އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް މިއަދު ފަށާނެ-- ފޮޓޯ: އެމްއޭސީއެލް
ވިޔަފާރި
09 Jul 2024 | 15:30
27 އެއަރލައިންއާއިއެކު، އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް މިއަދު ފަށަނީ

ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭވިއޭޝަން ދާއިރާގެ އިސް މަންދޫބުން ބައިވެރިވާ އެއަރ ސަރވިސް ވޯލްޑް ކޮންގްރެސް މިއަދު ފަށާނެ ކަމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.

މިއަދުން ފެށިގެން ބުރާސްފަތި ނިޔަލަށް ކުރުނބާ މޯލްޑިވްސްގައި ކުރިއަށްގެންދާ މި ކޮންގްރެސްގައި ޖުމްލަ 27 އެއަރލައިން އަދި 17 އެއަރޕޯޓްއާއެކު ވައިގެ ސިނާއަތުގެ އެކި ފަންތީގެ ކުންފުނިތަކުގެ 150 އަށްވުރެ ގިނަ މަންދޫބުން މި ކޮންގްރެސްގައި ބައިވެރިވެއެވެ.

އެމްއޭސީއެލް އިން ބުނީ، އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްގެ އެކި ހަރަކާތްތައް 3 ރިސޯޓެއްގަައި ކުރިއަށް ގެންދާނެކަމަށާއި، އޭގެ ތެރޭގައި، ކޮންގްރެސްއަށް ވަޑައިގެންނަވާ މަންދޫބުންނަށް މަރުހަބާ ކިޔުމަށް ބާއްވާ ޚާއްސަ އިވެންޓް، ޝެރެޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި މިއަދު ހަވީރު ކުރިއަށްދާނެކަމަށެވެ. އަދި ނެޓްވޯރކިންގެ ޚާއްސަ އިވެންޓެއް ކްރޮސް ރޯޑްސްގެ ސައީ ލެގޫން މޯލްޑިވްސްގައި ކުރިއަށްދާނެ ކަމަށާއި، ގޮންގްރެސްގެ ރަސްމީ ބައިތައް އަދި ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ ކުރުނބާ މޯލްޑިވްސްގައިކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، މި އިވެންޓްގައި ބައިވެރިވާ މަންދޫބުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނޫވިލު ސީޕްލޭން ޓަރމިނަލްގެ ޓުއަރއެއް މިއަދު ހެދުނު ވަނީ ދެވިފައިވާ ކަމަށާއި، ކޮންގްރެސްގެ ސީޕްލޭން ޕާޓްނަރ، ޓްރާންސް މޯލްޑިވިއަން އެއަރލައިނުން ސީޕްލޭން ޓުއަރ އެއް ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެމްއޭސީއެލުން ބުނެއެވެ.

އެ ކުންފުނިން ބުނީ، މި ހަރަކާތުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޝަން ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކޮންގްރެސްގެ ބައިވެރިންނަށް ދެވިފައިވާ ކަމަށެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއާއި އެކު ރާއްޖޭގެ ކުރިއަރަމުން އަންނަ ވައިގެ ސިނާއަތާއި ގުޅޭ މައުލޫމާތު މި ސިނާއަތުގައި މަސައްކަތް ކުރާ އެހެންގަައުމުތަކުގެ އިސްފަރާތްތަކަށް ލިބިގެންދިޔުމާއިއެކު، މިދާއިރާ އިތުރަށް ތަރައްޤީކުރުމަށް ސަރުކާރާއި އަމިއްލަ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތްތަށް އިތުރު ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށް ވެސް އެމްއޭސީއެލުން މައުލޫމާތުދެއެވެ.

މީގެ އިތުރުންވެސް އެމްއޭސީއެލުން ބުނީ، ރާއްޖޭގެ ވައިގެ ސިނާއަތަކީ، ފަތުރުވެރިކަމުގެ ސިނާއަތާއި ގުޅި ލާމެހިގެން ކުރިއަށްދާ ސިނާއަތަކަށް ވާތީ، މޯލްޑިވްސް މާރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާއި ގުޅިގެން ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މަސައްކަތްތަކެއް ކޮންގްރެސްގެ ތެރޭގައި ކުރިއަށްދާނެ ކަމަށާއި، އޭގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ދާއިރާތަކާއި ގުޅުންހުރި މައުލޫމާތު ދިނުމަށް ޚާއްސަ ސްޓޯލްއެއް ތައްޔާރުކޮށްފައިވާ ކަމަށެވެ.

އެއަރ ސަރވިސް ވޯލްޑް ކޮންގްރެސްއަކީ ސިނާއަތުގެ އެކިއެކި ފަރާތްތަކާއި ގުޅުންބަދަހި ކުރަން އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ވިޔަފާރިތަކުގެ މެދުގައި އޮންނަ ބައްދަލުވުމެކެވެ. 7 ވަނަ ފަހަރަށް ބާއްވާ މި ކޮންގްރެސް  ފުރަތަމަ ބާއްވާފައިވަނީ 2010 ވަނަ އަހަރުއެވެ.

މި ކޮންގްރެސްއާއި އެކު، މިހާރު ތަރައްޤީވަމުން އަންނަ ރާއްޖޭގެ ވައިގެ ސިނާއަތަށް މުހިންމު ގިނަ ކަންތައްތައް މަގުފަހި ވެގެން ދާނެ ކަމަށް އެމްއޭސީލުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީ ނޫނީ ދެން ހުރީ ފަނާކުރާ ފިކުރުގެ ޕާޓީތައް: ރައީސް
"އެންމެ ފުރަތަމަ ގައުމު ނޫން ގޮތެއް ނެތް. އެހެންވީމަ އޮތީ ޕީއެންސީއާއެކު ކުރިއަށް ދިއުމޭ. އެއީ ޤައުމަށް އެންމެ ފައިދާހުރި ގޮތް،" ރައީސް ވިދާޅުވި އެވެ.
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.