަ އަހަރު ދުނިޔޭގެ ފުރަތަމަ ބޮޑެތި ވައިފައި ނެޓްވޯކުތަކުގެ ތެރެއިން ނެޓްވޯކެއް ބިނާކުރެއްވި އެލެކްސް ހިލްސް ވަނީ ވައިފައި ސިގުނަލަށް ހުރަސްއަޅާ ކަންކަމާ ބެހޭ ގޮތުން ފޮތެއް ވެސް ލިޔުއްވާފައެވެ. އެ ފޮތުގެ ނަމަކީ "ވައިފައި އެންޑް ދަ ބޭޑް ބޯއީޒް އޮފް ރޭޑިއޯ" އެވެ. "ބެޑް ބޯއީޒް" މި ނަމުން ހިލްސް ސިފަކުރައްވަނީ ވައިފައި ރަނގަޅަށް މަސައްކަތްކުރުމަށް ހުރަސްއަޅާ ކަންކަމެވެ. ބައެއް ހުރަސްތަކަކީ ބޯ ފާރުތައް ފަދަ އެނގެން ފަސޭހަ ކަންކަމެވެ. ނަމަވެސް އަނެއް ބައި ހުރަސްތަކަކީ ވަރަށް އާދަޔާ ޚިލާފު ކަންކަމެވެ.

މައިކްރޯވޭވް އަވަނާއި ރޭޑިއޯ ވޭވްސް

ހިލްސް ފާހަގަކުރެއްވި ގޮތުގައި މައިކްރޯވޭވް އަވަނަކީ ވައިފައި ސިގުނަލަށް ހުރަސްއަޅާ އެންމެ ބޮޑު އެއް ވަސީލަތެވެ. ވައިފައި ނެޓްވޯކްތަކާއި ބުލޫޓޫތް ޑިވައިސްތަކުގައި ބޭނުންކުރާ 2.4 ގިގަހާޓްޒް ފުރީކުއެންސީއަކީ މައިކްރޯވޭވް އަވަނުން ކާތަކެތި ހޫނުކުރުމަށް ވެސް ބޭނުންކުރާ ފުރީކުއެންސީއެވެ. މައިކްރޯވޭވް ބައުވުމުން ނުވަތަ ކެއްކުން ނުނިމެނީސް ދޮރު ހުޅުވާލުމުން ބޭރުވާ ވޭވްސް/ރާޅުތައް ވައިފައި ސިގުނަލާ ފުށޫއަރައެވެ. މީގެ އިތުރުން ފްލޯރެސެންޓް ލައިޓާއި ކާރުގެ އިގުނިޝަން ސިސްޓަމުން ވެސް މިފަދަ މައްސަލަތައް ދިމާވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް "މިހާރު މައިކްރޯވޭވްގެ މައްސަލަ ކުޑަ" ކަމަށް ހިލްސް ފާހަގަކޮށްފައިވެއެވެ. ސަބަބަކީ އެ ތަކެތި ރަނގަޅަށް ބެއްދިފައި ހުރުމާއި ވައިފައި 2.4 ގިގަހާޓްޒް ގެ ބަދަލުގައި 5 ގިގަހާޓްޒް ގައި ވެސް މަސައްކަތްކުރެވުމެވެ. ނަމަވެސް ބައު ވައިފައި ސެޓަޕެއް ނުވަތަ ބައު މައިކްރޯވޭވެއް ގެންގުޅޭ ނަމަ އެ މައްސަލަ ފެންމަތިވެދާނެއެވެ.

މަސް ޓޭންކާއި ފާރުތަކުން ކުރާ އަސަރު

ގޭގައި މަސް ޓޭންކެއް ހުރުމަކީ ވެސް ވައިފައި ސިގުނަލް ބަލިކުރާ ކަމެކެވެ.

"ރޭޑިއޯ ސިގުނަލެއް ދުރަށް ދާ ވަރަކަށް ޠަބީޢީ ގޮތުން ބަލިވެއެވެ. ނަމަވެސް ބައެއް ފަހަރު ސިގުނަލް ކޮންމެވެސް އެއްޗެއް ތެރެއިން ދަތުރުކުރާ އިރު ބާރު ދަށްވެއެވެ. އެއަށް އަޅުގަނޑުމެން ކިޔަނީ 'ޝެޑްއިން' އެވެ" ހިލްސް ތަފުސީލްކޮށްދީފައިވެއެވެ.

