ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ޕީއެންސީ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ/ ޕީއެންސީ
ހަބަރު
07 Jul 2024 | 22:40
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލަން މަޖިލީހަށް ހުށަހަޅާނަން: ރައީސް މުޢިއްޒު

ދައުލަތުގެ ޚަރަދުތައް ކުޑަ ކުރުމަށް، ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުއެކީގައި ބާއްވަން، ގާނޫނަށް އިސްލާހު ގެންނަވަން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  

މިރޭ ޕީއެންސީގެ ހަރުގޭގައި އޮތް ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ނިޒާމް ބައްޓަންވެފައުވާ ގޮތުން، ގިނަ އިންތިޚާބުތަކެއް ބާއްވަންޖެހޭ ކަމަށެވެ. އަދި ރައްޔިތުންގެ ބައިވެރިވުން ސަރުކާރު ހިންގުމުގަައި ހިމެނުމަށް އިންތިޚާބު ތަކަކީ މުހިންމު އެއްޗެއް ނަމަވެސް، އެކަން ކުރެވެންޖެހޭނީ ޚަރަދު ދެކޮޅުޖެހޭ ގޮތަށް ޒިންމާދާރުކަންމަތީގައި ކަމަށެވެ.

ނިމިދިޔަ މަޖިލީހުގެ އިމްތިޚާބު ނިމިގެން ދިޔައިރުގައި، 120 މިލިއަނަށްވުރެ ގިނަ ރުފިޔާ، ރައްޔިތުންގެ ފައިސާ ވަނޫ ޚަރަދުވެފައި. ރިޔަސީ އިންތިޚާބު ނިމުނު އިރު، އެ އިންތިޚާބަށް 180 މިލިއަނަށްވުރެ ގިނަ ރުފިޔާ އެބަހުރި ޚަރަދުވެފައި.  

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް މުޢިއްޒު ވިދާޅުވީ، ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބަކީ ވަރަށް ކައިރި ކައިރީ އޮންނަ ދެ އިންތިޚާބު ކަމަށާ، އެހެންކަމުން، އެ ދެ އިންތިޚާބު އެއްކޮށް ބާއްވައިފި ނަމަވެސް ރައްޔިތުންނަށްވެސް އެތައް ފަސޭހައެއް ލިބި، ރައްޔިތުންގެ ފައިސާ ތަކެއްވެސް ސަލާމަތް ކުރެވޭނެ ކަމަށެވެ.

މި ދެ އިންތިޚާބު (ރިޔާސީ އަދި މަޖިލިސް އިންތިޚާބު) އަކީ ކައިރި ކައިރީ، 6 މަސް ދުވަހުގެ ގެޕެއް އޮންނަ އިންތިޚާބެއް. އަޅުގަނޑު ދެކާެ ގޮތުގައި ރައްޔިތުންނަށް އެންމެ ފައިދާ ވާނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިމްތިޚާބު އެކުއެކީގައި ބޭއްވުމުން. އޭރުން އަޅުގަނޑުމެންނަށް އެބަ ސަލާމަތްކުރެވޭ މަދުވެގެން 120 މިލިއަން ރުފިޔާ. އެ ފައިސާއިން ނިކަމެތި އެތައް އާއިލާއެއްގެ ކަންކަން ނިންމައިދެވޭނެ. ކުޑަ ރަށެއްގެ މީހުން ދާއިމަށް ބޮޑު ރަށަކަށް ބަދަލުކުރުމަށް ބެއްޔަށަ އެ ފައިސާއިން އެކަން ހަމަޖެހޭނެ. ދެ އިންތިޚާބު އެކުއެކީ ބޭއްވުމުން ރައްޔިތުންނަށްވެސް ވަރަށް ފަސޭހަވާނެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވި ގޮތުގައި އެ ބަދަލު ގެނައުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ. އަދި ގާނޫނު އަސާސީއަށް އެ އިސްލާހު ގެނެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގައިގެން ކަމަށެވެ. 

ރައްޔިތުން މިގޮތަށް ނިންމަވައި ދެއްވާފިއްޔާ ގާނޫނުއަސާސީއަށް މި އިސްލާހު ގެނެސް، 2028 ގައި މި ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ ރަނގަޅު ގޮތް. 

ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް މަދުކޮށް، ކައުންސިލް ތަކުގެވެސް ސައިޒު ކުޑަކުރެއްވުމަށް މަޖިލީހަށް ހަށުހަޅުއްވާނެ ކަން އިއުލާން ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ތަރައްގީގެ މަޝްރޫއުތަކުގެ ދުވެލި ހަލުއިކުރަން ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލްވުމެއް
ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް، ތަންފީޒީ ދުވެލި ހަލުވިކުރުމާމެދު މަޝްވަރާ ކުރުމަށް، ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ބާއްވަވައިފި އެވެ.
06 Oct 2026
109 އަހަރަށް ޖަލަށްލާފައިވާ ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި
ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި އެތައް ދައުވާތަކެއް ސާބިތުވެ 109 އަހަރަށް ޖަލަށްލާފައިވާ މއ. ހަނީސަކްލް-1، ހުސައިން ޝިފާއު ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
06 Oct 2026
ޕެރޯލް ބޯޑްގެ ނިންމުން ބަދަލުކޮށް އަބުޗާ އަލުން ހައްޔަރުކޮށްފި، ޕެރޯލް ބޯޑް އެއްކޮށް ވަކިކޮށްފި
އައްޑުއަށް ޑްރަގް އެތެރެކޮށް އޭގެ ވިޔަފާރި އެންމެ ވަރުގަދައަށް ކުރާ މީހުންގެ ތެރޭގައި ހިމެނޭ ކަމަށް ފުލުހުން ތުހުމަތުކުރާ އިބްރާހިމް ރަޝީދު (އަބުޗާ) ޕެރޯލްގެ ދަށުން މިނިވަން ކުރި ކުރުން ބަދަލުކޮށް އަލުން އޭނާ މިއަދު ހައްޔަރުކޮށްފި އެވެ.
06 Oct 2026
ކަޅެހުއްޓާއަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ދިވެއްސަކު ނިޔާވެއްޖެ
ނިޔާވެފައިވަނީ އުދަރެސް / ގއ. ކޮލަމާފުށި، އަޙްމަދު މިސްޙާޤު (45އ) އެވެ.
06 Oct 2026
އަމާން އުދަރެސް ޓަވަރަކުން ވެއްޓުނު މީހާ ނިޔާވެއްޖެ، 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެއް
ޓަވަރުގެ 15 ވަނަ ފަންގިފިލާއިން ވެއްޓުނީ 20 އަހަރުގެ ޒުވާނެކެވެ.
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.