އުމްރާގެ އަޅުކަމަށް މީހަކު ފުރަނީ- ފޮޓޯ/ އެމްއޭސީއެލް
ހަބަރު
24 Jul 2026 | 08:53
ޢުމްރާވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް ވީއައިއޭގައި ހިންގި ޚާއްޞަ އޮޕަރޭޝަން ނިންމާލައިފި

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ޢުމްރާވެރިންނަށް ޚާއްޞަކޮށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހިންގި އޮޕަރޭޝަން މިއަދު ފަހު ގްރޫޕް ފުރުމާއެކު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ޖުލައި މަހު ރާއްޖެއިން ޢުމްރާއަށް ދިޔަ 5,565 އަށްވުރެ ގިނަ މީހުން ފުރުވާލުމަށްޓަކައި އެ ކުންފުނީގެ ތިން ޑިޕާޓްމެންޓެއް ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި (ވީއައިއޭ) ޚާއްޞަ އިންތިޒާމުތަކެއް ރޭވި ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ. އެގޮތުން ޕެސެންޖާ ސާވިސަސް ޓާމިނަލް ސާވިސަސް އަދި އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ގުޅިގެން މި މަސައްކަތް ކުރިއަށް ގެންދިޔައެވެ.

މި އޮޕަރޭޝަންގެ އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅެއްގެ ގޮތުގައި 100 އަށްވުރެ ގިނަ މީހުން ހިމެނޭ ގްރޫޕްތަކަށް ފުރުމުގެ އެއް ދުވަސް ކުރިން ޕްރީ-ޗެކިން ހެދެވޭ ގޮތް ހަމަޖެއްސި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

އެ ގޮތުން ޢުމްރާވެރިންގެ ލަގެޖް ކުރިއާލައި ޗެކިންކޮށް ބޯޑިންގ ޕާސް ދޫކުރުމުގެ މަސައްކަތް ޓާމިނަލް ސަޕޯޓް ސާވިސަސްގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވުނެވެ. ހަމައެހެންމެ މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން ޕާސްޕޯޓުތައް ކުރީބައިގައި ކްލިއާ ކުރުމުގެ އިންތިޒާމުވެސް ހަމަޖެހުނެވެ.

ޢުމްރާވެރިން އެއަރޕޯޓަށް ދިޔުމުން އެ ފަރާތްތަކަށް ވަކި ޚާއްޞަ ދޮރަކުން ޓާމިނަލަށް ވަދެވޭ ގޮތް ހެދި ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އޭގެ އިތުރުން އިމިގްރޭޝަނާއި ސެކިޔުރިޓީ ސްކްރީނިންގ އަވަސްކުރުމަށް ވަކި ކައުންޓަރުތަކާއި އެކްސް-ރޭ މެޝިންތައް ޚާއްޞަކުރެވުނެވެ. ހަމައެއާއެކު އެއަރޕޯޓުގެ ބޭރު ސަރަޙައްދުގެ ޓެކްސީ ކިޔޫ ބެލެހެއްޓުމާއި އުޅަނދުފަހަރަށް ފަސޭހައިން ވަދެ ނިކުމެވޭނެ މަގުތައް ހެދުމުގެ ޒިންމާ ނެގީ އެސްޓޭޓް ސެކިޔުރިޓީ ސާވިސަސް ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ހުރިހާ އިންތިޒާމެއްގެ ނަތީޖާއެއްގެ ގޮތުން ޗެކިން އިން ފެށިގެން ބޯޑިންގއާ ހަމައަށް ޢުމްރާވެރިންނަށް ބޮޑު ދަތިކަމެއް ކުރިމަތިނުވެ ފުރުމުގެ ޚިދުމަތް ލިބުނު ކަމަށް އެމްއޭސީއެލް އިން ފާހަގަކޮށްފައިވެއެވެ.

މި އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިންމުމަށް އެހީތެރިވި މޯލްޑިވްސް އިމިގްރޭޝަނާއި އެއަރލައިންތަކާއި ޓްރެވެލް އެޖެންސީތަކާއި ޢުމްރާ ގްރޫޕްތައް އަދި ކަމާ ގުޅުންހުރި އެންމެހައި ފަރާތްތަކުގެ އެއްބާރުލުމަށް އެ ކުންފުނިން ޝުކުރު އަދާކޮށްފައިވެއެވެ.