ފެނުގެ މޮލެކިއުލްތައް ކުދި ދަގައްފާނުތަކެއް ފަދައިން ރޭޑިއޯ ސިގުނަލުގެ ބާރު ދަށްކުރެއެވެ. ރައުޓަރާ ޑިވައިސާ ދެމެދު މަސް ޓޭންކެއް ހުރެއްޖެ ނަމަ ވައިފައި ނުލިބޭ ހުސް ތަނެއް އުފެދެއެވެ. ހިލްސް ފާހަގަކޮށްފައިވާ ގޮތުގައި ޝެޑްއިން އަކީ ވައިފައި ނެޓްވޯކުތަކުގައި މީހުންނަށް ދިމާވާ އެންމެ ބޮޑު މައްސަލައެވެ. ލަކުޑި ފަދަ ތަކެތި ތެރެއިން ރޭޑިއޯ ސިގުނަލް ފަސޭހައިން ދަތުރުކުރެއެވެ. ނަމަވެސް ގާ ނުވަތަ ކޮންކުރީޓު ފަދަ ބޯ މާއްދާތަކުގެ ފާރުތައް ހުރިނަމަ ސިގުނަލް ދަތުރުކުރުން އުނދަގޫވެއެވެ.

ލޯގަނޑާއި ޓީވީގެ ސަބަބުން ސިގުނަލް ރިފްލެކްޓްވުން

ލޯގަނޑާއި ޓީވީ ފަދަ ފެންނަ ފެނުމަށް އޮމާން ތަކެތިން ވެސް ވައިފައި ސިގުނަލް ބައުންސް ކޮށް އަނބުރައި ފޮނުވައިލައެވެ. ރޭޑިއޯ ރާޅަކީ އަލީގެ ބާވަތެއް ކަމުން ލޯގަނޑުން އައްޔެއް ރިފްލެކްޓް ވާ ފަދައިން ވައިފައި ސިގުނަލް ވެސް ރިފްލެކްޓް ވެއެވެ. ފާރުގެ ބިލްޑިން މެޓީރިއަލްގައި މައުދަނުގެ ޝީޓް ބޭނުންކޮށްފައި ހުރިނަމަ ވެސް މި މައްސަލަ ދިމާވެއެވެ.

ގޭގައި ވައިފައި ނުލިބޭ ތަނެއް ހުރިނަމަ ރައުޓަރާ ދެމެދު ލޯގަނޑެއް ނުވަތަ ބޮޑު ޓީވީއެއް ހުރީތޯ ބެލުމަކީ މުހިންމު ކަމެކެވެ. އެ ތަކެތި ފޮރުވޭ ގޮތަށް ބަދަލެއް ގެނައުން ނުވަތަ ވައިފައި އެކްސްޓެންޑާ ބޭނުންކުރުމަކީ މި ބާވަތުގެ ހުރަހަށް ވެސް ލިބޭނެ ހައްލެކެވެ.

މޫސުމީ އަސަރުތައް

މޫސުންވެސް ވައިފައި ސިގުނަލަށް ނޭދެވޭ އަސަރު ކުރުވައެވެ. ގޭތެރޭގެ ވައިފައިއަށް ވާރޭގެ ސަބަބުން ބޮޑު އަސަރެއް ނުކުރި ނަމަވެސް ބޭރު ތަނެއްގައި ހުންނަ ނެޓްވޯކެއް ބޭނުންކުރާ ނަމަ ވާރޭގެ އަސަރު ކުރެއެވެ.  އަދި ހޫނުގެ ސަބަބުން ވެސް ހަމަ އެ މައްސަލަ ދިމާވެއެވެ. މޫސުން ގޯސް ވެގެން ގޭގައި ތިބެ ހުރިހާ އެންމެން އެއް ފަހަރާ އިންޓަނެޓް ބޭނުންކުރާ ނަމަ ނެޓްވޯކު ލަސްވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

މި ހުރިހާ މައްސަލަތަކަށް އޮތް ހައްލަކީ ރައުޓަރު ގޭގެ މެދުގައި އަދި ވީހާވެސް އުސް ތަނެއްގައި ބެހެއްޓުމެވެ. އެ ގޮތުން ހައްލު ނުވެއްޖެ ނަމަ ވައިފައި އެކްސްޓެންޑާ ބޭނުންކޮށް ސިގުނަލް ވަރުގަދަ ކުރެވެއެވެ. ނުވަތަ ރައުޓަރުގެ ބަދަލުގައި މެޝް ނެޓްވޯކެއް ބޭނުންކޮށް ގޭގެ އެކި ހިސާބުތަކުގައި ކުދި ޑިވައިސްތައް ބަހައްޓައިގެން ވައިފައި މުޅި ގެއަށް ފެތުރެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.