ބާރުބޮޑު ދުވަސްވަރުތަކުގައިވެސް ޢުމްރާވެރިންނާއި އެހެނިހެން ފަސިންޖަރުންނަށް ބުރޫއެރުމެއް ނެތި ފުރިހަމަ އަދި އޮމާން ޚިދުމަތެއް ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ މައިގަނޑު މަޤުޞަދު ކަމަށް އެ ކުންފުނީގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ސިޔާސީ ލީޑަރަކު ޖަލަަކަށް ނުލަން، ބިރެއް ނެތި ސިޔާސީ މަސައްކަތް މިހާރު ކުރެވޭނެ: ރައީސް
ޕީއެންސީގެ ކޮންގްރެސް ނުވަތަ މަތީ މަޖިލީސް ފެށުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ސިޔާސީ ވެރީން ޖަލަށް ލުމުގެ ސަގާފަތް ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ.
16 Sep 2026
އެތެރޭގެ އިންތިހާބަށް ފަހު ބައިބައިވުމެއް އައިސްގެން ނުވާނެ: ރައީސް
"އަޅުގަނޑުމެންގެ ތެރޭގައި އެއްވެސް ކަހަލަ ބައިބައިވުމެއް އިންތިޚާބު ނިމޭ ހިސާބުން އައިސްގެން ނުވާނެ. އަޅުގަނޑުމެން މި ތިބީ ވަރަށް މާތް، ވަރަށް މަތިވެރި މަޤްސަދެއްގައި ނިކުމެ،" ރައީސް ވިދާޅުވި އެވެ.
15 Sep 2026
ރާއްޖެ ފުދުންތެރި އަމާން ރާއްޖެއަކަށް ހެދޭނީ މަދުވެގެން ދެ ދައުރު، ވެރިކަންކުރަން ދީގެން
ކޮންގްރެސް ޕާޓީން މަސައްކަތް ކުރަމުންދަނީ ދިވެހީންގެ ކަންކަން ނިންމުމުގެ ބާރު ދިވެހީންގެ އަތްމަތީގައި އޮންނަ، އަދި ބޭރުގެ އެއްވެސް ބަޔަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ "ދިވެހީންގެ ރާއްޖެ"އެއް ބިނާކުރަން
15 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީގެ ފަހު ޖާގަ ބާރަށް އަދި ވަށަފަރަށް
މުބާރާތުގެ ސެމީފައިނަލް މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބްރާސްފަތި ދުވަހެވެ. ފައިނަލްމެޗް ކުޅުމަށް ހަމަޖހެިފައިވަނީ 19 ވާ ހޮނިހިރުދުވަހުގެ ރޭ 20:30 ގައެވެ.
15 Sep 2026
އިންޑިއާގައި ދަރިމައިވުމުގެ ނިސްބަތް، އާބާދީ ދެމެހެއްޓޭ މިންވަރަށްވުރެ ދަށަށް
އިންޑިއާގެ އެކި ސަރަހައްދުތަކުގައި މި ނިސްބަތް ވަރަށް ބޮޑަށް ތަފާތެވެ. ތަޢުލީމީ ފެންވަރު ދަށް އަދި ތުއްތު ކުދިން މަރުވާ ނިސްބަތް އެންމެ ބޮޑަށް އުޅޭ އެއް ސްޓޭޓަކީ ބިހާރެވެ.
15 Sep 2026
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ރައީސް ނަޝީދު
ކޮންގްރެސްގެ މަތީ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ ޖަލްސާއަށް ވަޑައިގެންފި އެވެ.
15 Sep 2026
ޖަޕާނުގައި ކްރިކެޓް އާލާކުރަނީ
މުޅި ޖަޕާނުގައިވެސް ހުންނަނީ 16 ކްރިކެޓް ދަނޑެވެ. އެ ގައުމުގެ އަންހެން ޓީމު ދުނިޔޭގެ ރޭންކިންގގެ 39 ވަނައިގައި އޮތްއިރު، ފިރިހެން ޓީމު އޮތީ އެއަށްވުރެ ދެ ދަރަޖަ ފަހަތުގައެވެ.
15 Sep 2026
ބަންގްލަދޭޝްގައި ހިމަބިހި އަދިވެސް ކޮންޓްރޯލް ނުކުރެވޭ
މި އަހަރުގެ މާޗު މަހުން ފެށިގެން ހޮސްޕިޓަލްތައް ފުރި، ތަކެތި ދަތިވެ، ބަލި ކުދިން އިތުރުވަމުންދާއިރު، ހިމަބިހީގެ ސަބަބުން މަރުވި ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ އެއް ހާސް މަރު ވަނީ ރިޕޯޓުކޮށްފައެވެ.